ލިޓަސްގެ ޝޯރޫމް: މި ކުންފުނިން ވަނީ ޓެކްސީ އެލަވެންސް ލިބޭ ޕްރޮމޯޝަނެއް ފަށާފައި-- ފޮޓޯ: މިހާރު
08 ޖުލައި 2019 - 18:52
ލިޓަސް އިން ސައިކަލް ނެގުމުން ޓެކްސީ އެލަވެންސް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ކުންފުނިން މި މަހުގެ 4 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ސައިކަލް ގަތުމާ އެކު ސައިކަލް ލިބެންދެން އެ ކަސްޓަމަރަކު ކުރާ ދަތުރުތަކަށް އެލަވެންސެއް ލިބޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ސައިކަލް ލިބެންދެން ދަތުރު ކުރުމުގައި ލުޔެއް ހޯދައި ދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ލިޓަސް އިން ބުންޏެވެ.
ލިޓަސް އިން ބުނީ އާންމުކޮށް ސައިކަލް ގަތުމަށްފަހު ސައިކަލް ލިބެންދެން ކަސްޓަމަރުން ދަތުރުކޮށް އުޅުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށާއި މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަތުރު ކުރުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ އަބަދުވެސް ކަސްޓަމަރުންނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަނަކީ ކަސްޓަމަރުން އަބަދު ތަޖުރިބާ ކުރަމުން އަންނަ ދަތިތަކަކަށް ހައްލު ހޯދައި ކަސްޓަމަރުންނަށް މުޅިން އާ ހިދުމަތެއް ދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވޭ ކަސްޓަމަރުން ސައިކަލް ގަތުމަށްފަހު އެ ލިބެންދެން އޮންނަ މުއްދަތުގައި ހިނގާ އުޅޭއިރު ދަތިވާކަން. އެހެންވެ އަޅުގަނޑުމެން ފެށި މި ކެމްޕޭނަކީ މުޅިން ޔުނީކް ހިދުމަތެއް ދިނުމަށް ފެށި ކެމްޕޭނެއް. އުއްމީދު ކުރަން ކަސްޓަމަރުން ހިތްހަމަޖެހޭނެ ކަމަށް،" އާސިފް ވިދާޅުވި އެވެ.
ލިޓަސްގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށް ލިޓަސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގު
08 July 2019
ސައިކަލަށް ލާރި ދައްކާ ނިމުނުފަހުން 4 މަސްވީއިރުވެސް ރަޖިސްޓަރީ ބަދަލުކޮށްނުދީ “މިއަންނަ ހަފްތާ” ކިޔާލަ ކިޔާލަ ތިބެނީ، ފުރަތަމަ ދެވޭ ޚިދުމަތް ރަނގަޅުކޮށްފަ ދެން އިތުރު ޕްރޮމޯޝަންތަށް ފަށާބަލަ!
ޢޭ ނާ
16 July 2019
ފުލް ޕޭމެންޓް ދެއްކިތާ ހަތަރު މަހުން ސައިކަލް ލިބުނީ އޮޅަގެން އެހެން ތާކައް ފޮނުވާލެވުނީ ޔޯ ހާލަތު