ލަނޑު ޖެހުމަށް ފަހު ޖީސޫސް އާއު ފިރްމީނޯ ބައްދާލައިގެން.-- ފޮޓޯ: އޭއެފްޕީ
03 ޖުލައި 2019 - 07:35
ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 3) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީގައި އެންމެ ފަހު ދެ ފަހަރުގެ ރަނަރަޕް އާޖެންޓީނާ 2-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލް ހޯދައިފި އެވެ. މިއީ 12 އަހަރުތެރޭ، ބޮޑު މުބާރާތެއްގެ ފައިނަލުގައި ބްރެޒިލް ކުޅޭ ފުރަތަމަ ފަހަރެވެ.
މި މެޗު ކުޅުނު ދަނޑު ކަމަށްވާ ބްރެޒިލްގެ އެސްޓަޑިއޯ މިނޭރޯ ސްޓޭޑިއަމްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ޖަރުމަނު އަތުންވި ބޮޑު ބަލީގެ ހިތި ހަނދާންތައް މި މެޗަށް ބްރެޒިލް ނުކުތްއިރު ޓީމުގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންގެ ސިކުނޑީގައި ހުރި ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ މެޗުގެކުރިން ބުނެފަ އެވެ. އެކަމަކު ވާދަވެރި އާޖެންޓީނާ އަތުން މޮޅުވެ، 12 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ލިބުމަކީ އެ ޓީމަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
މެޗު ފަށައިގެން އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ހާފުގެ މެދުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބްރެޒިލުން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުންނެވެ. ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސްގެ މަސައްކަތުން އަރިމައްޗަށް ހުސްކޮށްލާފައި ރޮބާޓޯ ފިރްމީނޯ އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާތެރޭގައި ހުރި ޖީސޫސް އަށް ދީފަ އެވެ. ޖީސޫސް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ނަތީޖާ ހަަމަހަމަކުރަން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ސާޖިއޯ އަގުއޭރޯ އެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ލިބުނު ހިލޭޖެހުމަކުން ހުސްކޮށްލާފައި އަގުއޭރޯ އަށް ނަގައިދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު އަމާޒުވީ ހުރަސްދަނޑިއަށެވެ.
އަނިޔާގެ ސަބަބުން ނޭމާ މި މުބާރާތުގައި ނުކުޅޭއިރު، ޖީސޫސް އާއި ފިރްމީނޯ އަދި ކުޓީނިއޯ ވަނީ ބްރެޒިލްގެ އެޓޭކްގައި ތަފާތު ދައްކައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން މެޗުގެ 54 ވަނަ މިނިޓްގައި ބްރެޒިލަށް ލީޑުފުޅާކޮށްދޭން ފިލިއްޕޭ ކުޓީނިއޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ދެ މިނިޓް ފަހުން އާޖެންޓީނާ އަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން މެސީ ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ހޯދައި މެސީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ޖަހަން އަރައި ކުޅުންތެރިއަކު ނެތެވެ.
މިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ.- ފޮޓޯ: އޭއެފްޕީ
ބްރެޒިލުން ލީޑުފުޅާކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން 19 މިނިޓަށް ވެފައި އޮއްވަ އެވެ. ދެ ވަނަ ލަނޑު ޖެހީ ފިރްމީނޯ އެވެ. އާޖެންޓީނާގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޖީސޫސް އޭރިއާތެރެއިން މުޅިން ހުސްކޮށްލާފައި ފިރްމީނޯ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި، ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މި ނާކާމިޔާބީއާ އެކު މީޑިއާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާނެ ކުޅުންތެރިއަކީ އާޖެންޓީނާގެ މެސީ އެވެ. ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް މެސީ ކުރަމުން އަންނަ މަސައްކަތް އިތުރަށް ދިގުލައިދިޔައިރު، އަންނަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވާ ކޮޕަ އެމެރިކާ އަކީ މެސީގެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ އަލުން ގައުމީ ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާތްވެފައިވަނިކޮށެވެ.
މި މެޗުގެ ނަތީޖާއާ އެކު ބްރެޒިލުން ވަނީ އަމިއްލަ ފަސްގަނޑުގައި ވާދަވެރި މެޗަކުން އާޖެންޓީނާ އަތުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. މި މުބާރާތުގައި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފަސް މެޗުން ވެސް ބްރެޒިލް ބަލިވެފައެއް ނުވެ އެވެ. އެންމެ ފަހުން ބައްދަލުކުރީ 2007 ވަަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.
މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައިވާ ބްރެޒިލް އަންނަ އާދިއްތަ ދުވަހުގެ ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ އަށް ފަހު އެވެ. ދެ ވަނަ ސެމީގައި ވާދަކުރަނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ޗިލީ އާއި ޕެރޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދިސާ
03 July 2019
ރޮނާޑޯ އަށްވުރެ މެސީމޮޅެއްނޫން ރޮނާޑޯ ކުޅެ ކޮންމެޓީމަކަށް ވެސް އެހާމޮޅޅަށް މެސީއަކީ ބޮޑު ގަހެއް
ހަގީގަތް
04 July 2019
ލޮލް. ގޯލް ސްކޯރިންގް ފިޔަވައި އެހެން ސްޓެޓެއްގައި ރޮނާލްޑޯ މެސީޔާ ކައިރިވެސް ކުރެވިފައޮތްތަން ދައްކަބަލަ. ތިޔަ މޮޅު ސޮރަށް ވާރލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާކަން ހޯދުނުތަ. އެދުވަހަކުން އާދޭ މޮޅުވާހަކަ ދައްކަން.
ރަށްދު
03 July 2019
މެސި ދޭބަލަ ޕޯޗްގަލް އަށް ރޮނާޑޯ ކައިރިއަށް ގައުމީޓީމަށް ގޯލްޖަހަން ޖެހޭގޮތް ދަސްކުރަން ތިޔަޔަ ނުބައިވަނީ ކަނޑު ނުބޭނުނީމަ މަސް
ޢިބޫ
03 July 2019
ބުނަންތަ ވާހަކައެއް..މެސީއަށް ގައުމީޓަށް ތައްޓެއް ނުލިބުނަސް އޭނައަކީ ރޮނާލްޑޯއަށްވުރެ މޮޅު މީހެއް.. ދެންލަލަލާ.. ހަަޖަމް ކޮއްލާ
ބަކުރު8
03 July 2019
ބަންގްލަދޭޝް ކުރިކެޓް ޓީމްވެސް ބަލިވީ ރޭގަ އިންޑިޔާއާ ކުޅެގެން.
ކުމާރުު
03 July 2019
ނުކުޅެވެނީ ދަނޑުގެ ވިނަގަނޑާހެދިއޭ، ބޯޅަދަނީ މުސޮޅެއް ދާހެންނޭ، ބަލިވީ ރެފްރީއާ ހެދިއޭ، ވީއޭއާރް ކަމަކުނުދެއޭ، CONMEBOL އިދާރާގަ މައްސަލަ އެބައުޅެއޭ ކިޔާގެން މިފެންވަރުގެ ކުޅުންތެރިން ބޮޑާހާކާތީ ހަމަ ހައިރާންވޭއެބަ
ހަގީގަތް
03 July 2019
މެސީ ނުބުނޭ އޭނަޔަށް ނުކުޅެވުނީ ދަނޑުގެ ވިނަ ގަނޑާ ހެދިޔޭ. އޭނަ ބުނީ އިންޑިވިޖުއަލީ މިއީ އޭނަގެ އެހާ ރަނގަޅު ކޮޕާ އެމެރިކާއެއްނޫނޭ. ދެން ނޫސްވެރިޔާ ދަނޑުގެ ހާލަތާ ގުޅޭގޮތުން ވަކި ސުވާލެއް ކުރުމުން އެއަށް ޖަވާބު ދިނީ. ޓިޓޭ، ސުއަރޭޒް، ހަމޭސް އަދި އެހެން ޓީމްތަށްވެސް އެ ޝަކުވާރި. އަދި މެސީ ބުނީ ވީއޭއާރުން އެއްފަހަރު ނަމަވެސް ޕެނަލްޓީއެއްތޯ ޗެކްކޮށްލިނަމަ ކިހާ ރަނގަޅެއްވިނަމަހޭ. ކަލޭ ހަގީގަތް ބަލާފަ ކޮމެންޓްކޮށްބަލަ.
މީނަ
03 July 2019
ބަލަ އެއީ ބޮޑާ ހޭކުމެއްނޫން. މެސީނެތް ދޮގު އެއްވެސް ވާހަކައެއް ދައްކާފައެއް. ކިތައް ކުޅުންތެރިންނަށްތަ ކެރޭނީ ތިމަންނަގެ ކުޅުން މިފަހަރު އެންމެ ރަނގަޅެއް ނޫންކަން ބުނަން. ހަމަގައިމުވެސް ކަލޭމެންގެ ހީރޯޔަކަށް ނުކެރޭނެ. ވީއޭއާރ ބޭނުން ކުރަންޏާ ޢޭގެ އެހީ ހޯދަން ޖެހޭނެ. އެއްފަހަރު ނަމަވެސް ބަލާލުން ރަނގަޅު. ކޮމެންޓޭޓަރުން އަދި ގިނަ އެނަ ލިސްޓުންވެސް ބުނީ އާރޖެންޓީނާޔަށް 2 ޕެނަލްޓީ ލިބެން ޖެހެޔޭ.
