25 އޯގަސްޓް 2019 - 09:03
އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތަށްޓަށް އަމާޒުކުރި ނަމަވެސް ހުސްއަތާ އެނބުރި އަންނަން ޖެހުމުން އެނގެނީ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ކަމަށާއި އެކަން ކޮށްގެން ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.
ހަތް ގައުމު ވާދަކުރި މުބާރާތުގައި ރާއްޖެ ނިންމާލީ ހަތަރު ވަނައިގައި އޮވެ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މުބާރާތުގެ ތަށި އުފުލާލީ ކިރްގިސްތާން އެވެ. ފައިނަލުގައި އެ ޓީމުން އިއްޔެ ވަނީ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
މި ފަހަރުގެ މުބާރާތަކީ ގައުމީ ޓީމުގެ ކެޕްޓަން ހުޒަންޓެ އެ މަގާމަށް އައި ފަހުން ރާއްޖޭން ކުޅުނު ފުރަތަމަ މުބާރާތެވެ. ރާއްޖޭން މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ވެސް ޖުމްލަކޮށް ބަލާއިރު ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ހުޒަންޓެ ހިމެނެ އެވެ. އޭނާ ބުނީ މުބާރާތަށް އައި ޓާގެޓް ކަމަށްވާ ރަން މެޑަލް ނުލިބުމުން ސަޕޯޓަރުން ކިބައިން މައާފަށް އެދޭ ކަމަށެވެ.
"އަސްލު ވަަރަށް ދެރަވޭ އައި ޓާގެޓް ހާސިލްނުކުރެވުނީމަ. ވަރަށް ބޮޑަށް ދިވެހިރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން މައާފަށް ވެސް އެެދެން އަޅުގަނޑުމެން ޓީމުގެ ފަރާތުން. ކުރިއަށް އޮތްތާ އަޅުގަނޑުމެން މެޑެއްޔަކާ ހަަމައަށް ދާން ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހޭކަން މި މުބާރާތުން ފާހަގަވެގެންދިޔަ. ވަރަށް ބައިވަރު ކުދިކުދި މިސްޓޭކްތަކެއް ހެދިގެން ވަރުގަދަ ޓީމުތަކާ ދެކޮޅަށް މި މުބާރާތުގައި ނަތީޖާ ނެރެން ލިބި ނުނެރެވިމިދިޔައީ،" ހުޒަންޓެ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ ޓީމުތަކުން ވެސް މީގެ ކުރިން ފާހަގަކުރާ އެއް ކަމަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާ އެއްވަރަށް މެޗު ތެރޭގެ ރޭވުންތެރިކަމާ އެހެން ހުރިހާ ކަމެއްގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ޓީމަށް ނަތީޖާ ނެރުމުގައި މައްސަލަ ދިމާވާކަމެވެ.
ހުޒަންޓެ ބުނީ ޓީމުގެ ކުޅުންތެރިންނަށް ހެދޭ ކުދިކުދި ގޯސްތައް ރަނގަޅުކުރުމަކީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެން ރަނގަޅުކުރެވޭނެ ކަންތައްތައް ކަމަށެވެ.
"ހަގީގަތުގައި މިތާކު ނެތް ރާއްޖެ ޓީމަށް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނެތް. ވަަރަށް ކުދިކުދި މިސްޓޭކް ހެދެނީ. އެ ކަންތައް ގިނަ ދުވަހު ޕްރެކްޓިސް ކޮށްގެން ރަނގަޅުކޮށްގެން. ދެން އޮންނަ މުބާރާތަކަށް ތައްޔާރުވެގެން މެޑެއްޔަކާ ހަމައަށް ދެވެން ވެސް އިނީ. އަޅުގަނޑު ދެކޭ ގޮތުގައި މި ޓީމަށް ބަދަލުތަކެއް އައިސްގެން ގޯލްޑް މެޑަލަކާ ހަމައަށް ދެވޭނެ،" އިތުބާރާ އެކު ހުޒަންޓެ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މެޗުތަކުގައި ޖުމްލަކޮށް ކުޅުނީ އެއް ކުޅުންތެރިންތަކެކެވެ. މުބާރާތުގެ ޝެޑިއުލް އޮތްގޮތުން ޖެހިޖެހިގެން ހަތަރު ދުވަހު މެޗުތަކެއް ކުޅެން ޖެހުނުއިރު، އެއް ކުޅުންތެރިންތަކެއް ލައިގެން ކުޅުމުން ވަރުބަލިިކަމާއި އެހެން މައްސަލަތައް ކުރިމަތިވެ ޓީމަށް އަސަރުތަކެއް ކުރިކަމަށް ހުޒަންޓެ ބުންޏެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެބަޖެހޭ ރާއްޖޭގެ ގައުމީ ޓީމުގެ ބެންޗަށް ވެސް ފުދޭވަރަކަށް ބަދަލު އަންނަން. ރާއްޖޭގައި އެބަ ތިބެންޖެހޭ ޕްރެޝަރު ނަގައިގެން ކުޅެވޭ އިތުރު ސެޓަރުން ވެސް އައުޓްސައިޑުން ވެސް ތިބެން. އެ މަގާމަކަށް އެއް ލެވަލެއްގެ އިތުރު ކުޅުންތެރިން ތިބެންޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. އެއީ މުބާރާތެއްގައި އެއް ހަޔެއް ލައިގެން ޖެހިޖެހިގެން ހަތަރު މެޗު ކުޅުމަކީ ފަސޭހަކަމެއް ނޫން. ރަނގަޅަށް ވާނެ ވެސް ކަމެއް ނޫން. ހުރިހާ ދުވަހެއްގައި އެއްވަރަކަށް ހުރިހާ ކުޅުންތެރިންނަކަށް ނުވެސް ކުޅެވޭނެ،" ހުޒަންޓެ ބުންޏެވެ.
