01 އޯގަސްޓް 2019 - 12:30
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ ހުޒާމް (ހުޒާންޓެ) ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުގެ ކެޕްޓަނަކަށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސެޓަރު އިޝާން އިބްރާހިމް (ބަޓިސް) ރިޓަޔާކުރުމުން ދެން މިދިޔަ އަހަރުގެ ކުރީކޮޅުގައި ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން ދާދި ފަަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅެފަ އެވެ.
ވ. ފެލިދު އަށް އުފަން ހުޒާންޓެ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ވޮލީ ބޯޅަ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ ގައުމީ ލެވެލްގެ އިތުރުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ. ގައުމީ ކެޕްޓަނެއްގެ ގޮތުގައި ހުޒާންޓެ ފުރަތަމަ ނުކުންނާނެ މުބާރާތަކީ މި މަހު ފަހުކޮޅުގައި ނޭޕާލްގައި ބާއްވަން ނިންމާފައިވާ ސެންޓްރަލް ޒޯން މުބާރާތެވެ.
ހުޒާންޓެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސިއިރު، އޭނާގެ އެއްބަޑު އެއްބަޕާ ދެ ކޮއްކޮ އިން ވެސް ގައުމީ ޓީމަށް ކުޅެ އެވެ. އެއީ ހުސެއިން ވިޝާމް (ބުޅިކެ) އާއި ހަސަން ނިލާމް (ޕާޓޭ) އެވެ.
ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މި ފަހަރުގެ އައިއޯއައިޖީގެ ކުރިން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ވޮލީގެ ވަރުގަދަ ގައުމެއް ކަމަށްވާ ސާބިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބަލިވީ މަޑަގަސްކާ އާއި ރިޔޫނިއަން އަތުންނެވެ.
ރާއްޖެ އެންމެ ފަހުން ކުޅުނު ސެންޓްރަލް ޒޯން މުބާރާތްތަކުގައި އެކަަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މި މަހު ފަށާ މުބާރާތުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ކޯޗު ކާއްޓޭ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅިކެ
02 August 2019
ކެޕްޓަން ކަންވެސް ނޯމަލައިޒް ކޮއްލީ އުތަ
ވަހީދު
01 August 2019
އަންހެން ޤައުމީ ވޮލީ ޓީމްގެ ކެޕްޓަންކަން ވެސް ބަދަލުވި ހަބަރު ވަނީ ލިބިފަ ކިހާވަރެއްގެ ހަޤީޤަތެއްބާ އެއްވެސް ހަބަރަކުން ނުފެނޭ
ރެކެޓޭ
01 August 2019
ކާއްޓޭ ބަޓިސް ބުޅިކެ ލޯނގޭ ޕާޓޭ މިއީ މީހުންނަށް ކިޔާ ނަންތަ؟؟؟؟
ރަދީފް
01 August 2019
@ރެކެޓޭ މިވެސް ނަމެއް ދޯ.
އަމީތާބު
01 August 2019
ލޯންގޭ ކެޕްޓަން ބޭންޑު އަޅުވާފަ ކުޅެން ނާރުވާ ބައިން ދަނީ ކޯޗްގެ ކޮއްކޮ މަޝްހޫރު ކުރަންވެގެން. މިކަހަލަކޯޗުންލައިގެން ވާނެ މޮޅެއްނޯންނާނެ. ޓީމަށްއަރާނީ އެއްގުރޫޕެއް. ލޯންގޭ އަކީ އެގުރޫޕެއްނޫން. ލޯންގޭ މޮޅުވީމަ ޖެލަސްވާ ގުރޫޕު ބާރުގަދައީ....
އަލީ ރާޖާ
01 August 2019
ލޯންގޭ މޮޅުއިރު މޮޅު މިހާރު މޮޅެއް ނޫން. ޑިސިޕްލިން ރަނގަޅުވެގެން އަރުވަންޏާ އަރުވަންވީ. ދެން ކާއްޓޭވެސް މިހާރު ޓީމަށް އަރާވަރެއް ނުވޭ ކޯޗު އެރުވިޔަކަސް. އެދެމީހުން ބޭރުކޮށްފަ ޒުވާނުންނަށް ފުރުސަތު ދޭންވީ ވަގުތު.
އަލީ ރާޖާ
01 August 2019
ތިޔަ ކާއްޓެއާ ލޯންގޭ ބެރުކޮށްފަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީބަލަ ތިޔަ ޓީމުން ހެޔޮނުވާނެ.
ޒިވްކަލޯ
01 August 2019
ވަރަށް އުގާވެއްޖެ. އުންމީދުކުރަނީ މެޑެއްޔެއް ހިފައިގެން އަންނާނެކަމަ. ކޮންގްރެޓްސް ބްރާދާ.