ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ބައިވެރިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
13 ޖުލައި 2019 - 01:32
މަސްވެރިކަމުގެ ފައިދާ މަސްވެރިންނަށް ހޯދައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި، މަސްވެރިންނާއި އާއްމުން ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅައިފި އެވެ. އެ ކަންކަމަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައްސަލަތައް ހައްލުކޮށްދެއްވައި މަސްވެރިންނަށް ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ޖަޒީރާ ހޮޅުއަށި"ގެ ތިން ވަނަ ބައްދަލުވުން ހާއްސަކުރީ މަސްވެރިކަމާ ގުޅޭގޮތުންނެވެ. ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ބައިވެރިވެ، އެމީހުންނަށް ދިމާވާ މައްސަލަތައް ހިއްސާކޮށްފައިވެ އެވެ. އެގޮތުން މަސް ފެކްޓްރީ އާއި އައިސް ޕްލާންޓާއި މަސްވެރިންނަށް މިހާރު ހުރި ފުރުސަތާ ގުޅޭގޮތުން ސުވާލުތައް ކުރިމަތިކުރި އެވެ.
ޚިޔާލު ފާޅުކުރި ގިނަ މީހުން ވަނީ، މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ތައާރަފުކުރި "މަސްވެރިޔާ ކާޑު"ގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައިނުވާ ކަމަށް ބުނެފަ އެވެ. އަދި މަސްވެރިކަމުގެ މަސައްކަތްތަކަށް ދޫކުރަމުން އަންނަ ލޯނުގެ މައުލޫމާތުތައް ވެސް ނޭނގޭ ކަމަށް ބުނެފައިވެ އެވެ. އެކަންކަމަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ، އާއްމުންނަށް މައުލޫމާތުދީ އެކަން ރަނގަޅުކުރުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ނައިބު ރައީސް ފައިސަލް ނަސީމް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ބައިވެރިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ގދ. ހޯޑެއްދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް އިން ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެތަން އަލުން ފަށައިގަތުމުން ފަސޭހަތަކެއް ލިބޭނެކަން، ހިޔާލުފާޅުކުރި ގިނަ މީހުން ބުނެފައިވެ އެވެ. އެކަކު ވަނީ ހޮރައިޒަން ސަރުކާރުގެ ދަށަށް ބަދަލުކުރުމަށް އެދިފަ އެވެ.
ރައީސް ވަނީ އެތަނުގެ މަސައްކަތްތައް ހުއްޓިފައި އޮތް ސަބަބު ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވުމާ ގުޅޭގޮތުން ވެސް ބައެއް މީހުންގެ ހިޔާލު ތަފާތެވެ. މަސްދޯނި ފަހަރު ބޮޑުވުމުގެ ސަބަބުން އެ ދޯނިފަހަރު ސާފުކޮށް ރަނގަޅަށް ބަލަހައްޓަން ބިދޭސީން ބައިތިއްބަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް ގާނޫނުގެ ތެރެއިން އެކަމަށް ހައްލު ގެނެސްދިނުމަށް ވަނީ އެދިފަ އެވެ. ބައެއް މީހުން ވަނީ މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވާތީ އެކަން ބަލައިދިނުމަށް އެދިފަ އެވެ.
އެ މަސައްކަތަކީ ދާއިމީކޮށް ނަފާވާނެ ކަމަކަށް ހެދުމާއި މަސްވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމަށް ވެސް އެދިފައިވެ އެވެ. ރައީސް ވިދާޅުވީ އެއީ މަޝްވަރާކުރަން ރަނގަޅު ކަމެއް ކަމަށާއި ރަނގަޅު ގޮތެއް ހޯއްދަވައިދޭނެ ކަމަށެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި އާއްމުންގެ މީހަކު ހިޔާލު ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ ފެލިވަރަށް 40 އަހަރު ވެގެންދިޔައިރު ވެސް ކެޕޭސިޓީ އަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ކޫއްޑު އަށް 30 އަހަރު ވެގެންދާއިރު ވެސް ޖާގަ އިތުރުކޮށްފައިނުވާ ކަމަށާއި ހަގީގީ މައްސަލައަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ދަޅުގައި މަސް ބަންދުކޮށްގެން އެ ވިއްކަން ކުރިން ބޭނުންނުވީ ކަމަށާއި ހުރިގޮތަށް މަސް ބަންދުކުރުމުން އެއިން ފައިދާވާ ބަޔަކު ވެސް ތިބި ކަމަށް ވިދާޅުވި އެވެ. އޭގެ ފައިދާ މިހާރު ވެސް ނަގަމުންދާ ކަމަށާއި އެއަށް ބަދަލު ގެންނަން ޖެހޭކަމަށް ވިދާޅުވި އެވެ.
