ހައްޖުވެރިން އައުމާ ދިމާކޮށް ފެތުރިދާނެ ބަލިތަކަށް ސަމާލުވާން އެޗްޕީއޭ އިން ވަނީ އެދިފައި. -- ފައިލް ފޮޓޯ
18 އޯގަސްޓް 2019 - 16:13
ހައްޖު މޫސުމުގައި ކޮންމެ އަހަރަކު ވެސް ބަލިތައް ފެތުރޭތީ، އެކަމަށް ސަމާލުވެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ހައްޖުން އައުމަށް ފަހު ހުން އައިސް، ރޯގާ ޖެހި، ކެއްސައި އަދި ނޭވާލާން އުނދަގޫކަން ފާހަގަކުރެވިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ. ހައްޖަށް ގޮސް އަންނަތާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެ އަލާމާތްތަކަށް ސަމާލުވުން މުހިންމުކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ. އަދި ޑޮކްޓަރަށް ދައްކާ އިރު، އެ މީހަކީ ހައްޖު ނުވަތަ އުމްރާ އިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުން މުހިއްމު ކަމަށް ވެސް ބުންޏެވެ.
ބަލިން ރައްކާތެރި ވުމަށާއި ބަލިން އަރައިގަތުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް
— HPA Maldives (@HPA_MV) August 18, 2019
@MoH_mv @MVIaffairs@psmnewsmv @Mihaarunews @Raajje_tv @VTVvmedia @raajjemv @Ch13official @Sangu_tv @sunbrk @avasmv @VaguthuOnline @Miadhu_News @vaavu @vtvmaldives @avasmv pic.twitter.com/5rUEstoQrJ
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް
ހުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ހޯދޭނެ ފަރުވާތަކުގެ ތެރޭގައި ދިޔާތަކެތި ގިނައިން ބުއިން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ އިތުރުން ކަޅުސަޔާއި ލުނބޯ އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް ޑޮކްޓަރުގެ ލަފާއަކާ ނުލައި ޕެރަސެޓަމޮލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރަން ވަނީ ލަފާ ދީފަ އެވެ.
ބަލި ފެތުރުން މަދުކުރަން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ކެއްސައި ކިނބިހި އަޅާ އިރު، އަނގަ އާއި ނޭފަތް ނިވާކުރުމާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ހާމަ ތަންތަނުގައި ނުބަހައްޓާ، ރައްކާތެރިކަމާ އެކު ނައްތާލަން ވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
19 August 2019
ސަލާމަތް ނުވާ ވަރަށް އެތެރެކޮށްފައި އެތިބީ. ވަގު މެޑިކަލް. ވަގު ވޯކް ވިސާ. ވަގު ކޯޓާ. ކަޓް މިލިއަނުން. ކޮން ކަމެއް. ދެން ބައްޔެއްގެ ވާހަކަ ތިދައްކަނީ. ނަމެއްގައި އޮންނަ ތަނެއް. ހަރާން ކުރެވޭ ކަމެއް. އެކަމަކު ވަރަށް އަނގަ ފުޅާ ކުރާނެ.
ޙަރަކާތެއް ނެތް އެޗްޕީ
19 August 2019
އެޗްޕީއޭގެ ދައުރަކީ ޢާއްމު އިޢުލާނު ކުރުން އެކަނިތޯ؟ ބަލަ ތި ކަމަށް އެކަނި އެތައް މުވައްޒަފުންނެއް ލައިގެން ބޭކަރުތަކނެއް ހަދައިގެން ވެދެ ތިބުން ނުފުދޭ މާރުކޭޓުގައި މީދާ ފިހާރަތަކުގަ މީދަލާ ބުޅަ އެބަ ގެންގުޅެވޭ ހައްޕު ނުކިޔައޭ ތި ތިބެނީ ފިހާރަތަކުގަ ކާބޯތަކެތި މުއްދަތު ހަމަވިޔަސް ވިއްކަނީ ވަދެނުލާ ހޮޓާ ތަކުގެ ސާފުތާހިރުކަމެއް ނުބެލޭ ކާނުތަކުގަ މަދިރި އިންތިހާއޭ ނުވާވަރުވީމަ ބޮޑު ބުންބާއިން ބޭސް ޖަހަން ނިކުންނަނީ މިއީތޯ ޢާއްްމުޞިއްހަތު ރައްކައު؟
ކުނި
19 August 2019
މުޅިމާލޭގަ ކުނި، މީހުން އުޅޭލެއް އެހާކުނި، ތޮއްޖެހި ފިތިފަ އޮންނަ މީހުން ދިރިއުޅެން އެއްމެ އެކަށީގެން ނުވާ ތަން މިތަނަކީ. މިތަނުން ހުރިހާ ބަލިތަކެއް ހިފައިގެން އީދުބަންދުގަ ރަށްރަށަށް ގޮސް ފަތުރާލައިފި، އަދިވެސް އުޅޭތިމާލެ ވަރުގެ ތަނެއް ނެތިގެން. ކުނި ސިޓީ މާލެ. މިތަނެކޭ ބޮމްބޭގެ ސްލަމް ތަކެކޭ ތަފާތެއް ނެތް.