ރާއްޖޭގެ ވޮލީ ޓީމުން ދެން އެންމެ އަވަހަށް ނުކުންނާނެ މުބާރާތަކީ އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯލް އިވެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާހިތަ
26 August 2019
ރާއްޖެ ޓީމު ބަލިވީ ޑިފެންސް ނުކުރެވިގެން. އެބަޔަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ. 8 ޕޮއިންޓުގެ ބޮޑު ލީޑެއް ލިބިފައި އޮއްވާ، ތުރުކަމަނިސްތާނު ސެޓު ގެންދިޔައީ ފަހަތުން އަރައިގެން އައިސް، އިތުރު ފުރުސަތެއް ނުދީ.
ކުޑަސޮރު
25 August 2019
ކޯޗް ގެ ވާހަކަ ޓީވީ އިން އަޑުއެހުމުން ވަރަށް އަންތަރީސްވެއްޖެ. ވޮލީ ފަދަ ކުޅުމަކީ ކުޅުންތެރިން ވަރަށްބޮޑަށް މޯޓިވޭޓްވެގެން ކުޅެވޭނެ ކުޅިވަރެއް. ކޯޗްގެ ނެތް ޓީމް މޯޓިވޭޓް ކުރެވޭނެ ފަދަ ހުނަރެއް. ފުރަތަމަ މޯޓިވޭޓެޑް ކޯޗެއް ތިތަނަށް ލާންވީ..
ނަގިއްޔާ
25 August 2019
މުބާރާތަށް ދިއުމުގެ ކުރިން ދިވެހިޓީމުތަށް މިގެންގުޅޭ ބަހުރުވަތަށް އެބަޖެހެ ބަދަލު ކުރަން. މާ ކުރިން ނިންމައިގެން ދަނީ ޔަގީން ކަމާއެ ކު ތަށި ހޯދާނެ ކަމަށް. މީއަހަރުމެންގެ ފަހަރޭ މިފަހަރު ތަށިބަލައޭ މިދަނީ މިގޮތަށް ވާހަ ކަ ހުންނަނީ. އެހެންވެން ކުޅުންތެރިން ތިބެނީ އޯވާ ކޮންފިޑެންޓް ވެފަ. ދެން މެޗަށްއަރާ ޕޮއިންޓަ ކަށް ފަހު ޕޮއިންޓެއް ގެއްލެން ފެށީމަ ތިބެނީ މުސަޅެއް ކާރެއްގެ ހެޑުލައިޓް އެޅުނީމަ ހަތަރެސް ކަން ހަމަވާ ގޮތަށް ހަދަަނެ އެއްޗެއް ނޭގިފަ.