"ރާއްޖެ އަށް ބާނާ މަސް އޭގެ ހެޔޮގޮތުގައި، ރަނގަޅުގޮތުގައި ކޭން ކުރެވިގެން (ދަޅުގައި ބަންދުކޮށްގެން)، އަދި އިތުރު ގޮތްގޮތް ހަދައިގެން އެއަށް ލިބޭ ބޮޑު އަގު. އެކަން ނުކުރި ސަބަބު މައްސަލައަކީ. މަސްވެރިކަން މި ހިސާބުގައި އޮތް ސަބަބު. އެހެން ނޫންނަމަ ޓޫރިޒަމާ އެއްވަރުގައި މަސްވެރިކަމުގެ ސިނާއަތުން ވަންނަ އާމްދަނީ ދައުލަތަށް ވެސް ރައްޔިތުންނަށް ވެސް އޮންނާނެ،" ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުުވުމުގައި ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ގޮތުގައި ފިޝަރީޒްގައި ރަޖިސްޓްރީކޮށްފައިވަނީ 9،000 މީހުންނެވެ. ލިސްޓު ނުކޮށް، ފަރުމަހާއި އެހެން މަސްވެރިކަމުގައި އިތުރު 5،000 އުޅޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި"ގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
"މަސްވެރިންގެ ފަރާތުން އަންނަ ޝަކުވާތައް އަޅުގަނޑުމެން އަޑުއަހަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އަޑުއަހައި ގެންނަންޖެހޭ ބަދަލުތައް ގެންނާން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ކަންބޮޑުވުމާ އެކު އޮޑެގައްލާގައި ރިސޯޓު ނުހަދަން ނިންމި ނިންމުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހުވަދު އަތޮޅު ހިމެނޭ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރެވުމުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހެޔޮ އަގު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ސަރުކާރުގެ ސިޔާސަތުގައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްނުގޮވަ
13 July 2019
ދޯނި ބޮޑުވީމަ އެ ސާފު ކުރަންވީ ބޭރުމީހުން އަތުން...ދެންވީ ގާނޫނަކުން އެކަން ހުއްދަކުރަން
މަރޭމިތުރު
13 July 2019
އަހަރެން މިހާރު އޮންލައިނަށް ކޮމެންޓް ކުރާތީ ބަޔަކު ވަރަށް ޖެލަސްވޭ! އެކަމަކު އެހެން މީހަކު ކޮމެންޓު ކޮށްގެން އަހަރެން އެކަމާއި ނުރުހުން ނުވަން. ކޮންމެ މީހަކީވެސް އަމިއްލަ މިޒާޖެއްގެ ތަފާތުމީހެއް. އެހެންވެ ވިސްނުންވެސް ތަފާތުވާނެދޯ؟ ހަޖަމްކުރަން ދަސްކުރަންޖެހޭ އެންމެންވެސް. ޑޯންޓް ބީ ސޯ ޖެލަސް.
އަބުލްބަރކާ
13 July 2019
ހުވަދު އަތޮޅު އަށް އެންމެ މުހިންމު ވަނީ ކޯލްސްޓޯރެޖާކާއި އަގުހެޔޮ ތެޔޮ ލިބެން ހުންނާނެ އޮއިލް ސޮޓޯރޭޖް އެއް . މީގެ އަހަރުތަކެއް ކުރިން ގދ ގަޑަހަލަގަލާގައި ތެޔޮ ސްޓޯރެޖް ހުރި. މީ މީގެ ފައިދާ ފޯމުލަކް ރައްޔިތުންނަށް ވެސް ކުރާނެ ސީދާ ބޭރުން އެތެރެކުރާ ތެޔޮ ރައްކާކުރާނެ ރަށެއް ހުވަދު އޮތޮޅު ގައި ގައިމު ކުރުން މުހިއްމު. މި ކަމައް އެކަށޭނެ ޕްލޭން އެސްޓީއޯ އިން ވިސްނާނެ ކަމަށް އުއްމީދު ކުރަން.
