ޑެންގޫއާ ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި މަދިރި މަދުކުރަން ޖެހޭ. މަދިރި ކޮންޓްރޯލްކުރަން އިރުޝާދުދޭން އެޗްޕީއޭއިން ހަދާފައިވާ ޕޯސްޓަރެއް.
24 ޖުލައި 2019 - 12:01
މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ނުރައްކާތެރި ޑެންގޫ ހުން މި އަހަރުގެ ޖޫން-ޖުލައި ގައި ރާއްޖޭގައި ފެތުނު މިންވަރު މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެެ ދަށް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ރާއްޖޭގެ 3097 މީހަށް ޗިކުން ގުންޔާ ޖެހުނެވެ. އެޗްޕީއޭއިން ބުނިގޮތުގައި މިއީ މިދިޔަ ދެ އަހަރުގެ މި މުއްދަތުގައި ޑެންގޫ ޖެހުނު މިންވަރަށް ވުރެ މަދު އަދަދެއް ކަމަށެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން-ޖުލައިގައި ޑެންގޫ އެންމެ ގިނައިން ފެތުރުނީ ހދ. އަތޮޅު، ދ. އަތޮޅު އަދި ލ. އަތޮޅުގަ އެވެ. އެގޮތުން ޖުލައި މަހު ހދ. އަތޮޅުގެ 79 މީހަކަށް ޑެންގޫ ޖެހުނު އިރު ދ. އަތޮޅުން 37 މީހަކަށް އަދި ލ. އަތޮޅުން 33 މީހަކަށް ޑެންގޫ ޖެހުނެވެ. ޖުލައި މަހު މާލެ ސަރަހައްދުން ޑެންގީ ޖެހުނީ 69 މީހަކަށެވެ.
ޑެންގޫ ޖެހުނު މިންވަރު ދަށަށް ދިޔަ ނަމަވެސް މި އަހަރު ރާއްޖޭގައި ޗިކުންގުންޔާ ފެތުރުނު މިންވަރު މިއަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެބަލި ޖެހުނު މީހުންގެ އަދަދަކީ 1343 އެވެ. އެޗްޕީއޭ އިން ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މޭ މަހާ ހަމައަށް އެބަލި ފެތުރުނު މިންވަރު އިތުރުވި ނަމަވެސް ޖޫން މަހު އެބަލި ފެތުނު މިންވަރު ދަށަށް ދިޔަ ކަމަށެވެ.
މި އަހަރުގެ މިހައިތަނަށް މާލެ ފިޔަވާ އެންމެ ގިނަ ބަޔަކަަށް ޗިކުންގުންޔާ ޖެހުނީ ރ.އަތޮޅާއި ގއ. އަތޮޅުންނެވެ. އެގޮތުން ރ. އަތޮޅުގެ 319 މީހަކަށް އެ ބަލި ޖެހުނު އިރު ގއ. އަތޮޅުގެ 291 މީހަކަށް އެބަލި ޖެހުނެވެ. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން 455 މީހަކަށް އެބަލި ޖެހުނެވެ.
ޑެންގޫ އާއި ޗިކުން ގުންޔާގެ އިތުރުން ވައިރަލް ހުންތައް ރާއްޖޭގައި އެންމެ ގިނައިން ފެތުރެނީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
24 July 2019
ރަށް ރަށުގައި މަދިރި އުފެދުމުގެ އެންމެ ބޮޑު އަސްލަކީ ފަޅު ގޯތި. ސަރުކާރުން އެބަޖެހޭ މީހުން ދިރިނޫޅޭ ފަޅު ގޯތިތައް ނެގޭނެ ވަކި ގަވާއިދެއް ހަދައި އެރަށެއްގައި ދިރިއުޅުން ގާއިމްކޮށްފައިވާ ރައްޔިތުންނަށް އެ ގޯތިތައް ލިބޭނެގޮތް ހަދަން. ރަށް ރަށުގައި ވަށާފާރު ރާނައި އެތެރެ ކުނިގޮޑަކަށް ހަދައިފައިވާ 20-30 އަހަރުވީ ގޯތިތައް އެބަތިބި. ގޯތި ވެރިން އުޅެނީ މާލެގަ. ހުރިހާ އުދަގުލެއް ރަށުގަ ދިރިއުޅޭ މީހާއަށް
ޝާއިރާ
24 July 2019
އަބަދުވެސް ޔާމީނުގެ ވާހަކައާއި ކުރީ ސަރުކާރުގެ ވާހަކަ. ޕީއާރު ޑިޕާޓުމެންޓުން މުޅިންވެސް ހަބަރު ފޮނުވަނީ. އަހަރެމެން ބޭނުމެއް ނޫން ތިހުރިހާ ވާހަކައެއް. އަހަރެމެން ބޭނުންވަނީ ކަންތައްތައް ރަނގަޅުވާތަން ދެކެން.
ޖޯކާ
24 July 2019
އިޒް ދިސް އަ ޖޯކް؟
ބަބުރަންޖީ ހާޖީ
24 July 2019
ވެމްކޯ ތަންކޮޅެއް ފިރިހެންވެގެން ޑެންގޫ ކޮންޓުރޯލުކުރެވޭނީ.
ސުނިލް
24 July 2019
އެއްޗެކޭ ދީ ތި ކިޔަނީ؟ ޙުރިހާ ކަމެއް ދަނީ ގޯހުން ގޯހަށް.
ކަރީމް
24 July 2019
ތަަފާސް ހިސާބުން ދެއްކިޔަސް؟ މޮޔަ ނުގޮވާ