ކުޅިވަރު / ގައުމީ ވޮލީ ޓީމް

ލަންކާ މެޗުތަކުން ރާއްޖޭގެ ވޮލީ އަށް ރަނގަޅު ފުރުސަތެއް

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ރާވާފައިވާ މެޗުތަކަކީ ރާއްޖޭގެ ވޮލީބޯޅައިގެ ފޯރި އަލުން ގެނުވަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ބުނެފި އެވެ.

މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ލަންކާ ގައުމީ ޓީމު މި މަހު 11 ވަނަ ދުވަހު މާލެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، ތިން މެޗެއް ކުޅޭނެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ މެޗަކީ މި މަހު 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗެވެ.

ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން މިއަދު މިނިސްޓްރީގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ހާޒިރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ވޮލީގެ ފޯރި ގަދަކޮށްލަން ބޭނުންވާ ކަމަށާއި އެ ގޮތުން މި މެޗުތައް ކުޅެމުންދާއިރު ހާއްސަކޮށް 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗުގައި ޔޫތު ސެންޓަރު ފުރާލުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވޮލީ އަށް ސަޕޯޓު ކުރައްވާ މިހާރުގެ ބޭފުޅުންނާއި ކުރީގެ ބޭފުޅުން ވެސް އެބަތިބިކަން. ސްކޫލުގެ ތެރެއިން ވެސް ފެނޭ. މި ފޯރި އެކީ އެކައްޗަކަށް އަލުން ފެށުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ވޮލީ އަކީ ވެސް ރާއްޖެ އަށް ރީތި ނަން ހޯދައިދޭނެ ކުޅިވަރެއް ކަމަށާއި ސެންޓްރަލް ޒޯން މުބާރާތުގައި ރަން މެޑަލަކާ ހަމައަށް ދިއުމަށް ޓީމު އެދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް (ރަން މެޑަލް ހޯދަން) ދޭންޖެހޭ ސަޕޯޓް ދޭނަން. ކުރިއަށް އޮތް ސާފް ގޭމްސްގައި ވެސް އުއްމީދަކީ ރަނގަޅު ހިސާބަކަށް ދިއުން. އެއީ ކޮންމެ މުބާރާތެއްގައި ގޮސް މޮޅުވާކަށް ވެސް ނުޖެހޭ. އެއީ ކުޅިވަރުގައި މި އޮންނަނީ މޮޅާ ބައްޔާ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ އަށް އަދި އެންމެ ބޭނުންވާ ވަރަށް މަސައްކަތް ނުކޮށްދެވޭ ކަމަށާއި މި ވަގުތު ވޮލީ އާއިލާ އިން ޝުކުރު އަދާކުރި ނަމަވެސް ވަރަށް ދުރަށް ކަމެއް ގޮސްފައި ރޭވިގެން އޭގެ ނަތީޖާ ނުކުމެގެން ނޫނީ މި ސަރުކާރުން އަދި ވޮލީ އަށް ކަމެއް ނުކޮށްދެވޭ ކަމަށެވެ.

"މަދުވެގެން މި އުޅެނީ ފުރުސަތާއި ފެސިލިޓީސް އަދިވެސް ވަރަށް ތާށިކޮށް މި އުޅެނީ. މި ސަޕޯޓް އިތުރުކޮށްދޭނަން އަޅުގަނޑުމެން. އަންހެން ޓީމަށް ވެސް ލިބެންޖެހޭ ސަޕޯޓް ލިބޭނެ. އައިއޯއައިޖީގައި ވަރަށް ރަނގަޅު ފައިޓެއް އެ ޓީމުން ވެސް ދިން،" މަހުލޫފް ވިދާޅުވި އެވެ.

ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ވޮލީގެ ވަރުގަދަ ގައުމެއް ކަމަށްވާ ސާބިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނީ ވެސް ސްޕޯޓްސް މިނިސްޓަރު މަހުލޫފް އެވެ.

ކާއްޓޭ ބުނީ މިނިސްޓަރު މަހުލޫފް އިސްނަންގަވައިގެން ވޮލީގެ ފޯރި އިތުރަށް ގެންނެވުމަށްޓަކައި ހާއްސަކޮށް ސެންޓްރަލް ޒޯނަށް ތައްޔާރުވުމަށްޓަކައި ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފި ކަމަށެވެ.

