އޭންޖަލް ހެކްގެ ދެވަނަ ހެކަތޯން މިއަދު ވަނީ ފަށާފައި-- ފޮޓޯ: ދިރާގު
13 ޖުލައި 2019 - 19:20
ދިރާގާއި އެމްއެމްއޭ އަދި ސްޕާކް ހަބް ގުޅިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން، އޭންޖަލް ހެކް ގެ ދެވަނަ ހެކަތޯން މިއަދު ފަށައިފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ މި ހެކަތޯން އަކީ ވެބް ޑިވެލޮޕަރުންނާއި، ޑިޒައިންރުންގެ އިތުރުން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބާއްވާ ހެކަތޯން އެކެވެ. އެގޮތުން ދުނިޔޭގެ 150 ސިޓީއެއްގެ 150،000 އަށްވުރެ ގިނަ މީހުންނަށް މި ހެކަތޯންގެ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނި ގޮތުގައި އެންޖަލްހެކްގެ ޒަރިއްޔާއިން ހެކަތޯންގެ ބައިވެރިންނަށް ތަޖުރިބާ ލިބި، އާ ހިޔާލުތަށް ދިރުވައި ތަރައްގީކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ އެވެ. އޭންޖަލް ހެކްގެ މި ހެކަތޯން ރާއްޖޭގައި ބާއްވަން ގަސްތުކުރީ ވެސް ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗާ އަށަގަންނުވައި، އިނޮވެޓިވް ޑިޖިޓަލް ސޮލިއުޝަންތައް ހޯދައިދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.
އޭންޖަލް ހެކްގެ ދެވަނަ ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ދިރާގު
މި އަހަރުގެ އެންޖަލްހެކް ތީމަކީ "އިނޮވެޓާސް ރައިސިން" އެވެ. މި ހެކަތޯންގައި މިއަހަރު ވެސް ގިނަ އަދަދެއްގެ ދިވެހި ހުނަރުވެރި ޑެވެލޮޕަރުންނާއި ޑިޒައިނަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ، މުޅި ދުނިޔެއަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ހެކަތޯން މިއަހަރު ހަ ބައްރުގައި ބާއްވާ ގޮތަށް ވަނީ ހަމަ ޖެހިފަ އެވެ. އެގޮތުން ހަތަރު މަސް ތެރޭގައި 300 އަށްވުރެ ގިނަ ބައިވެރިން ހެކަތޯންގައި ބައިވެރިވުމަކީ އޭންޖަލް ހެކްގެ އަމާޒެވެ.
އޭންޖަލް ހެކް ހެކަތޯންގެ ބައެއް ބައިވެރިން-- ފޮޓޯ: ދިރާގު
އޭންޖަލް ހެކްގައި ބައިވެރިވިގެން އެއްވަނައަށް ދާ ފަރާތަކަށް "ހެކްސެލެރޭޓާ" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހެކްސެލެރޭޓާގެ ބައިވެރިންނަށް އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި ހިޔާލުތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
14 July 2019
ދިސް އިޒް ޕްރިޓީ ކޫލް
ރާއްޖެތެރޭ މީހުން
13 July 2019
ދިރާގާއި އެމްއެމްއޭ އިން ހަރަދު ކޮއްގެން މާލޭގައި ތިޔަ ކަހަލަ އަގުހުރި އިވެންޓްތައް ބޭއްވީމަ މުޅި ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ފުރުސަތެއް ނުލިބޭ. އަތޮޅުތަކުގައި އިވެންޓްތައް ބާއްވާނެ ނަމައޭ ހިތަށް އަރާ.. ):
ޢަހުމްދު
16 July 2019
ލިބޭނެ