27 ޖުލައި 2019 - 10:35
މެޑްރިޑް (ޖުލައި 27) - މުސާރައިގެ ގޮތުގައި ހަފްތާ އަކު އެއް މިލިއަން ޕައުންޑް ލިބޭ ގޮތަށް ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގަރެތު ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބަދަލުވުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެެއާލުގެ ކޯޗު ޒިނެދިން ޒިދާންއާ މައްސަލަ ގޯސްވެފައިވާ ބޭލް އެ ޓީމު ދޫކޮށްލާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ދާދި ފަހުން ޒިދާން ވަނީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލް ނޭރުވީ އޭނާ ކްލަބް ދޫކޮށްލަން ނިންމާފައިވާތީ ކަމަށް ބުނެފަ އެވެ. އަދި އެއީ ރެެއާލުގެ އެންމެނަށް އެންމެ ރަނގަޅު ގޮތްކަމުގައި ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަނީ ޒިދާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ޒިދާންގެ ފަރާތުން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ޒިދާން ބުނީ ބޭލް ވެސް ބޭނުންވީ އެ މެޗުގައި ނުކުޅެން ކަމަށެވެ.
ޗައިނާގެ ސުޕަ ލީގުގެ ޖިއަންސޫ އަށް އުމުރުން 30 އަހަރުގެ ބޭލް ސޮއިކުރާނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބޭލް އަށް ހަފްތާ އަކު އެއް މިލިއަން ޕައުންޑުގެ މުސާރައެއް ދޭނީ ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ އެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބޭލް ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ.
ޕްރީ ސީޒަން މެޗެއްގައި ރޭ އެތުލެޓިކޯ މެޑްރިޑުން 7-3 އިން ރެއާލް ބަލިކުރި މެޗުގައި ބޭލް ވަނީ ދެ ވަނަ ހާފުގައި ކުޅެން އަރައިފަ އެވެ.
މީގެ ކުރިން އާސެނަލްގެ ތަރި މެސުތު އޮޒިލް އަށް ވެސް ވަނީ ޗައިނާގެ ކްލަބަކުން ހަފުތާ އަކު އެއް މިލިއަން ޑޮލަރުގެ މުސާރައެއް ހުށަހަޅައިފަ އެވެ. އެކަމަކު އޮޒިލްގެ ވިސްނުން އޭރު ހުރީ ޔޫރަޕްގައި ކުޅޭށެވެ.
ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ބާސެލޯނާ އިން ވަނީ އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލާނެ އަގެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން ޕްރިމިއާ ލީގުގެ ކްލަބަކަށް ކުޓީނިއޯ ދޫކޮށްލާނީ 112 މިލިއަން ޑޮލަރަށެވެ. ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދަން މަސައްކަތް ފަށާފައިވާއިރު، އެ ޑީލުގެ ތެރެއިން ޔުނައިޓެޑަށް އާޖެންޓީނާގެ ވިންގް ޕައޮލޯ ޑިބާލާ ވެސް ދޫކޮށްލަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތްް
27 July 2019
112 މިލިއަން ޑޮލަރަށް ޕްރިމިއަރ ލީގް ކްލަބަކުން ކޫޓީނިއޯ ގަނެފާނެ ކަމާމެދު ޝައްކު.
މީނަ
27 July 2019
112 މިލިޔަން ކީއްކުރަން 60 މިލިޔަން ޔޫރޯގައިވެސް ކުޓީނިޔޯ ގަންނާނެ ކްލަބެއް ނުވާނެ. ބާސާގެ ބޯޑުން ކުރި ވަރަށް ބޭކާރު ޚަރަދެއްއެއީ.
ރަޑީފް
28 July 2019
ކޫޓީނިއޯ އަކީ ލިވަޕޫލް ޕްރޮޑަކްޓެއް. ލިވަޕޫލް އިން އޭނާ ގެންނާނެ. ވަލްވާޑޭއަށް އޭނަގެ ބޭނުން ހިފަން ނޭންގުމަކީ ކޫޓީނިއޯ ގެ ކުށެއް ނޫން.
