ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން ތަފާތު ބްރޭންޑުތަކުގެ އައިޓަމްތައް ލިބެން ހުރޭ-- ފޮޓޯ: ނިއު އެޑިޝަން
19 އޯގަސްޓް 2019 - 10:25
ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން، މެޖިކް ބޮޑީ ސްޕްރޭ ހޯލްސޭލްކޮށް ވިއްކަން ފަށައިފި އެވެ.
މެޖިކް ބޮޑީ ސްޕްރޭ އަކީ މަގުބޫލުކަން ހޯދަމުން އަންނަ، ފްރާންސްގެ ކޮލިޓީ އުފެއްދުމެކެވެ. މިއީ އެހެން ބޮޑީ ސްޕްރޭ ފުޅިތަކަށްވުރެ ބޮޑު، ހައި ކޮންސެންޓްރޭޓެޑް ޕާފިއުމް އޮއިލުން ހަދާފައިވާ އެއްޗެކެވެ. އެގޮތުން ގިނަ ބަޔަކަށް އެންމެ ކަމުދާ 20 ވަހެއް މި ބޮޑީ ސްޕްރޭގައި ހިމެނެ އެވެ.
ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސާ އިސްމާއިލް އަޒްމީ އަދުނާން ބުނީ ކުރިން ވެސް މި ބޮޑީ ސްޕްރޭ އެ ފިހާރަ އިން ވިއްކި ކަމަށެވެ. ނަމަވެސް ހޯލްސޭލް މާކެޓަށް މި ބްރޭންޑް ނެރުނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.
"ކުރިންވެސް ނިއު އެޑިޝަނުން މި ބްރޭންޑްގެ ބޮޑީ ސްޕްރޭ ރާއްޖެ އަށް ގެނެސްގެން ވިއްކަމުންދިޔަ. އޭރު ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެހެންކަމުން އަޅުގަނޑުމެން މިހާރު މިވަނީ މި ބޮޑީ ސްޕްރޭގެ ޑިސްޓްރިބިއުޓާޝިޕް ހޯދައި ހޯލްސޭލްކޮށް ވިއްކަން ފަށާފައި،" އަޒްމީ ބުންޏެވެ.
ނިއު އެޑިޝަންގެ ހޯލްސޭލް ސެންޓަރުން ވިއްކަނީ މި ބޮޑީ ސްޕްރޭގެ 250 އެމްއެލްގެ ފުޅި އެވެ. މީގެ ފުޅިއެއް އެތަނުން ރީޓެއިލްކޮށް 50ރ. އަށް ލިބޭނެ އެވެ. ކުރިން މި ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓުގައި ހުރީ 80ރ. އަށެވެ.
ނިއުއެޑިޝަނުން ލިބޭ އެހެން ބްރޭންޑްތަކުގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް އާއި ލޭޔާ ޝޮޓް އާއި ކަންޓޫ އާއި ބާތު އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައި
20 August 2019
ނިއުއެޑިޝަން އައި ލަވް ޔޫ!! މެޖިކް ވަރަށް ސަޅި މަމިޔަދު ގަނެފިން