"އަޅުގަނޑުމެން މެޑަލެއް ހޯދަން ކޮށްދެންޖެހޭ ކިތަންމެ ކުޑަކަމެއް އޮތް ނަމަވެސް. އެކަމެއް ދޫނުކުރައްވާ އަޅުގަނޑުމެންނަށް އެކަމެއް ވަރަށް ފުރިހަމަކަމާ އެކު އެކަން ކޮށްދެއްވާ. އަޅުގަނޑުމެން ކޮޅުގައި މި ވަގުތު ބޯޅަ އޮތީ. ކޮށްދޭންޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމަކޮށް މި ދަނީ. ކުޅުންތެރިންގެ ހިތްވަރެއް މީގެ އޮތީ. ނަތީޖާ ނެރެންވީ. އަޅުގަނޑުމެން ފަހަތުގައި އޮތް ޓީމު ވަރަށް ފުރިހަމަ އަށް މި ކަން ކޮށްދީފި،" ކާއްޓޭ ބުންޏެވެ.

އޭނާ ބުނީ މިހާރު އެއްވެސް މުބާރާތެއްގައި ވާދަކޮށް ދިވެހިން މެޑަލް ނޫން އެއްޗެއް ބޭނުމެއް ނުވާ ކަމަށާއި ވޮލީ ޓީމުން ވެސް ތައްޔާރުވަނީ އެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި ހުރިހާ ޕްލޭޔަރުން ވެސް މި ކަމެއް މި ކުރަނީ ރައްޔިތުންގެ ފައިސާގައި. އެހެންވީމަ ރައްޔިތުން ބޭނުންވަނީ ކޮންމެވެސް މެޑަލެއް ހޯދައިގެން އަންނަން. ކޮންމެ މުބާރާތެއްގައި ވެސް އަޅުގަނޑުމެން ބޭނުމީ މެޑަލް. ހޯދަން. އެކަމަކު ނަތީޖާ އަކީ ކުޅެނިމުނީމަ ނުކުންނަ އެއްޗެއް،" ކާއްޓެ ބުންޏެވެ.

"ރާއްޖޭގައި މި ވަގުތު އޮތް އެކެޑަމީތަކާއި ވެޓެރަންސް ކްލަބްތަކާ ރިސޯޓްތަކާ މި ހުރިހާ ވޮލީގެ ފެމިލީ އަށް ގޮވާލަން މި ލިބުނު ރަނުގެ ފުރުސަތުގައި ހުރިހާ ބޭފުޅުން ބައިވެރިވާން. މިއީ ވޮލީ އަލުން ދިރުވުމަށް ލިބުނު ފުރުސަތެއް. ސެންޓްރަލް ޒޯނަށް ތައްޔާރުވާން ލިބުނު ރަނުގެ ފުރުސަތެއް،"

ރާއްޖެ އެންމެ ފަހުން ކުޅުނު ސެންޓްރަލް ޒޯން މުބާރާތްތަކުގައި އެކަަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މި މަހު ފަށާ މުބާރާތުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު ބޮޑެވެ. އެންމެ ފަހުން 2017 ވަނަ އަަހަރު މާލޭގައި ބޭއްވި މުބާރާތުގައި ފޯރި ދަށްކޮށް ދިޔަ ނަމަވެސް މި ފަހަރު އެކަން ބަދަލުކުރަން ދިވެހި ސަޕޯޓަރުންނަށް މި އޮތީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ.

ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އެދެނީ ވީހާ ވެސް ގިނަ ބަޔަކު މި މެޗުތައް ބެލުމަށް އައުމަށެވެ.

"ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދަން މިނިސްޓަރު ކޮށްދެއްވާ މަސައްކަތަށް ވޮލީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އާއިލާގެ ފަރާތުންގެ ނަމުގައި ޝުކުރު އަދާކުރަން. އަޅުގަނޑުމެން ބޭނުންވަނީ އެންމެ ފަހުން ދިޔަ ދެ މުބާރާތުގެ ނަތީޖާ ދަށްވެފައި އޮތީމަ އެ ބަދަލުކުރަން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ވީހާ ވެސް ގިނަ ބަޔަކު އައިސް ރާއްޖޭގެ މި ގައުމީ ޓީމަށް ސަޕޯޓްކޮށްދިނުމަކީ." ހުޒަންޓެ ބުންޏެވެ.

