ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީއާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވަނީ: މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރަން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުނޭ -- ފޮޓޯ/ރައީސް އޮފީސް
19 އޯގަސްޓް 2019 - 22:56
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަން އެ ބައްދަލުވުމުގައި ނައިބު ފާހަގަކުރެއްވި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް އޭގެ ތެރޭގައި ހިމެނި މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު ލިބުމުގެ މުހިއްމު ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް ތެރަޕީގެ ޚިދުމަތް ދިނުމާއި މާބަނޑުވުމަށް ފަހު ކުއްޖާއަށް ފަސް އަހަރު ފުރެންދެން ކުއްޖާގެ ހެދިބޮޑުވުމުގެ ކަންކަން މޮނީޓާ ކުރުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންސްޕާ އާއި އާސަންދަ ކުންފުނީގެ އޮފިޝަލު ވެސް ބައިވެރިވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޫކީ
20 August 2019
މިނޫން ކަމެއް ނެތްތަ؟ ރައީސް މީހާ ކުޅިވަރުގަ. ނައިބު ރައީސް ކައުންސިލިންގގަ. ޔާމީނުވީ ގޭގަ. އަދީބުއާ ޑީލް ހަދާފަ. މޮޔަމީހާ އާ ޔާމީންއަށް އިންސާފެއް ނުލިބޭ.
ތެރަޕީ
20 August 2019
ރާއްޖޭގައި އެކިބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ގިނަ ޢަދަދެއްގެ އިންސާނުން ދިރިއުޅެމުންދާތީ މިކަން ފުޅާކޮށް މިކަމުގައި ރާއްޖެކުރި ހޯދުމަކީ އިޤްތިޞާދީގޮތުން ވަރުގަދަ ކަމަކަށް ވާނެހެން ހީވަނީ. އަދި މިކަން ފުޅާކުރެވޭނީ ނިކަމެތި ބައެއްގެ ނިކަމެތިކަމުގެ މާޔޫސްކަން ބޭނުންކޮށްގެން އެފަދަ ނަންތައް ބޭނުންކޮށްގެން ކަމަށް ލަފާކުރެވޭ..
ދިވެހި އަންހެނާ
20 August 2019
ނުކުޅެދުންތެރިކަން ހުރި މީހުންނަށް ދެވޭ ތެރަޕީ އަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއްް ނޫން. އެއީ ފަންނީ ކަމެއް. އެކަމަށް ޚާއްޞަކޮށް ތަމްރީނުވެގެން ތިބި، ތަޖުރިބާ ހުރި މީހުން ލައްވާ އެކަން ކުރުވަން ޖެހޭނީ. މި ފަންނުގެ މީހުން ރާއްޖޭގައި ތިބި އަދަދަކީ ކޮބައިތޯ؟؟؟؟؟؟
އަހުމަދު ޒާހިރު
20 August 2019
މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....މަޝްވަރާ.. މަޝްވަރާ....
1952
20 August 2019
އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ.
މަންމަ
20 August 2019
ކިހާ މަޝްވަރާ އެއް، ކިތައް ޕްރޮޖެކްޓް ތަކެއް ރޭވިއްޖެ މި ސަރުކާރު އައިފަހުން.. ވީކަމެއް ހަރާން ..
އަލީބެ
20 August 2019
ހަމަ ހުސް ވާހަކަ. ހއ އުލިގަމު މަރުކަޒު އެމްބިއުލާންސްގެ އެއް ފުރޮޅު ފެޅިގެން ބޭނުން ނުކުރެވި އެއޮންނަނީ 2018 ނޮވެމްބަރުން ފެށިގެން. ހަދަންވެގެން ބުނީމަ ބުންޏޯ 2019ގެ ބަޖެޓަކު ތިހަދާކަށް ފައިސާއެއްނެތޭ. އަންނަ އަހަރަށް މަޑުކުރާށޭ. މިވަރުގެ ބަޔަކު މިކަހަލަ ވާހަކަ ދެއްކީމަ ހިނިއަންނަނީ. މިމީހުން އެއްގައުމުން އަނެއްގަައުމުން ހަމަ އުދުހެނީ. ރައްޔިތުމީހާ ރައްޔިތުމީހާ ގަނަތެޅެނީ. މި ވާހަކަ އެބުނާ ޓުވިޓަރަކުންނަމަވެސް ދަންވާދީބެ މީހަކު.
ާއުނިމާ
20 August 2019
ސްކޫލު ނިޒާމުގެ ތެރެއިން ސްޕެޝަލް އެޑިޔުކޭޝަން ޓިޗަރުން މެދުވެރުކޮން ކޮށްގެން ނޫނީ ތިކަން ކާމިޔާބު ނުވާނެ! ވީމާ، ތަމްރީނުތައް ދޭންވީ! މިދައުރު ނިމުމުގެ ކުރިން ތިޔަ ތަމްރީނުތައް ދެވޭތޯ ބަލާތި
ބިތުފަންޖި
19 August 2019
ނުކުޅެދުންތެރިކަން ހުރި ކުއްޖަކަށް އެހީއެއް ހޯދުމަށް ތިޔަ ފައިސަލަށް 3 ފަހަރު ގުޅިން.. އެންމެފަހުން ދިން ޖަވާބަކީ ތިމަންނަވެސް ވަރަށް ދަތިކޮށޭ މިއުޅެނީ...
އިނަޝް
19 August 2019
އޯޓިޒަމް ކުދިންނަށް ރަނގަޅަށް ތެރަޕީ ނުދެވިގެން އުޅޭއިރު މުޅި ރާއްޖެއަށް ކިހިނެއްބާ ދެނީ..ހުސްވާހަކަ ދައްކާފަ ފޮތުގައި ލިޔެލާ އެކަން ކުރެވޭގޮތް ހަމަޖައްސައިފީމޭ..އޭރުން ފޮތުން ފެންނަން އޮންނާނެ އެކަން ކުރެވޭނެކަން..
ރުކްނީ
19 August 2019
އިތުރުކަންކަން ފަރަށްދާ އުސޫލުން ކުރަން ނޫޅެ މިހާރު ހުރި މައްސަލަތައް ހައްލުކޮށް ދެއްވާ..ހަކުރުބަލި ސްޓްރިޕްސް އެހާ އަގުބޮޑުއިރު އާސަންދައިން ނުލިބޭ..އޯޓިޒަމް ފަރުވާ ހޯދަން އެކަށީގެންވާ ވަސީލަތްތައް ނެތް..ތެރަޕީ ހިލޭ ހަދާނަމަ އެތައް ދުވަހެއް އެޕޮއިންޓް މެންޓް ނުލިބި މަޑުކުރަންޖެހޭ..އަމިއްލަ ތަނަކަށް ދާނަމަ ކޮށްމެ ފަހަރަކު 2000ރފ ދައްކަންޖެހޭ..މިހެން އެތައް ކަމެއް އެބަހުރި..