ވެބޫ
13 July 2019
އަނގައިން ކަމެއްވަބްޏާ ވާނެ
އަޑަފި
13 July 2019
ވެރިކަމަށް 8 މަސްވގެން ދާއިރު ހޮރައިޒަން ގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ބަލައި އެކަމަށް އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވުމަކީ ހިތާމަ ހުރިކަމެއް މިފަދަ އެއްވެސް މަސައްކަތެއް ނުކޮށް ހޮޅުއަށްޓަށް އަރާވަޑައިގެން ތިޔަކަން ވެފައިވާ ގޮތބަލާނެ ކަމަށް ރައީސް ވިދާޅުވުމަކީ ދެރަކަމެކެވެ
ނުފެނެއޭ
13 July 2019
މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެެއް، ރައީސްގެ އުއްމީދީ ޖަވާބު ދެވުނު ކަމަށް މަމެން ނުދެކެމޭ ސަރުކާރުން މިހާރު އެކުރާ ކަމަކީ އެއީ ޖަޒީރާ ހޮޅު އަށީގެ ނަމުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށީއޭ ސަރުކާރުގެ ބަޖެޓުން އެއީއޭ އެމެން އެކުރާ ކަމަކީ ސަރުކާރުގެ ބަޖެޓް ގައި ހުރި ފަައިސާ އިން ކެމްޕެއިން ކުރުން ނޫން ކަމެއް އެމްޑީޕީގެ ވެރިކަމުގައި ނުކުރެއޭ މީންސް ހުރި ގޮތެއްގައި އެއްވެސް އިގްތިސާދީ ކަމެއް މާލެ ސަރަހައްދުގައި ކުރާ ތަން ފެނިގެން ނުދެއޭ
އިލްހާމް
13 July 2019
ކޮމެވެސް ކުއްޖަކު ބުނެލަދީބަލަ މިސަރުކާރަށް 100 ދުވަސް ވަނީ ކޮންއިރަކުންތޯ
ތިލްމާ
13 July 2019
އެ ބުނާ ގޮތަށް ގުނަން ދަންނަ އެކަކުވެސް މިހާރު ނެތް. ވަކި ގޮތަކަށް ގުނަންޖެހޭނަމަ އެކަން ދަސްކޮށްގެން އެކަން ވާނީ. އެ ގޮތަށް ގުނަން ދަސްކޮށްދޭ ތަނެއް ހުރިކަމެއް ނޭނގޭ.
އިންޑަސްޓްރީސްތަަކަށް
13 July 2019
މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެެއް، ރައީސްގެ އުއްމީދީ ޖަވާބު ދިން ކަމަށް ދަ ރާއްޖެތެރޭ މީހުންނަށް ހީވިނަމަވެސް މަމެންނަށް އެކަން ގަބޫލު ނުކުރެވެއޭ ސަބަބަކީ މިފްކޯ އަކީ ގެއްލުމުގައި ހިންގާ ތަނަކަށްވާއިރު އަނެއްކާ ހުވަދު އަތޮޅުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީސް ތަކާއި އަދި އައިސްޕްލާންޓް ބަހައްޓަން ނުޖެހޭނެއޭ އެކަން ކަން އެބަޖެހޭ ދަނެގަނެ މަސްވެރިކަން އިންޑަސްޓްރިއަލް ލެވެލް ގައި ކުރަން މާލެ އަތޮޅު ގާފަރު ފަޅު ހިއްކާލާ އެތަން ޚާއްސަ ކުރަން
ބެފުލާ
13 July 2019
ޢެކަން ހުވަދޫ ގަ ކުރަން އަދިވެސް ބިރުގަންނަނީތަ؟
ދަލޭ
13 July 2019
ކޮން ކެމްޕޭނެއް މިފެށިގެން އުޅެނީ. ޕްލޭނެއްނެތި ދުލަށް އައިހާއެއްޗެއްކިޔައި ރައްޔިތުން ވާވައްދަނީ ކެމްޕޭނުތަކަކު ނޫންތަ؟
ޖޖޖޖ
13 July 2019
ދޮގުހެދުމަކީ އިތުބާރު ގެއްލި އަގުވެއްޓި އިންސާނުންގެ ޖަމާއަތުން ބޭރުވާކަމެއް. މިކަން ހުއްޓުމުން ރައްޔިތުން ތިދައްކާ ވާހަކަ ގަބޫލުކުރަންފަށާނީ.