ސެންޓްރަލް ޒޯނުގެ ޓީމުތަކަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތްތަކުގައި އާންމުކޮށް ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ކިރްގިސްތާނާއި ތުރުކުމެނިސްތާން އަދި އަފްގާނިސްތާން އެވެ. ސްރީލަންކާ އަކީ ސެންޓްރަލް ޒޯން ނަމަވެސް ފަހަކަށް އައިސް މި މުބާރާތުގައި އެ ޓީމު ނުކުޅެ އެވެ.

ގައުމީ ވޮލީ ބޯޅަ ޓީމުގައި މި ވަގުތު އެންމެ ގިނައީ ވ އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެހެންކަމުން ސްޕޯޓްސް މިނިސްޓްރީން ވަނީ ވ އަތޮޅުން މި މެޗަށް އަންނަން ބޭނުންވާ ފަރާތްތަކަށް ދަތުރުގެ ކަންތައްތައް ހަމަޖައްސައިދޭން ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ވ އަތޮޅަށް އެ ފުރުސަތު ދެނީ މާލެއާ ކައިރި ސަރަހައްދެއް ކަމަށްވުމުން އެކަން މި ވަގުތު ކުރަން ފަސޭހަވުމުން ކަމަށެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަޓިފައްޓޭ

08 August 2019

މނިސްޓަރީ އޮފް ވޮލީތަޯ؟

The name is already taken The name is available. Register?

ކާޓޭ

07 August 2019

ތިޓީމުގެ ކޗު ބަދަލުކޮށްލާ ތަށިލިބިދާނެ

The name is already taken The name is available. Register?

އަތީ

07 August 2019

މިދެން ހަމައެކަނި ކުޅިވަރާބެހޭ މިނިސްޓްރީއެއްތަ؟ ހަމައެކަނި ކުޅިވަރު އިނގެންޏާ ވާނީ މިހެން.

The name is already taken The name is available. Register?

ދރ14

07 August 2019

އަބަދުވެސް ކުޅިވަރު..ފުޓްސަލް މުބާރާތް..ފުޓްސަލް ދަނޑު..ދިވެހި ޒުވާން ޖީލަށް އޮތީ މިގޮތްތޯ؟؟ ޕަބްޖީ ކުޅެފަ ރެޑްބުލް ބޮއިގެން ކުޅިވަރު ކުޅުން.. ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި އޮފީސްތަކަށް ކުޅިވަރުކުޅެން ލާފަ ތިބުން..މިނިސްޓަރ ތީތި ގޯސް އިނގޭތޯ!!ތިޔަ ބޭފުޅުން ޔުތު އެމްޕަވަރމެންޓްއަށް ކުރެއްވީ ކޮން ކަމެއްތޯ؟؟ޒުވާނުން ކިޔަވައިގެން ތަފާތު ފަންނީ ރޮނގުރޮގުން ކުރިއަށްދާންވީ.. ކުޅިވަރުވެސް ކުޅެންވީ.އެކަމަކު އަބަދު ކުޅިވަރެއް ނޫން..މިކަމާ ހިތާމަކުރަން.

The name is already taken The name is available. Register?

ރަވީނާ

07 August 2019

ނާހަމަ ތެދެއް. ކުޅިވަރު ނުކުޅޭ ޒުވާނުންމީ ތިބިބައެއް ނޫން. އެމީހުނަށް ކޮށްދޭންޖެހޭކަމެއްވެސް ނެތް. ބޮލަށް ނުވެސްވަންނަނީ. އެހެންތާވާނީ. ކަމުގެ އިލްމުލިބިފަހުރި މީހުންތިބިތަނެއްނޫން ތީކީ.

The name is already taken The name is available. Register?

ރަވީނާ

07 August 2019

ނާހަމަ ތެދެއް. ކުޅިވަރު ނުކުޅޭ ޒުވާނުންމީ ތިބިބައެއް ނޫން. އެމީހުނަށް ކޮށްދޭންޖެހޭކަމެއްވެސް ނެތް. ބޮލަށް ނުވެސްވަންނަނީ. އެހެންތާވާނީ. ކަމުގެ އިލްމުލިބިފަހުރި މީހުންތިބިތަނެއްނޫން ތީކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454