ކްލީވިޔާ އެޕާޓްމެންޓް--ފޮޓޯ:ޕޭން ރިއަލް އެސްޓޭޓް
22 ޖުލައި 2019 - 09:26
ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ އިޖްތިމާއީ ބޮޑު މައްސަލައެކެވެ. މި މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކޮށްފައިވީ ނަމަވެސް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. މާލެ އަދި ހުޅުމާލޭގައި ވެސް އެކި ކުންފުނިތަކުން އަންނަނީ ލަގްޒަރީ އެޕާޓްމަންޓާއި ރޯހައުސްތައް އިމާރާތް ކުރަމުންނެވެ.
ނަމަވެސް، އެޕާޓްމަންޓާއި ރޯހައުސްތައް ބޮޑަށް އަމާޒުކޮންފައި ވަނީ މަތީފަންތީގެ ފަރާތްތަކަށެވެ. އެއްފަހަރާ ބޮޑެތި އަދަދުތަކުން ފައިސާ ދައްކައި ހަލާސް ކުރެވޭ ނުވަތަ ބޮޑެތި މުސާރަ ލިބޭ މީހުންނަށެވެ. ތަނެއް އަމިއްލަކުރަން ކިތަންމެ ވަރަކަށް ބޭނުން ވިޔަސް، އެޕާޓްމެންޓުތައް ހުންނަނީ އާންމުންގެ އަތް ފޯރާފަށަކު ނޫނެވެ. މިކަމަށް ވެސް ހައްލެއް ލިބުމުގެ ކުލަވަރު މިވަނީ ފެންނަން ފަށައިފަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ، ޕޭން ރިއަލް އެސްޓޭޓުން މިވަނީ މެދުފަންތީގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި ގެދޮރު ލިބޭނެ މަގު ތަނަވަސްކޮށްދީފަ އެވެ. މި ދާއިރާގައި 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އިރު އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ މާހައުލާއި ދިރިއުޅުމުގެ ފެންވަރާ އެއް ހަމައެއްގައި ގެދޮރު ފޯރުކޮށްދިނުމަށެވެ.
އެ ކުންފުނިން މީހުންގެ އެޕާޓްމެންޓްތައް ބަލަހައްޓައިދީ، ކުލި ކަލެކްޓް ކޮށްދިނުމާއި އެޕާޓްމެންޓްތައް ހޯދައިދެމުން ގޮސް މިހާރު މިވަނީ އަމިއްލަ އަށް ކޮންސްޓްރަކްޝަން މަސައްކަތްކޮށްގެން ގެދޮރު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.
ޕްރީގެ އަންޑާޕޫލް ވިލާގެ އެޕާޓްމެންޓެއް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޕޭން ރިއަލް އެސްޓޭޓް (ޕްރީ) އިން އެންމެ ފުރަތަމަ ދޫކުރި "އަންޑާޕޫލް ވިލާ" އިމާރާތުގެ އެޕާޓްމެންޓް ޔުނިޓްތަކުގެ 80 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ އެޕާޓްމެންޓުގައި ދެ ކޮޓަރީގެ ދިހަ އެޕާޓްމެންޓާއި އެއް ކޮޓަރީގެ ނުވަ އެޕާޓްމެންޓް ހިމެނެ އެވެ.
ފުރަތަމަ އިމާރާތް ކާމިޔާބުކަމާ އެކު ނިންމާލުމަންފަހު ޕްރީން އަނެއްކާ ވެސް މިވަނީ "މ. ކްލީވިއާ"ގެ ނަމުގައި އިތުރު އިމާރާތެއް ޒަމާނީ ފެންވަރަށް އިމާރާތްކުރުމަށް ނިންމާފަ އެވެ. މިގޮތުން ކްލީވިއާގައި 10 ބުރި ހުންނަ އިރު، އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އިތުރުން، ޕާކިން އޭރިއާއެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ. އެޕާޓްމެންޓްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ޕޭން ރިއަލް އެސްޓޭޓުގެ ވެބްސައިޓް www.premv.com ނުވަތަ (755 3333/ 784 7114) އެ މައުލޫމާތުތައް ސާފުކޮށްލެވޭނެ އެވެ.
ކްލީވިޔާގެ އެޕާޓްމެންޓްތަކުގެ އަގުތައް
"ޕޭން ރިއަލް އެސްޓޭޓް (ޕްރީ) އަކީ މިޑް ރޭންޖުގެ ރަނގަޅު އަގެއްގައި ތަންތަން ވިއްކާ ކުންފުންޏެއް، ރިއަލް އެސްޓޭޓް މާކެޓުގައި އެހާ ގިނަ ދުވަހު އުޅުމުން މާލޭގެ ކުލީގެ އަގުތަކާއި ހުޅުމާލޭގައި ވެސް ކުލީގެ އަގަށް ބަދަލުތައް އަންނަ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ، ވީމާ އެޕާޓްމަންޓުގެ އަގުތައް ކަނޑައެޅުމުގައި އެންމެ އިސްކަމެއްދިނީ، އެޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު ރާއްޖޭގައި އާންމު މީހަކަށް ހަމަޖެހިލައިގެން އުޅެވޭނެ ވަރުގެ އަގެއް ކަނޑައެޅުމަށް،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އީމާން ނަސީމް ވިދާޅުވި އެވެ.
