ޚަބަރު / އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމާފައިވާތީ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އޭއައިއޭ އިން ބުނި ގޮތުގައި ޕައިލެޓުން ތަމްރީނު ކުރަން ހިންގާ ފްލައިން ސްކޫލް ހިންގާނެ ބަޔަކު ހޮވާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޖުރިބާ އާއި މާލީ ގާބިލު ކަމަށް ބެލުމަށް ފަހު އެވެ.

ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން މި ކުރީ 2010 އިން ފެށިގެން އޭއޭއޭ އިން ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ ޖުލައި މަހުގެ ތެރޭގައި ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ.

އޭއޭއޭގެ ސީއީއޯ ސުރަންޖަން ޑި ސިލްވާ ވިދާޅުވި ގޮތުގައި ފްލައިން ސްކޫލު ހިންގަން އޭއައިއޭއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުން އާ ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އަނެއްކޮޅުން ފްލައިން ސްކޫލްގެ ހުއްޓައިލަން ނިންމި މައިގަނޑު އެއް ސަބަބަކީ އެތަނަށް ބިމު ކުލީގެ ގޮތުގައި އޭއައިއޭ އިން ހުށަހެޅި އަގު ބޮޑުވުމުން ކަމަށް ވެސް ސުރަންޖަން ވިދާޅުވި އެވެ.

Addu flying school anna aharu bandhukuranee

Addu flying school anna aharu bandhukuranee

The most trusted news source in the Maldives

Mihaaru

ގަމުގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރާނެ.

އޭއޭއޭ އިން ގަމުގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރަން ނިންމައި އެ ކުންފުނިން މިހާރު ނިންމާފައި ވަނީ ނ. މާފަރުގައި ފްލައިން ސްކޫލް ބަދަލު ކުރާށެވެ. އެގޮތުން މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިން ސްކޫލް ބަދަލު ކުރަން ވާންޖެހޭ މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭއޭއޭ އިން ބުންޏެވެ.

27 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 2%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަޅި

21 July 2019

މީގަ ހައްލަކީ، އާބަޔަކު ގެނައުން ތޯ ނުވަތަ ތިބި މީހުން ސައިޒް ކުރުންތޯ އެއީ މިހާރު އޮތް ފްލައިން ސްކޫލް މމޮނޮޕޮލީ އެއްގެ ގޮތުގައި އޮވެމެ، ނ. މާފަރަށް އެދަނީ ވަރަށް ކުޑަ އަގެއްގަ...އެކޮމޮޑޭޝަން ވެސް ކުދިންނަށް ދޭ ގޮތަށް.. ދެން އަންނަ ބަޔަކު ނިކުންނާނީ މިހާރުގެ މީހުންނާ ކޮމްޕީޓްކުރަން، ކުއްޔާ ކުދިން ހޯދުމުގައި ކޮމްޕެޓިޝަން ކްރިއޭޓް ވާއިރު.. އެއްކަލަ މިހާރުގެ ފްލައިންގ ސްކޫލް މާފަރުގަ ކުޑަ އަގެއްގަ ހިންގުން ވާނީ އަންނަ ބަޔަކަށް ޗެލެންޖަކަށް

The name is already taken The name is available. Register?

ޙިނި

20 July 2019

ތިކަމެއް ނުވާނެ ސުކޫކު ވެސް މިހިންގަނީ ފިހާރަ އެއް ކުއްޔައްހިފާ އުސޫލުން 2 އަހަރައް ނޫނީ ފަސް އަހަރައް އެގުރިމަންޓު ހަދައިގެން ބޯޑުޚުލީގަ ނަހަކު 1000000 ރުފިޔާ ކުލިދީގެން

The name is already taken The name is available. Register?

ވާލުސޮރު

20 July 2019

ބައެއްގެ އަމިއްލަ ވިޔަފާރިން ފައިދާ ގަނޑެއް ނަގަން އުޅުނީމާ އެމީހުން އެހެން ގޮތެއް ހޯދި، ތިޔަ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުން އަމިއްލައަށް ކުރީމަ އިނގޭނެ ދާނެ ހަރަދާއި މުސާރަތަކާ މިހެން ގޮސް އެތައް ކަމެއް

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

20 July 2019

ވެލް ޕްލޭންޑް ސްޓަންޓްސް. އަހަރެމެންނަށް އިނގޭ ތިޔައީ އެމިރޭޓްސް އާއި ހެދި ނިމިފަ އޮތް ޑީލް އެއްކަން.

The name is already taken The name is available. Register?

ޖާބިރު

20 July 2019

ކޮމެންޓް ކުރައްވާ ބޭފުޅުން ޖަޒުބާތުގައި ޖެހިވަޑައިގެން އުޅުއްވާކަން ފާހަގަވޭ. ނިކަން މިކަމުގެ ފުރިހަމަ މައުލޫމާތު ހޯއްދަވައިގެން އެއްޗެއް ވިދާޅުވަމާ. އެއަރޕޯޓް ކުންފުންޏަކީ ވިޔަފާރި ކުންފުންޏެއް އަދި އެއަރ ޕޯޓަކީ އައްޑޫ ރައްޔިތުން ބޭނުންވާހާ ގޮތަކަށް ހިންގަން އޮތްތަނެއްވެސް ނޫން. ހަނދާންކުރަންވީ ގެއްލުމުގައި ކުންފުންޏެއް ނުހިންގޭނެކަން. ޔަގީނުން އެއަރޕޯޓް ކުންފުނިންވެސް އައްޑޫ ރައްޔިތުންނަށް ކަނޑައެޅިގެން ދެރަގޮތެއް ނަހަދާނެ. މަޖުބޫރު ވީމިފަހަރު

The name is already taken The name is available. Register?

