އިކޮނޮމިކް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
30 ޖޫން 2019 - 15:20
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް އެކި ފަރާތްތަކުން 400 މިލިއަން ރުފިޔާގެ ލޯނު ހޯދުމަށް އެދިފައިވީ ނަމަވެސް، ލޯނު ދޫކޮށްފައިވަނީ 25 ފަރާތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. އެއީ ތިރީހަކަށް މިލިއަން ރުފިޔާގެ ލޯނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ލޯނު ދޫކުރަން ހުޅުވި، އެސްޑީއެފްސީ ބޭންކަކީ އެހާ ބޮޑު ބޭންކެއް ނޫން ކަމަށާއި އަދި ލޯނު ދޫކުރެވޭނީ ވެސް މަދު އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ލޯނުގެ އަދަދު އިތުރު ކުރުމަށް ޓަކައި ބޮޑު އަދަދެއް ހޯދުމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުންމީދު ކުރަން މި އަހަރުގެ ތެރޭގައި އިތުރު ފަންޑިންނާ އެކު 60 މިލިއަން ޑޮލަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަރަދު ކުރުމަށް ލިބޭނެ ކަމަށް. އެކަމާ ގުޅޭ މަޝްވަރާތައް އަންނަނީ ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.
އެސްއެމްއީގެ ލޯނުތައް މިހާތަނަށް ދޫކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރިތަކަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލޯނަށް އެދި ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާ އިރު ކަންމަތީ ފިހާރަތައް ފަދަ މަސައްކަތްތަކަށް ލޯނު ދިނުމަށް އަދި އެހާ އިސްކަން ނުދޭ ކަމަށެވެ. އެންމެ ބޮޑަށް އިސްކަން ދެނީ ޓޫރިޒަމް ދާއިރާ އާއި ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ހިންގާ ވިޔަފާރިތަކުގެ ބަދަލުގައި ރަށްރަށުގައި ހިންގާ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ އަށް ހާއްސަކޮށްގެން ވަކި ބޭންކެއް ސަރުކާރުން އުފެއްދީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުރިއެރުވުމުގެ ގޮތުންނެވެ. އެސްޑީއެފްސީން ލޯނު ދޫކުރަނީ ރާއްޖޭގެ އެހެން ބޭންކްތަކަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެގުނުކަތީބު
01 July 2019
ތިލޯނަކީ ބައިކުދިންނަށް ދޭން އުފެއްދި ތަނެއް!
ފަރުތޮޅި
01 July 2019
ޕާޓީކުދިންނައް އެކަނި ލޯން ދޭން ހުޅުވި ތަނެއް. ލޯނައް އެޕްލައިކުރީމަ ދެތިންމަސް ތަޅުވާފަ މިބުނަނީ ހުރިހާކަމެއްވެސް ރަނގަޅޭ ވަރައްބެލީމޭ ދެވޭތޯ އެކަމަކު މިފަހަރު ނެތޭވާކަށް.
ވޯޓުދޭމީހާ
01 July 2019
ރިޔާސީ ވަޢުދާއި ޚިލާފު ތިވެވެނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވާ ނަގާކޮޅަށްޖެހުމަށް ރައީސް އިބޫ ޞޯލިހު ވެލެއްވި ވަޢުދައް ކަނޑައެޅިގެން ފާޅުގައި ފައްޔާޒުމެން ތިއެޅީހުރަސް، ހުރިހާ ގެއްލުމެއް ދައްކާނީ ރައީސް އިބޫ ޞޯލިހު އަށް، ފައްޔާޒުމެން މިނިސްޓަރުންނާއި އެމް ޕީ އިން ތައް ބޭނުންވާ ބަޔަކަށް ދަޢުލަތުގެ ޚަޒާނާ ބަހާ ހުސްކުރިއަސްވެސް ރައީސް އިބޫ ޞޯލިހަށް އެއިންކުރާނެ ފައިދާއެއް ނުއޮންނާނެ، އެކަން 2018 ގެ އިންތިޙާބުން ރައްޔިތުންވަނީ ދައްކާފަ
އިންސާނ
01 July 2019
މިރާއްޖޭގަތިބީ ލޯނުދިނުމުގެ ށަރުތުހަމަވާ 25 މީހުންތޯ ނޫނީ ތިޔަލޯނު ދެއވި 25 މީހުންގެ އތުރުން ދެންތިބިމީހުންނައް ލުނު އަދާނުކުރެވޭނީތޯ
ހަބީބް
01 July 2019
ތިތަން ހެދިއިރުވެސް އެނގޭ ވަކިބަޔަކަށް އެއްޗެއް ދޭންވެގެން ހެދިތަނެއްކަންތީ. އޭރުވެސް މަބުނިން 30 މީހުންނަށްދިނަސް ވާރަނގަޅޭ
ޢައްސާނު
30 June 2019
ރައްޔިތުންނަށް ލޯނުދިން ވަރަށްވުރެބޮޑަށް މިސަރުކާރާއި ގާތް ފަރާތް ތަކަށް ކޯޓު މެދުވެރިކޮށް ބަދަލުދިން އަދަދު މާ ބޮޑު. އޭގެތެރޭގައި ފައްޔާޒުގެ ހިއްސާވާ ނުވަތަ ވި ކުންފުނިތަކާއި ގާތް ރައްޓެހިން ހިމެނޭކަމަކީ ޕަބްލިކް ނޮލެޖް.
ޝެލަރީ
30 June 2019
އަހަރެން ހޮވާކޮށްފަ ބުނަން ކޯޓާ އަށް މީހަކުގެންނަން ތެޅޭތާ މަހެއްވަނީ އަދި ވާގޮތެއްނުވެ ފުރަތަމަ ފޯމުލާތާ ދިހަ ދުވަސްކުރީން ފޯމުގާއަތްލާހެންވެސް ހީނުވެ މޮޅުވާހަކަ ދައްކަނީ މޮޅުމީހާއަށް މޮޅުގޮތް އޮންނަނީ މީހަގީގަތަކީ
މާސްޓަރ
30 June 2019
ތިހުރިހާ ފޮންޏެއް ނުކެޑިއަސް ދިވެހިންނަށް އެގޭނެ ލޯނުދޫކުރާ ގޮތް. ޕާޓީގެ ވަކި ވައްތަރަކަށް އުޅޭބަޔަކަށް އެކަނި ތިކަން ވާން އޮންނަނީ!
އަހުމަދު އިންސާފު
30 June 2019
ފައްޔާޒުއަށް ވަރަށް ރަގަޅަށް އެގިލައްވާނެ މި ދިވެހި މުޖުތަމަޢުގައި ވިޔަފާރީގައި ކުރިޔަށްދިއުމަށްޓަކައި ލޯނުގެ އެހީތެރިކަން ބޭނުންވާ ޒުވާނުން އިންތިހާއަށް ގިނަކަން. ބޭރު ގައުމުތަކުގަ ބެންކްތަކުން އެހެރަ އިސްތިހާރުކުރަނީ "އަންނާށޭ އަންނާށޭ' ލޯނުނަގަން. ނަމަވެސް ރާއްޖޭގައި މިޖެހެނީ ބެންކުތަކުގައި ޒުވާނުން އާދޭސްކުރަން. އެވަރުންވެސް ކުރިޔަށްދެވޭނެފަދަ އެއްނެތް. މިގައުމުގައި ޒުވާނުން މަގުމަތިވުން ހުއްޓުވޭނީ ކުރެވޭނެކަމައް ލިބިގެން.
ހޯރަބެ
30 June 2019
އެމް ޑީ ޕީ ސަރުކާރު ހާދަ ބޯބޮޑޭ