ހައްޖު ދަތުރު ލިބުނު ފަރާތްތަކާ އެކު އެމްއޭސީއެލްގެ އެމްޑީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.--- ފޮޓޯ: އެމްއޭސީއެލް
30 ޖުލައި 2019 - 10:05
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަން ނިންމައި އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
ހައްޖަށް ދާން ހޮވި ފަރާތްތަކާ ލިޔުންތައް ހަވާލުކުރީ ރޭ މާބުލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
މިއީ އެމްއޭސީއެލް އިން އެ ތަނުގެ މުވައްޒަފުން ހައްޖަށް ގެންދާ ހަތަރު ވަނަ އަހަރެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒައިމް ވިދާޅުވީ މި އަހަރު ހުޅުވާލި ފުރުސަތުގައި 165 މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށެވެ. އެއީ 155 ފިރިހެނުންނާއި 10 އަންހެނުންނެވެ. ކުރިމަތިލި މުވައްޒަފުންގެ ތެރެއިން، އެ ކުންފުންޏަށް 10 އަހަރު ވަންދެން ހިދުމަތް ކޮށްދީފައި ނުވާތީ ހަތް މުވައްޒަފެއްގެ ފޯމު ބާތިލުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަޅުގަނޑުމެން ޕޮއިންޓް ދިނުމުގައި މި ބަލަނީ މީހާގެ އުމުރާއި ކުންފުންޏަށް ހިދުމަތް ކޮށްދީފައިވާ މުއްދަތަށް. އެއިން ލިބޭ ޕޮއިންޓުން އެއްވަރުވެއްޖެ ނަމަ މި ބަލަނީ ސެޓްފިކެޓާ ނުލައި ސަލާމް ބުނާ މުވައްޒަފުންނަށް. މީގެ ތެރެއިން ވެސް އެއްވަރު ވެއްޖެ ނަމަ ސަލާމާ އެކު މުވައްޒަފުން ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށް ބަލައި 10 މުވައްޒަފުން ހޮވާފައި މިވަނީ،" އަލީ ހުޒައިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް 10 ޖާގަ ލިބިފައިވަނީ އެ ކުންފުންޏަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުނާމާޓަރު
31 July 2019
އަހަރެމެން މި އުޅޭ އިމިގްރޭޝަންވެސް އެކަރަޕްޓް ފައިސާ އަނބިދަރިންނަށް ކާންނުދީ އިޚްލާސްތެރި ކާމާއެކް އަހަރަކް މުއައްޒަފަކް ނަމަވެސް ހައްޖައް ފޮނުވާލާނަމަ ކިހާރަނގަޅުވީސް!
ރަގަޅު
30 July 2019
ގިނަގިނައިން ހަސަނުމެންގެ ކުރިމަތީގައި ކުރިކެޑީމަރަގަޅުވާނެ
ރާޢްޖެތެރޭ މީހާ
30 July 2019
ފަހަރެއްގާވެސް ތިފޮނުއްވަން އުޅޭ މީހުންނަށްބުނާ ދެރަބަހެއްނޫނެވެ. އެދެނީ މަބްރޫޢުހައްޖެއް ލިބުމަށެވެ. އަނެއްކާވެސް ސަރުކާރުމުއައްޒަފުންނަށް މޮޅުގޮތެވެ. ކުރިންވެސް މުއްސަދިންނާއި ސަރުކާރުގެ އެކިމަގާމުތަކުގައިތިބި މީހުނަށް މޮޅުގޮތެވެ. އަތުގައި ލާރިއެއްނެތި އަދި އަމިއްލަމަސައްކަތުން ކިރިޔާ ދިރިއުޅުމުގެކަންކަން ފަރުޖައްސާލައިގެންއުޅޭ "ނިކަމެތި ރައްޔިތު" މީހާއަށްއޮތީ ކޮންގޮތެއްތޯއެވެ؟ އެއީވެސް ހަމަ ދިވެހީންނެވެ. އެމީހުނަށްވެސް ފުރުސަތުދެއްވާށެވެ.
ސަމީނުގަނޑު
31 July 2019
ތިޔަ ބުނާ ނިކަމެތި އަތުގައި ލާރިއެއްނެތި ކިރިޔަ ކިރިޔާ އުޅެވޭ ރައްޔިތުމީހާ ވެސް ކުންފުނި ތަކުގަ މަސައްކަތް ކުރަން އުޅޭ.އަހަރުން އޮފީހުގަވެސް އުޅޭނެ މުސާރަ ލިބޭ ދުވަހު މުސާރަ ހުސްވެގެން ބިކާރި ވާ ސޮރެއް.އެވެސް ހަމަ ދިވެހީންނެވެ. މީހަކަށް މޮޅެއް ވެއްޖާ ހަސަދަވެރި ވުން އެޢި ފުދޭވަރަކަށް ކަޑަ ކަމެއް
ފުންއަސަރު
30 July 2019
އަހަރެމެންވެސް މިއުޅެނިކީ ވަކި ކުޑަތަނެއްގައެއްނޫން. ސަރުކާރަށް ޚިދުމަތްކުރުމުގާ 30 އަހަރު ފުރެނީ އަންނަ އަހަރު. ކުޑަކޮށް ބަލިވެ ރޯގާޖެހިލާއިރަކަށް ސަލާމެއް ނުބުނަން. ގަޑިއެއް ނުޖެހެން. އުޅެމުން މިދަނީ އުޅެވުނު އެންމެ ރަނގަޅަކަށް. އެކަމަކުވެސް މަގާމުވެސް މަތިވަނީކީނޫން. މަސައްކަތް ކުރާމީހެކޭ ނުކުރާމީހެކޭ އެއްފަދަ. ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން ޚިދުމަތްދެނީ އެންމެ މަތިން. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތަކަށް އަދި ކަންކަން ވާނެ. އިންޝާﷲ!
ީރަގަލު
31 July 2019
އިރާދަކުރައްވައިގެން އުފާވެރި ދުވަހެއް ފެންނާނެނެ.