ބާ ކައުންސިލްގެ ރައީސް މައުމޫނާއި އެ ކައުންސިލްގެ ބައެއް މެމްބަރުން: އެ ކައުންސިލްގެ ބަޖެޓަށް ވަކީލުންގެ ޚިޔާލު ހުށަހަޅަން ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
16 އޯގަސްޓް 2019 - 10:49
ބާ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވައިލުމަށް ވަކީލުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ އެ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް އެގްޒެކެޓިވް ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އަންނަ އަހަރު ހިންގުން މުހިންމު ޕްރޮގްރާމެއް ނުވަތަ ހަރަކާތެއް އޮތް ކަމަށް ދެކޭ ނަމަ އެކަން އެ ކައުންސިލާ ހިއްސާ ކުރަން އެދޭ ކަމަށް އިއުލާނުގައި ވެ އެވެ.
އެކަމަށް ހުށަހަޅާ ޚިޔާލުތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބަޖެޓް ތައްޔާރު ކުރުމުގައި ވަކީލުންގެ ޚިޔާލު ހުށަހަޅަން ބާ ކައުންސިލުން ހުޅުވާލިއިރު، ދާދި ފަހުން ވަނީ އެ ކައުންސިލްގެ ދާއިމީ ސަބް ކޮމެޓީތައް އެކުލަވާލުމުގައި ވަކީލުންގެ އެހީ ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ ކޮމިޓީތައް އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަކީލުންގެ މައްޗަށް އެކުލެވޭ ވާކިން ގްރޫޕްތަކެއް އެކުލަވާލަން އެ ކައުންސިލުން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
17 August 2019
އަނެއްކާ އަނެއް ކައުންސިލް ހަދައި ޓެކުސްގެ ފައިސާ ހަރަދު ކުރާނެ ގޮތެއް ހޯދީ
ގޮހޮޑާ
16 August 2019
އަމިލަޔައް އެއްކަމެއް ވެސް ނިއްމާ ކުރަން އިނގޭބާ...ވކީލުން?!
disgusting
16 August 2019
އަދިވެސް ހާލާހަމީދު ބޭރުކުރާކަށް ނުވޭތަ؟
ލޮކީ
16 August 2019
ބާރ ކައުންސިލް އޮފީހުގައި ބަހައްޓަންޖެހޭ ފާހާނާ ތަކުގެ އަދަދާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްލައްވައްޗޭ!!
މެސީ
16 August 2019
މިވެސް ދައުލަތުން ބަޖެޓު ހަމަޖައްސަންޖެހޭ ބައެއްބާ؟