އެމްޑަބްލިޔުއެސްސީގެ ސާވިސް ސެންޓާ: އެ ކުންފުނިން ވަނީ އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި-- ފޮޓޯ: ޓްވިޓާ
06 އޯގަސްޓް 2019 - 11:22
އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ބޭނުންކޮށްގެން ފެން ބިލް ދައްކާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"އަޅައިގެން 5 ހާސް" ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަނުގައި އެޕް ބޭނުންކޮށްގެން ފެން ބިލް ދައްކާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 20 ފަރާތަކަށް 5،000ރ. ގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 30ގެ ނިޔަލަށް ބިލް ދައްކާ ފަރާތްތަކަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ފެނުގެ ހިދުމަތް ދޭ ހުރިހާ ރަށެއް ވެސް މި ޕްރޮމޯޝަނުގައި ހިމެނޭނެ ކަމަށެވެ. އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިނގިލި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނެ އެވެ. މީގެ އިތުރުން ރ. ދުވާފަރުގެ ޔުޓިލިޓީ ބިލްތައް ދައްކާ ފަރާތްތައް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެ އެވެ.
- ފެން ބޭނުންކުރެވޭ މިންވަރު ބެލުން.
- ފާއިތުވި މަސްތަކުގެ ބިލްތަކާއި ފައިސާގެ ތަފްސީލް ބެލުން.
- އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގެ ތަފްސީލް ބެލުން.
- ފޯނަށް ބިލް ސޭވް ކުރުން.
- ބިލާ ގުޅޭގޮތުން ނޮޓިފިކޭޝަންތައް ލިބުން.
- ލައިވް ޗެޓް ކުރުން.
އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. މިއީ ކިޔޫގައި ނުޖެހި ފަސޭހައިން ފެން ބިލް ދެއްކޭނެ ގޮތް ހެދުމަށް އެ ކުންފުނިން ހެދި އެޕްލިކޭޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާދަބުރި
06 August 2019
ތިއެޕް ބޭނުންކޮއްގެން މިދައްކަނީ ފެށުނީއްސުރެ އަދި އަޅައެއްނުގަނޭ
ލ.އަތޮޅޫ
07 August 2019
އަސްލު ޢެޕް އެންމެ ގިނައިން ބޭނުންކުރާ މީހުއްނަށް ހާއްސަކޮށްބަ...
ރާސްރާސް
06 August 2019
ވަރަށްފަސޭހަ އެޕް އިން ... މައްސަލަޔަކީ ކާޑުގެ މައުލޫމާތު ކޮންމެ މަހަކު ޖަހަންޖެހުން....
ނަގިއްޔާ
06 August 2019
އެއްބިލް ދައްކާފަ ގެޔަށް ނުވަދެވެނީސް އަނެއް ފެންބިލް އައިސްސަ އޮވޭ. މިބޭފުޅުން ގެ ކަލަންޑަރުގަ ކިތަށްމަސްތަ އޮންނަނީ. މަށަށް ވީވާއެއްޗެއްދޯ މަށަށް ބުނެވޭނީ.
MUHAMMAD
06 August 2019
ބްރޯ އެހެންވީމަ ބިލް ދައްކަން ނުގޮސް އެޕް އިން ދައްކާލާ. އޭރުން ތި ވާނުވާވެސް ރޭކާލާފާނެ. ކެކެކެ...