ބާ ކައުންސިލްގެ ރައީސް މައުމޫނާއި އެ ކައުންސިލްގެ ބައެއް މެމްބަރުން: އެ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
29 ޖުލައި 2019 - 19:16
ބާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ އެ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެއް އަހަރަށް އައްޔަންކުރާ އެ މަގާމުގެ ޝަރުތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރު މަސައްކަތް ކޮށްފައި ވުމާއި އެ މީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ސާބިތުވެފައި ނެތުމާއި ބަނގުރޫޓް ވެފައި ނުވަތަ ޖިނާޔަތުގެ ދަރަޖައިގެ ކުށެއް ސާބިތުވެފައި ނުވުމެވެ.
އެ މަގާމަށް އައްޔަންކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 35،000ރ. ލިބޭނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޓޮމް
30 July 2019
ހަމައެކަނިލޯ ހެދުމަކުން ތިކަމަށް ޝަރުތުފުރިހަމަވުން ގޯސް މީގެއިތުރުން މެނޭޖުމެންޓްގެ ދާއިރާއިން ކިޔަވައި ތަޖުރިބާހުންނަން ޖެހޭނެ. ގާނުނު އެގުނަސަް މުޅިތަން މެނޭޖުކުރަން ނޭގިދާނެ. އެހެންވީމާ ތަންބޮއްސުްނލުން ވަރަށް ކައިރި
ހިސާނު ހަސަނު
29 July 2019
ބާ ކައުންސިލް ޤާނޫނު ހެދީ ވެސް މި ރިފްޢަތު އެތާންގާ އިން ގޮތަށް ދޯ އެވެ.މުޅި އޮޑީގައި ހަސަނުގެ ދެފައެވެ.
ޢަލީބެ
29 July 2019
އެސްޖީއަށް 35000 ރުފިޔާ ލިބޭއިރު މެމްބަރުންނަށް އެކައްޗެއްވެސް ނުލިބޭ. ވަރަށް ހެއްވާ.
ސުއޫދު
29 July 2019
47،000/-