ޕްރީގެ އަންޑާޕޫލް ވިލާގެ އެޕާޓްމެންޓެއް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
އަންނަ ސެޕްޓެމްބަރ މަހު އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ 24 މަހުގެ ޕްރޮޖެކްޓެއް، މި އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ، ތަނުގެ ޖުމްލަ އަގުގެ 20 ޕަސެންޓެވެ. ލޯނު ނަގައިގެން އެޕާޓްމަންޓް ގަންނަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ދެއެވެ.
އާންމުކޮށް ރާއްޖޭގައި އެޕާޓްމެންޓްތައް އަޅަމުންދަނީ ކޮންސްޓްރަކްޝަން ކުންފުނިތަކަށްވީ ނަމަވެސް ޕޭން ރިއަލް އެސްޓޭޓަކީ، ރާއްޖޭގެ ގެދޮރުގެ ފުލް ސޮލިއުޝަން ފޯރުކޮށްދޭ ކުންފުންޏެކެވެ.
މިދިޔަ 10 އަހަރުގެ ތަޖުރިބާއާ އެކު ޕްރީއިން އަގުތައް ކަނޑައަޅަނީ އޮންނަ ޑިމާންޑަށް ބަލައިފަ އެވެ. ޕޭން ރިއަލް އެސްޓޭޓުން ބޭނުން ވަނީ ކުރިއަށް އޮތްތަނުގައި ވެސް އާންމުންގެ ދިރިއުޅުމުގެ ފެންވަރާ އެއް ހަމައެއްގައި ދިރިއުޅޭނެ ތަންތަން ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭއިނާ
19 February 2021
މިއިޝްތިހާރު ޖެހުމުގެ ކުރިން ހިސާބުކޮށްލާފަ ޙަޤީޤަތާއި އެއްގޮތަށް ލިޔުނުނަމަ ބޮލަށް ލުއިވީސް. 1.5 ގެ 20% އިކިއުޓީ ދައްކާފަ ބާކީ 20 އަހަރަށް 10% ގެ ހައުސިންގ ލޯނެއް ހޯދަން 25ހާސް އާމްދަނީ ލިބެންޖެހޭ. މިހާރު ތިކުރެވުނު ކަމަކީ ސަރުކާރު ކުންފުނިތަކުން އަޅާ ފްލެޓްތަކުގެ ބޮޑެތި އަގުތަށް ކުޑަކަމަށް ޖަސްޓިފައި ކޮށްދެވުނީ. ރިއަލްސްޓޭޓް ކުންފުނިތަކާއި ސަރުކާރާއި ގުޅިގެން ރައްޔިތުން ފެލުމުގައި އެހީތެރިވީ ކުޑައަގަކަށް.
ރަށުމީހާ
24 July 2019
މިދުނިޔޭގާ އޮތީ ނިކަމެތިމީހަ އަށް ނިކަމެތިގޮތް. ކެއްތެރިވާތި އާހިރަތް ލިބޭތޯ.
ސާދާސީދާ
23 July 2019
3 ރޫމަށް 42005.88 (މަހަކު ސާޅީސްދެހާސް ފަސްރުފިޔާ އަށްޑިހަ އަށްލާރި) 2 ރޫމަށް 25,803.61 (މަހަކު ފަންސަވީސްހާސް އަށްސަތޭކަ ތިން ރުފފިޔާ ފަސްދޮޅަސް އެއް ލާރި) މިއީ އަގުހެޔޮތޯ؟ ތިޔައީ މަހުޖަނުންނަށް ހުރި ތަންތަން! މިހާރު ވެސް މަހަކު ކުއްޔަށް 20،000 ރުފިޔާ ދައްކަން މިޖެހެނީ ދެމަފިރިން މަސައްކަތުން. ދަރީންގެ ކަންތައްކުރަން ވެސް ދެފަހަރު ހަމަޔަށް ފައިސާ ނުހުރޭ. ކިރިޔާ ބޮޑުބައްޔެއް ވިޔަސް ލުއި ލޯނު ނުނަގާ ނުވޭ.
ރަށުމީހާ
22 July 2019
ވަރަށްތަފާތު?
ރަށުމީހާ
22 July 2019
ކުދީންނެ'ދަންނާށެ. ކޮންމެވެރިއެއް ވެރިކަމަށް އަންނަންވީމާ ނިކަންބޮޑުކޮން އަޅިބުރުވާނެ.ހުވުނީމާ ވީވައުދު ހަނދާންނެތިދާނެ.ޙާސަކޮންނިކަމެތީންގެމަތީން ނިކަންއަވަހަށް ހަނދާްންނެ. ވިސްނަވާ. ފުލެޓްތައްބަހާގޮތް.ނިކަމެތި މީހާހުއްޓާ ލިބޭނި ފައިސާވެރި އަކައް
ޥަރައް ސަލާމް
22 July 2019
ހުޅުމާލޭގައި އަމިން އެވެނިއުގެ 3 ކޮޓަރީގެ އެޕާޓުމަންޓެއް ވިއްކީ 3 މިލިއަނަށް އެއީ މަތީ ފަންތީގެ ފްލެޓްތަކެއް