ހަގީގަތްް
28 July 2019
ކޫޓީނިއޯ ގަތީ ރަނގަޅު އަގަށް. މައްސަލައަކަށްވީ މެސީގެ ހިޔަނީގަ ކުޅެންޖެހުން. ކޫޓީނިއޯ ލިވަރޕޫލުގައި މޮޅަށްކުޅުނުއިރު އެއަށްވުރެ ދަށްކޮށް ކުޅުނު ކުޅުންތެރިން 2ފަހަރު ޗެމްޕިއަންސް ލިގު ފައިނަލްކުޅެ އަދި އެއްފަހަރު ތަށިނަގައިފި. ބާރސާ އޯވަރހޯލްކޮށްގެން ނޫނީ ކާމިޔާބެއް ނެތް
އަސްލު ހަގީގަތް
29 July 2019
ހަގީގަތަށް. ދޮންކަލޯ ކުޓީނިޔޫގެ މައްސަލަޔަކީ މެސީގެ ހިޔަނީގައި ކުޅެން ޖެހުމެއްނޫން. ބަލަ މިޑްފީލްޑަރެެއް ވިންގަށް ކުޅުވީ މެސީ ބުނެގެންތަ؟ މެސީޔަކީ ޓީމްގެ ކޯޗްތަ؟ މެސީވެސް އެކުޅެނީ އޭނަގެ ޔޫޝުއަލް ޕޮސިޝަނަކަށްނޫން. އެކަމަކު އޭނަޔަކީ ވާރސެޓައިލް ކުޅުންތެރިޔެއްވީމަ އެޓޭކްގެ ކޮންމެ ޕޮސިޝަނަކަަށްވެސް ފިޓްވަނީ. ކުޓީނިޔޯޔަކީ އަސްލު މިޑްފީލްޑަރެއް. ޕްލޭމޭކަރެއް. އޭނަ އެ ޕޮސިޝަނަށް ވަލްވާރޑޭ ނުކުޅުވާ. މެސީދެކެ ރުޅިއަޔަސް ތީދެން ބޮޑުވަރު.
މީނަ
27 July 2019
އަހަންނަކީ ރިއަލް މެޑްރިޑްގެ ސަޕޯރޓަރެއް ނޫނަސް ބޭލްއާމެދު ރިއަލް މެޑްރިޑުން ކަންތައްކުރީ ވަރަށް އަން ޕްރޮފެޝަނަލްކޮށް. ޚާއްޞަކޮށް ޓީމުގެ ކޯޗު ޒިދާން. ބޭލްއަކީ ކްލަބުގެ ލެޖެންޑެއް. އަދި އެތައް ކާމިޔާބެއް ހޯދައިދިނުމުގައި ދާ އޮހޮރުވި ހުނަރުވެރި ފަހުލަވާނެއް. އެކަމަކު މުޅި ދުނިޔެޔަށް ބޭލް ފަޟީހަތްކޮށްފައެއްނޫން ފޮނުވާލަންޖެހޭނީ.
ހިއްލަތު
27 July 2019
ބާސާގެ ސަޕޯޓަރެއް ވައްތަރު ޖަހާ .. ބޭލް އަމިއްލަ އަށް ކުލަބް ބަދަލު ކުރަން ބެނުން ވެގެން އެވާހަކަ ދެއްކީ އޭނާ އަމިއްލަ އަށް . އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު، އޭނާގެ އިންޓަރވިއު ކިޔާލާ
ރަދީފް
27 July 2019
އިންޓްނޭޝަނަލް ޗެމްޕިއަންސްކަޕް2019 ދޯ.
ލެއްގި ކޮމިޝަނަރ
27 July 2019
އާދޯ.!!....500މިލިއަން ހަރަދުކުރީމަ 7 ގޯލް. އަނެއްހެން ގޯހެކޭ ނުބުނެވޭނެތާދޯ. ހުރިހާ ބާރެއް ޒިދާން ކިޔާމީހަކަށް ދީގެންވީޔާ މިހާރު އެކުޅެނީ.