1111
19 August 2019
ތިޖަހާ ވެކްސިނަކުން ވާކަމެއް އެބަހުރިތޯ! އަމިއްލ ގައިގަހުންނަ ދިފާއީ ބާރުކޮޅުވެސް ގަޑުބަޑުކޮށް އޮޅުންބޮޅުން ކުރުވީމާ އޭގެ އަސަރުވެސް ކޮންމެވެސް ހިސާބކުން ފެންނާނެ
މަހިނބަދޫ
18 August 2019
މަހިބަދޫ ހުން އަތޮޅި ހޮސްޕިޓަލް 24 ގަޑިއިރުހުޅުވާފަ އައްމުބަލިތަކުގެ އެއްމެ ޑޮކްޓަރެއް...ކޮބާފަހެ އަމީނު...މީތަ ތިބުނާ ފެންވަރަކީ...އަދިވެސް ހޮސްޕިޓަލަށް ސިޔާސީމީހުން އިތުރުކޮށްލާ
މަރޭމިރުތާ
18 August 2019
މުޅި ރާއްޖޭގައި ރޯގާ، ޑެނގީ، ޗިކަންގުންޏާ، ބޭރަށް ހިންގުން، ދެން ކިޔާނެ ކަމެއްނެތް. އެއްވެސް އެއްޗެއް ބުނާ ވުޒާރާއެއް ނެތް. އިއުލާނެއް އިރުޝާދެއް ދޭނެ އިސްތިހާރެއް ވެސް ނެތް! މިހާ ދޯހަޅި ބަޔަކު އަދި ނުދެކެން. ދެން ބުނާނެ އެޖެންޑާ 19 ވީމަ ތަފާތިއްޔޭ!
ޓްވިޓާ ސަރުކާރު
18 August 2019
މީ ސައިލެންޓް ސަރުކާރެއް. ބަސްމަދު. ސަގަރު ލުތުފީ އެންބަސީގަ ގެންގުނު އިރުވެސް ނުބުނެއެއްނުން ފިލައިގެން އުޅުނު ކުއްވެރިއެއް ބެލުމުގަ ދަށުހުރިވާހަކަ. އަދީބު ޓަގުބޯޓަކުން އިންޑިއާކަނޑު ފަތަހަ ކުރިއިރުވެސް ތިބީނުން އެއްޗެކޭ ނުބުނެ. ބުނާނެ އެއްޗެއް ނެތީ ކަންނޭގޭ
ާއުނިމާ
18 August 2019
ހުރިހާކަމެއްގަވެސް ސުލޯކޮށް އުޅޭ ސަރުކާރެއްވީމަ، ތިފަދަކަންކަން ސާފުވެގެން އަންނަންވެސް ވަގުތު ނަގާނެތާ! ގައިމު ރޯގަޔާ ހުމާ ބޭރަށްހިންގުން ބާރު ސްޕީޑުގައި ފެތުރެމުންދާތާ އެތައްހަފްތާއެއް ވެދާނެ، ނަމަވެސް ސަރުކާރުން އެކަންކަމާ ކަންބޮޑުވެގެން އުޅޭތަނެއް ނުފެނޭތާ
ފިސާރިކަނބަލެއް
18 August 2019
އައިޖީއެމްއެޗްގަވެސް އެބަޖެހޭ ގައިންގަޔައް އަރާބައްޔާއި، ގައިންގަޔައްނާރާބައްޔައް އަވަސް ފަރުވާދޭ ތަން ވަކިކުރެވޭނެ ގޮތަކައް ބައްޓަން ކުރަން،
ތޭރަ
18 August 2019
ތިބޭފުޅުންނާ ހެލްތު މިނިސްޓްރީ ތައްޔާރުތޯ؟ މިބުނީ ކޮންމެފަހަރަކު ބަލި ގިނަވެ އަތްނުފޯރާފަށަށް ދިޔައިމަ އެކަމާގުޅޭ ޚާއްސަކުލިނިކުތަށް ހުޅުވާ ލެވޭވަރުވަނީ. އޭރު އޮންނަނީ ހޮސްޕިޓާތަށް ފުރިބާރުވެ ކިއުތަށް ދިގުވެފަ، މިހާރުއްސުރެ އެބަލިތަކަށް ޚާއްސަ ކުލިނިކުތަށް ހުޅުވަން ފަށަންވީނުން.
އަޝްރަފު
18 August 2019
އަދި އަވަހެއްނު ތިޔަކަހަލަ ބަޔާނެއް ނެރެލަން!