ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަަހީދު
27 ޖުލައި 2019 - 17:39
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދަން އަމާޒުކުރި 15 މެޑަލުގެ ޓާގެޓް ހާސިލްކޮށްފި އެވެ.
މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހެދި ޓާގެޓެކެވެ. ރާއްޖޭން 2015 ވަނަ އަހަރު 10 މެޑެއްޔަށް ޓާގެޓްކޮށް ހޯދުނީ ނުވަ މެޑެއްޔެވެ.
މި ފަހަރުގެ ޓާގެޓް ރާއްޖެ އަށް ހާސިލްވީ ޓޭބަލް ޓެނިހުގެ ވިމެންސް ސިންގަލްސްގެ ފައިނަލަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް މިއދު ދަތުރުކުރުމާ އެކު، އެ އިވެންޓުން ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ކަށަވަރުވުމުންނެވެ.
ރާއްޖޭން 2015 ވަނަ އަހަރު އެންމެ ރަން މެޑެއްޔެއް ލިބުނު ނަމަވެސް މި ފަހަރު މިވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ މިއަދުގެ ރަން މެޑެއްޔާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.
ރާއްޖޭން މި ފަހަރު ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި މިއަދު ވިމެންސް ސިންގަލްސް އިން ލިބޭ ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.
މި ފަހަރު ވަނީ ހަތް ލޯ މެޑަލް ހޯދައިފަ އެވެ. އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުނަކުރުބެ
28 July 2019
ބާސްކެޓް ޗޮކުން ދޯ ، ދެން މިހާރު ހުރި ކޯޗް ވެސް ފޮނުވާލާ
ހާސަރު
28 July 2019
މަރުހަބާ ، މިކާމިޔާބާއި އެކު ބޮޑާ ނުވެ 2023 އަށް މިހާރުން ފެށިގެން ރާއްޖެ ތައްޔާރު ވާންޖެހޭ . ރަގަޅު ނަތީޖާ ހޯދޭނީ ކުޅިވަރުން ސިޔާސީ ފައިދާ ހޯދުމުގެ ބަދަލުގައި ކުޅިވަރުގެ ކާމިޔާބުން ސިޔާސީ ސަޕޯޓް ހޯދިގެން. ފުޓްސަލް ދަނޑުތައް އެއީ މީގެއެންމެ ރަގަޅު މިސާލު. އެކަމުގެ ސަބަބުން ފުޓްބޯޅައަށް ވީގޮތް ފެނިއްޖެނޫންތޯ
އެހެންތޯ
28 July 2019
15 މެޑެލް ލިބުނީމާއި އުފާވެގެން ތިބެވޭކަށް ނެތް... ދުނިޔޭޣެ ފެންވަރުގައިވެސް ދަށް 7 ގައުމެއް ބައިވެރިވި (އޭގެ ތެރޭގައި ރާއްޖެއަށްވުރެ ކުދި 2 ގައުމު ހިމެނޭ) 700 މެޑެލް ވިން ކުރެވެން އޮތް މުބާރާތަކުން 15 މެޑަލް (%2) ހިފައިގެން ގެޔަށް ދެވުނީމައި ރާއްޖޭގެ ކުޅިވަރުގެ ހާލަތާއި މެދު ލަދުގަންނަންޖެހޭ. މިޔަށްވުރެ ބޮޑަށް މިކަމަށް އެބަ އިންވެސްޓު ކުރަންޖެހޭ.
ގަބީލާހުސައިންފުޅު
28 July 2019
ލޯ މެޑަލަކަށް އަހަރެމެން ނުކިޔަން މެޑެއްޔެއްކަމަކަށް، ފުލުން ދިޔަސް މެޑެއްޔެއް ލިބިދާނެ.
އަބްދުއްالله
28 July 2019
ތީގެ ބައެއް މެޑެލި އެއީ ސިރީ ލަންކާގެ އަމިއްލަ މެޑެލި. ނަމޯ ނަމޯ ނަމޯ މާތާ. ދެން އޮރި އޮރި.
