ޝަންގްރިއްލާ ރިސޯޯޓު ކައިރި އަށް ވެއްޓުނު ބޯޓު ކަނޑު އަޑީގައި.
12 އޯގަސްޓް 2019 - 14:26
އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް އަދިވެސް ނުނަގާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ހިންގެވުމާ ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ ވިދާޅުވީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާ ކައިރި ހިއްސާބެއްގެ ކަނޑު އަޑީގައި އޮތް ބޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ މޫސުން ގޯސްވެގެން ކަމަށެވެ.
އެކަމަކު ލިޔޯ ކިޔާ ކުންފުންޏެއްގެ އުޅަނދެއްގައި ކްރޭނެއްގެ އެހީގައި ބޯޓް ނެގުމުގެ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓް އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.
"މޫސުން ގޯސްވެގެން ބޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ. ބޯޓް ވީހާ ވެސް އަވަހަކަށް ނެގޭތޯ މި މަސައްކަތް ކުރަނީ. މިއަދު އަދި އެހާ މޫސުން ގޯހެއް ނޫން. އެހެންވީމާ މިއަދު ވެސް މަސައްކަތް ފެށިދާނެ ކަމަށް މި ބަލަނީ." ސުރަންޖަން ވިދާޅުވި އެވެ.
ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އަންހެން ކުއްޖާ ޝަންގްރިއްލާގައި. --ފޮޓޯ:އެމްއެންޑީއެފް
ހުކުރު ދުވަހު ހަވީރު ޓްރޭނިންއެއްގެ ތެރޭގައި ދިވެހި އަންހެން ދަރިވަރަކާއި އިންޑިއާގެ އިންސްޓްރަކްޓަރަކާ އެކު އިންޖީނު ފެއިލްވުމުން ކަނޑަށް ކޮންޓްރޯލްޑް ލޭންޑިންއެއް ހެދި ހާދިސާގައި އެ ދެ މީީހުންނަށާއި ބޯޓަކަށް ވެސް ބޮޑު ގެއްލުމެއް ނުވެ އެވެ. ބޯޓް ކަނޑަށް ލޭންޑް ކުރުމާ އެކު ދެ މީހުން ވަނީ އެއިން ނުކުމެފަ އެވެ. އަދި އެ މީހުން ކަނޑުން ނެގީ، ބޯޓް ލޭންޑް ކުރި ސަރަހައްދުގައި އޮތް ޝަންގްރިއްލާގެ ރިސޯޓެއްގެ ޑައިވިން ދޯންޏަކުންނެވެ.
ބޯޓް ކަނޑުން ނެގުމަށް ފަހު، އިންޖީނު ފެއިލްވާން ދިމާވި މައްސަލަ ދެނެގަންނާނެ ކަމަށް އޭއޭއޭ އިން ބުންޏެވެ.
"އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމަކުން އެ މަސައްކަތް ކުރާނެ. ބޯޓަށް ދިމާވި މައްސަލަ ސާފުވީމަ އެނގޭނީ ސީދާ ކިހިނެއް ވެގެންތޯ ބޯޓްގެ އިންޖީނު ވެސް ފެއިލްވީ." ސުރަންޖަން ވިދާޅުވި އެވެ.
މި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބޭ
13 August 2019
ޑައިވް ސްޕޮޓަކަށް ހަދާ ޑައިވް ކުރަން ރަނގަޅުވާނެ. ފަރަށް ގެއްލުން ނުވަންޏާ ބާއްވާ އަހަރެމެން ޑައިވްކޮށް ބަލާލަން
ޓުތި
13 August 2019
ހިމާޔަތް ކޮށްފަ އޮތް ފަރަކަށް މަތިންދާ ބޯޓު ވެއްޓުނީމަ އީ.ޕީ.އޭ އިން ޖޫރިމަނާ ނުކުރޭތަ؟
ބަލާމީހާ
13 August 2019
ވެއްޓުނު ބޯޓު ނުކިޔާ. ވައްޓާލި ބޯޓު ކިޔާ. ކަމުވޮށިގެންވާ މީހުން ބުނާގޮތުގައި ބޯޓު ވެއްޓުނީއެއްނޫން.
ބުޖަޑާ
12 August 2019
28 ފޫޓް އެއީ ވަރަށް ތިލަ. އެހެންވީމާ ބޯޓުގަ ދެތިން ފުލޯޓާރ (ބޮޑު ބެލޫންތައް) ހަރުކޮށްލިޔަސް ވަގުތުން މައްޗަަށް އަރާނެ. ކްރޭން ބޭނުންކޮށްގެން ތީ ތެޅިފޮޅެންވީ ވަރުކަމެއް ނޫން. ތީ ކުޑަކުޑަ ބޯޓުގަޑެއް
އައްލޫބެއްޔާ
12 August 2019
އޭތި ނެގޭނެބާ؟ ވަށައި މޫދުއޮތަކަސް އަހަރުމެންނަކީ މޫދަށް އެހާ އަހުލުވެރި ބައެއްނުން. މިހާރުވެސް ފީނަންޏާ އަހަރުމެގެ ތެރޭން 90 ޕަސަންޓްމީހުން އަޑިއަަށް ދަނީ ނޭފަތް ފިއްތައިގެން. ކަނޑުގެ އަޑިން ނުބައިވަސް ދުވާނީތޯއްޗެއް.
ބަބުރުކަލޯ
12 August 2019
ކީއްކުރާކަށް ނަގަނީ. ދެން އެތާ ބާއްވާ މަސްތައް ހިތްއުފާކޮށްލާން.