ވައުދުނާމާ

20 July 2019

ރައީސް އިބޫސޯލިހުގެ އައްޑޫ ވައުދުނާމާގައި އެބައޮތޭ ގަމުގެ ފުލައިންސްކޫލް އިތުރަށް ތަރައްގީކޮށް އެއަރކުރާފްޓް އިންޖިނިއަރިން ކިޔެވޭނެގޮތް ހަދައިދޭނެ ވާހަކަ ފުލައިން ސްކޫލް ގަމުން ބޭރުކުރާވާހަކައެއް ނެތޭ އައްޑޫ ވައުދުނާމާގަ ލިޔެފަ

The name is already taken The name is available. Register?

ޔާގޫތު

20 July 2019

މަބުނީ، ފްލައިން ސްކޫލް ބޭރުކުރީމަ ފައިދާވާނެތޯ؟

The name is already taken The name is available. Register?

ހާމަ333

20 July 2019

ޖާބިރު ކަލޭ ކޮސް އަނގަނުތަޅާ މަޑުންހުރޭ މީކީ ކަލެއަކާ ބެހޭކަމެއްނޫން

The name is already taken The name is available. Register?

ޖޭހިންދު

20 July 2019

ތިވާނީ އިންޑިޔާ ބަޔަކަ އެތަންދޭންވެގެން ހިންގި ޖަރީމާޔަކަށް.

The name is already taken The name is available. Register?

ޔާގޫތު

20 July 2019

ދެން ބަންދުކުރާނީ ރިސޯޓުތައް ކަންނެ. އެއަށްފަހު ހޮސްޕިޓަލާއި ސަރުކާރު އޮފިސްތައް.

The name is already taken The name is available. Register?

Naseer

20 July 2019

ތީ އަދި މިސަރުކާރުން ރަނގަޅަށް ކަންތައްތަށް ކުރަންފެށީ އައްޑޫގައި ކުރަމުންގެންދާ ހުރިހާ ޕްރެޖެޓްތަށް ހުއްޓުވަމުންގޮސް ހުރިހާ ޕްރެޖެޓްތައް ހުއްޓުވާލާ އޭރުން އެމްޑީޕީން ކޮށްދޭކަންތައްތަށް އައްޑޫގެ ރަޔަތުންނަށް ފެންނާނީ، ސާބަސް އައްޑޫގެ ތަރައްގީގެ ތަސައްވަރު ހުރި ހުރިހާ މަސައްތައް ހުއްޓުވާލާ، އައްޑޫމީހުން ގޮބޯހައްދީ!!!!!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ކޮބާ އަންނީގެ ބަހެއްވެސް މީގައިނެއްތަށް؟؟؟؟؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

ބަކުރުބޭ

20 July 2019

އޭނާގެ ބަހެއް ހޯދަން ހިތަދޫ މެދު ދާއިރާ ގޮނޑީގައި އިއްތާލާއިގެން ހުރި ބޭފުޅާގެ ގޭގައި ހުންނާނެ ކުރީގެ ރައީސް ނަޝީދު އޮފީސް ކިޔާތަނެއް. އެތަނަށް ދާންވީނުން. ތަން ހުޅުވިދުވަހުންފެށިގެން އަދި އެތަނުގެ ހިރަފުސްވެސް ފޮހެނުލާވިއްޔާ.

The name is already taken The name is available. Register?

ޢަދުރޭހިންނަވަރު

20 July 2019

ޙައްހައްހައްހާ ވެލިކާން ވެލިކާން ވެލިކާން ހުންނާނީ ރާކަނިމަސް ކެވިފަ ކޮންއައްޑޫއެއް ލައްޑޫއެއް

The name is already taken The name is available. Register?

ނައުޝާ މޫސާ

20 July 2019

ތިޔަ ފުލައިން ސްކޫލު ފޮނުވާލާ ސަބަބު އެނގެން އެބަޖެހޭ، އަދި އެހެންބަޔަކު ނުލިބެނީސް ތިޔަ ފުލައިން ސްކޫލު ބަންދުކޮށްގެންނުވާނެ، އަދި އެހެން ބަޔަކު އަޔަސް ކޮބައިތޯ އިތުބާރަކީ؟ 2010 އިން ފެށިގެން އިތުބާރާ އެކުގައި ހިންގި ފުލައިން ސްކޫލެއް ކީއްވެގެންތޯ ބަންދުކުރަންޖެހުނީ؟ ގަމުގައި މިހާރު ހިންގާ ފުލައިންސްކޫލާ މަޝްވަރާކޮށް ހައްލު ހޯދަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454