ހާސަރު
28 July 2019
އަމިއްލަ ގައުމަށް ވުރެ ސިޔާސީ ހަސަދަ ބޮޑުވީމަ ތިކަހަލަ ކޮމެންޓް ތިލިޔެވެނީ. ބަލަ ލަންކާގައި އުފަންވި ކިތައްދިވެހި ކުދިން އުޅޭކަން އެގޭތަ!؟ އެއަދަދު ހާހުން ގުނޭ! އެއެންމެން އެއީ ހުސްލަންކާ މީހުންތަ؟
ޖުލައި
28 July 2019
ކުރާހަރަދާ ބަލާފަ ދެރަވަރު. އެހެން ގައުމުތަކުން 100 މެޑަލް ހޯދިއިރު ރާއްޖެ އެންމެ 15މެޑަލް
ގަހާފޮޑިދޮންތި//ފޭދޫ
28 July 2019
އިންޑިއާ ކަނޑުގައި ނާތަހުޒީބު 4 ވަރަކަށް ކުދި އާބާދީއާއި އެކު ކުރި ކަމަކުން މާބޮޑު ފަޚުރެއްލިބިގެން ކަމަށް ހީކޮށް ހާދަހާ ހުތުވައްތަރޭ މިޖައްސަނީ... މޮރިޝަޝްގެ ރައްޓެއްސަކު ބުނެފައިވޭ ވަރަށް ޝޯއޮފުބަޔެކޯ މާޅަދީވު މަސްވެރީން މީ
ކެއްސައްދެވި
28 July 2019
މޭބިސްކަދުރު ވަރަށް ހުތް ދެއްތޯ؟
ބެޑްމިންޓަން
28 July 2019
ޓީޓީ އަކީ ވަރަށް ފޫހި ކުޅިވަރެކެވެ.
އަނގަ ފޫޅު
28 July 2019
މަށަށް އަޑު އިވެނީ ހުސް މޯލްޑިވުސް އާއި މޮރިޝަސް ގެ ނަމެވެ އިންޑިއަން އައިލޭންޑް ގޭމުސް ގައި އެހެން ބަޔަކު ނުކުޅޭ ތޯއެވެ؟ ދެން ކޮބާ އެހެން ޤައުމު ތަށް..އެމީހުނަށް ކިތަށް "ބަސްތާ" މެޑެލް ލިބުނު ތަ؟
ރަދީފް
28 July 2019
މޮރިޝަސް 223 ، މަޑަގަސްކަރަ 127 ، ރީޔުނިއަން 172 ، ސީޝެލްސް 111 ، ދިވެހިރާއްޖެ ، ކޮމޯރޯސް ، މަޔޯޓް (ކޮންމެ ގައުމަކަށް 15 މެޑަލް)
.ނިއުމާ
28 July 2019
ރާއްޖެ އެހެންވީމަ ފުލައްތާ ދޯ ދިޔައީ ރަދީފް!
ބިސް
27 July 2019
ފުޓުބޯޅައަށް މިލިޔަނުން ކުރާ ހޭދަ ހުއްޓާލުމަށްފަހު މެމްބަރުން މަދު ޓީމްތައް މުބާރާތްތަކުގައި ވާދަ ކުރުމަށް ތައްޔާރު ކުރަން ފަށާށެވެ. ކުޑަ ހަރަދަކުން ރަގަޅު ނަތީޖާ ލިބޭނެެއެވެ. ތަމްރީނު ކުރުމުގެ ފުރުޝަތުތައްވެސް ގިނަ ކުރެވޭނެއެވެ. ފުޓުބޯޅަ ވޮލީ ބާސްކެޓް ފަދަ ޓީމްތައް ކޮންމެހެން ބައިވެރި ކުރުމުގެ ބޭނުމެއް ނެތެވެ. ނަތީޖާ ނެރެވޭލެއް މާދަށެވެ.
މުނި ފޫހި
28 July 2019
މީހުން ބަލާހިތް ނުވާ ކުޅިވަރު ތަށް ކުރި އަރުވާން ބޮޑު ޚަރަދު ކުރާނެ ކަމެއް ނެތެވެ. ބެޑްމިންޓަން އާއި ޓީޓީ އާއި ޓެނިސް ކެރަން ބޯޑްއާއި ޑިގް ކުޅުމަކީ އެ ކުޅޭ މީހުނަށް ފޫހި ފިލާ ކުޅިވަރު ތަކެވެ. ބަލާމީހުން ފޫހި ފިލާ ވަރުގެ ކުޅިވަރު ތަކެެއް ނޫނެވެ.