ތީނާ
03 July 2019
ތިޔަހެން ޗެލްސީއާ ބާރސެލޯނާ ކުޅުނު މެޗަކުންވެސް އެތައް ޕެނަލްޓީއެއް ޗެލްސީއަށް ލިބެންޖެހެއޭ ކޮމެންޓޭޓަރުން ބުނި. އެތައް މެޗަކުން ބާރސާ ރެފްރީގެ އެހީ ހޯދައިގެން މޮޅުވިކަމަށްވެސް ބުނި. ތަމެން އޭރު ކޮބާތަ؟ ފިލާ ތިބެފަ މިއަދުތަ ވާހަކަ ދައްކަން އެނގުނީ؟ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތަ ހަމަ؟
ހަގީގަތް
03 July 2019
އެވާހަކައެއްނު މިބުނީ. ބާސާޔާ އެއްކޮޅަށް ރެފްރީ ހުރެއްޖެނަމަ މިތާގަ ކޮމެންޓްކުރާ މީހުން ހީވާނީ ރެފްރީ ކާލާހެން. އެދުވަހު އަހަރެން ބާސާ މޮޅުވިގޮތާމެދު ރުޅިއައި. މީގަ މައްސަލަޔަކީ އެއްޓީމަކާ ދެކޮޅަށް ވާހަކަދައްކާތީ. ރިއަލް މެޑްރިޑް 3 ޗެމްޕިއަންސް ލީގް ރެފްރީ ގަނެގެން ހޯދި ވާހަކަ ދައްކާނެ ބަޔަކުނެތް. މުޅިންވެސް ބާސާޔާ މެސީޔާ ދެކޮޅު. ރޭގަ ޕެނަލްޓީއެއްތޯ ޗެކްކޮށްލަން މިބުނީ. މިހާރު ރެފްރީންގެ ނިއްމުންތައް ބަދަލުކުރެވެން އޮވޭ ވީއޭއާރގެ އެހީގައި.
ދިވެހިންް
04 July 2019
މަސްނުބޭނުނީމާ ކަނޑު ނުބައިވަނީ
ހަގީގަތް
03 July 2019
އަސްލު މިއަދު ފަތިހު ދެ ޕެނަލްޓީ ކަމަށް ބެލެވޭ ފައުލްތަކެއް ބްރެޒިލްއިން ކުރި. ރެފްރީ އެންމެ ރަނގަޅަށްނެ ވީއޭއާރގެ އެހީގައި ބަލާލަން. މިފަދަ މެޗުތަކުގައި އެގޮތަށް ބެލުން މުހިންމު. މިބުނީ ދެ ޕެނަލްޓީ ދޭކަށެއް ޖެހެޔެކޭއެއްނު. ޔަގީންކުރަން ބަލާލަން.
ބާލައާދަނު
03 July 2019
ކޮންމެ މީހަކު މެސީއޭ ކިޔާފަ މި ފެލިގަންނަނީ ކީއްވެތަ. ބަލަ ޤައުމީޓީމަށް މެސީއާއެކު ކާމިޔާބެއް ނުހޯދުނެއް ކަމަކު މެސީ އަކީ ދުނިޔޭގަ އުފެދުނު އެންމެ މޮޅު ކުޅުން ތެރިންގެ ލިސްޓުގެ އެންމެ ކުރީގަ އުޅޭނެ ކުޅުންތެރިޔެއް. ދުނިޔޭގަ . އުފެދުނު މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓްގަ ތިބި އެންމެންނަކީ ޤައުމީޓީމާއެކު ކާމިޔާބީ ހާސިލްކޮށްފަ ތިބި ކުޅުންތެރިންނެއްނޫން.
ބާލައާދަނު ފުރެންޑު
03 July 2019
ފުރެންޑޫ. ހަޖަމް. ތިޔާ މޮޅުސޮރަކަށް ތިކަމެއް ނުވިޔެއްނު. ދެން ފިއްތާލައިގެން ހުރޭ. ހަޖަމް. ވަރަށް ވެދުން.
ހަގީގަތް
03 July 2019
އަސްލު ވާގޮތަކީ އެމީހުންގެ ހީރޯޔަށްވުރެ އިންޑިވިޖުއަލީ މެސީ މޮޅުވުމުން ހަޖަމްނުވަނީ. އެމީހުންގެ ހީރޯޔަށް މިސީޒަނުގައި 30 ގޯލްވެސް ނުޖެހުނު. އެކަމަކު 19 އަހަރުގެ ޅަ ކުއްޖެއްވަނީ 40 ގޯލަށްވުރެ ގިނައިން ސްކޯކޮށްފަ. 52 ގޯލާއި 20 އެސިސްޓް ހެދުމުން ބަލައިގަންނަން އުނދަގޫވަނީ.
ރަދީފްް
03 July 2019
މެސީއަށްވުރެ ގިނައިން މިމުބާރާތުގައި ކިތައް ޒުވާން ކުދިން އަދި މުސްކުޅި ކުޅުންތެރިން ލަނޑުޖެހިތޯ ދިރާސާއެއް ހަދާނެ ފަރާތެއް ބޭނުންވެއްޖެ.
ރަޑީފް
03 July 2019
އޭރުވެސް ބުނިން ބްރެޒިލް އާ ކުޅެވޭ ފެންވަރެއް ނެތޭ އާޖެންޓީނާ ގަ.
ހަގީގަތް
03 July 2019
ރެފްރީ ގަނެލީމަ މޮޅުވާނެ ކޮންމެ ބައެއްވެސް. މިއަދު އާރޖެންޓީނާޔަށް ރެފްރީ އެހީވިނަމަ މިތާގަ އެނޫން ވާހަކަޔެއް ނުދައްކާނެ.
ހަގީގަތް
03 July 2019
ރަތް ކާޑު ދައްކަން ޖެހޭ ފައުލް ކުރި އާޖެންޓީނާ އިންވެސް.
ވާލުސޮރު
03 July 2019
މޮޅު މެސީއަކަށް ކަމެއް ނުވި ދޯ، މިއީ އަބަދުވެސް ވާވަރަކީ، ބާސެލޯނާއަކީ މީގެ އެތައް ޒަމާނެއްކުރިން ފައްކާކޮށްފަ އޮތް ޓީމެއް، އެޓީމުގެ ޕާސިން ގޭމް ތެރެއަށް ވަދެވިގެން ކޮންމެ ކުޅެވޭ ކުޅުން އެއީ ދެން އެމީހާ ނަގާ ބޮލަށް ލާ ވަރުގެ ކުޅުމެއްނޫން، އެއީ ބާސާގެ ކުޅުން. މެސީއަށް އިނގޭ ދުނިޔޭގެ އެހެން ލީގަކަށް ބަދަލުވިޔަސް ތިމާއަށް ޖެހޭނީ އާޖެންޓީނާގެ ހާލުކަން، އެހެންވެސް ގިޔާމަތާ ހަމައަށް ބާސާގަ ހުންނަން ބޭނުންވަނީ
ހަގީގަތް
03 July 2019
ކަލޭ މެޗު ބެލިންތަ. ރޭގަ އާރޖެންޓީނާގެ އެންމެ މޮޅަށް ކުޅުނީ މެސީ. މެސީ ކުޅުނީ މިޑްފީލްޑަރަކަށް. އެކަމަކުވެސް ތަފާތު ދެއްކި. ހަމައެކަނި ގޯލެއް ނުޖެހުނުކަން. ނަސީބުވެސް އެހީނުވީ. ކަލޭމެން ވަރަށް ރޭޓިންގް ކިޔާ ހިތްވާނެ. އެހްންވީމާ މި ބުނެލަނީ ގޯލެއް އަދި އެސިސްޓެއް ނުހަދައި 7.9 މެސީ ހޯދިކަން. ބްރެޒިލް ޖެހި ދެ ގޯލަގައިވެސް އާރޖެންޓީނާގެ ކުޅުންތެރިންނަށް ގޯލް ޖެހުމުގެ ކުރިޔަށް ފައުލްކުރި.
އާން އެހެންޔަ
03 July 2019
މެޗް ބަލާފަ ކިޔާ އެއްޗެއް ކިޔާބަލަ! ރޭގަ އަސްލު މޮޅު ކުޅުމެއް ދެއްކީ އާރޖެންޓީނާ!
ރަދީފްް
03 July 2019
އާރޖެންޓީނާ ޓީމުން މެސީ ކިހިލި ޖަހައިގެން ގޮސް ސެމީފައިނަލް ކުޅުނީ، ދެން ކޮން މޮޅެކޭ ކިޔާކަށް؟
ކޮސްް
03 July 2019
ކޮބާ. އޭރުވެސް މަމެން ބުނިން ބްރެޒިލަށް ސަޕޯރޓްކުރާނީ ފޭކް ބާރސާ ފޭނުންނޭ. މެޗުގެ ކުރިން ކީ ސަޕޯރޓްކުރަނީ ބްރެޒިލަށޭ، މެޗު ނިންމާފަ ބްރެޒިލްހާ ނުބައި ޓީމެއް ދުނިޔޭގަވެސް ނެތް.
ކިއްލިބާޝާ
03 July 2019
މެސީ ދެން ކުޅުންހުއްޓާލާށެވެ.
ަމޮޔަ
03 July 2019
އެންމެ މޮޅީ މެސީ ދެން އަޝްފާގު ދެން ސީ ރޮނާލްޑޯ