އަލލދީ
25 August 2019
އަސްލު މައްސަލައަކީ ރާއްޖޭ ޓީމު މިހާރު، ރާއްޖޭ މިތިބި ކޯޗުންނަށް ވުރެ ފެންވަރު މަތިވެއްޖެ. ދެން ކޯޗެއް ގެންނަންވީ ވޮލީގެ ވަރަށް ކުރިއަރާފަ އޮތް ގައުމަކުން. އޭރުން އާ ގޮތްތައް ދަސްކުރެވޭނީ. މިފަހަރު ސާބިއާގަވެސް ރާއްޖޭ ޓީމު ލައްވާ ޖައްސާ ބައެއް އެކްސަސައިޒްތަކަށް އެތަނުގެ ކޯޗުން ޖޯކުޖެހި. މީ ކޯޗަށް ބުނާ ދެރަބަހެއްނޫން. ރާއްޖޭގެ ޓީމަށް ކޯޗު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާހާލު މީބޭރުން އެކްސްޕީރިއަންސް ކޯޗެއްގެ ޕްރެކްޓިސް ފަށަންވީ ވަގުތ
ކކކކއޭނާ
25 August 2019
ވަރަށް ސިއްރު ވާހަ ކައެއް ބުނަންއޮތީ. މިޓީމު ބޭނުންވަނީ ބޭރުގެ ރަގަޅު ކޯޗެއް. ޓީމުގެ މެންޓަން ފިޓްނަސް ރަގަޅު ކުރަން އެބަޖެހޭ. ސެޓަރަށް ވަރަށް ޓްރެއިނިން އެބަބޭނުންވޭ އެއީ އޭނައަ ކީ މެޗްގެ ފްލޯ ކޮންޓްރޯލް ކުރާ މީހާ ކަމަށްވާތީ. މިމުރާތަށް އައީވެސް ޓެ ކްނި ކަލް އެނަލިސްޓެއްވެސް ނުލައޯ މިވަރުން ކިހިނެއް އިދި ކޮޅު ޓީނުގެ ވީ ކްނަސް ހޯދާ ރަގަޅު ފައިޓެއް ދޭނީ.
ރޫހީ
25 August 2019
ސަތޯމެން ކަހަލ މީހަކު ހުރިނަމަ ތަށި ގެނައީސް. ތިހިރަ ކޯޗް މާ އަވަހަށް ގިވަޕް ކޮށްލަނީ. އަދި ޓީމް ޕްރެޝަރަށް ދިޔައިމަ ދެން ހަދަންވާ ގޮތެއް ނޭނގޭ
ވައަތްތެރި މޯޑު
25 August 2019
ސަތޯ އޭ! ހަހަހަހާ ތި އަ އްވުރެ ބޮޑު ޖޯކެ އް ނެތީތަ ކިޔަން!
ބާބާ
25 August 2019
މާފަށް އެދޭ ކަށް ނުޖެހޭ. ތީބޭފުޅުން ނިންމައިގެން ދިއައީ ތަށިލިބޭނެ ކަމަށް. ކޯޗުނުން ބުނީ މިޓީމަށް މަދުވަނީ ތައްޓެއް ކޭ އެ ކަމަ ކު ލަން ކާއާ ކު ކުޅެ ތިންމެޗުން ބަލިވި ހިސާބުން އަހަރުމެންނަށް އެގުނު އަދި ޓީމަށް މަދުވަނީ ތައްޓެއް ނުން ކަން ހައްލު ކުރަންޖެހޭ ކަންތަ ކެއް ހުރި ކަން. އަސްލު ކޯޗު ވާހަ ކަ ދެއް ކިގޮތުން ޓީމުގެ ވިނިން މެންޓަލިޓީއަށް އަސަރު ކުރި. މާ ކުރިން ނިންމައިގެން ދިއައީ ތަށި ޔަގީން ކަމަށް.
ބަބުރަންޖީ ހާޖީ
25 August 2019
ފުޓުބޯޅައިގައިވެސް އިވެނީ ހަމަ ތިފަދަ ވާހަކަތަކެއް. މީގާ އަނެއްކާ މަޖާތަންކޮޅަކީ ދުވަހަކުވެސް ތި ކުޑަކުޑަ މިސްޓޭކުތައް ރަނގަޅުކުރާތަނެއް ނާންނާނެ.
ރަދީފް
25 August 2019
"ހަގީގަތުގައި މިތާކު ނެތް ރާއްޖެ ޓީމަށް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނެތް.'' މިހާތަނަށް މީހަކު ބުނި އެންމެ ބޮޑު ތެދު ނުވަތަ ދޮގު.ނޭޕާލް އެކަނި ބަލިކުރެވޭނީ.
ޢަފީފުއްދީން އާޝާ
25 August 2019
ކިރިގިސްތާނު ވެސް ރާއްޖެ އަތުން 2015 ގައި ވަނީ ބަލިވެފަ. ސާކުގެ ބަންގާޅު ނޭޕާލު އަދި އަފްގާނު ބަލިކުރޭ. މާ ވޮލީ އިނގިގެން ނޫޅެފާނަންތަ ޕުލީސްް
ރަދީފް
25 August 2019
@ޢަފީފުއްދީން އާޝާ . ބުނަންތަ ވާހަކައެއް.2004 ވަނަ އަހަރު ގްރީސް އިން ޔޫރޯ ވެސް ކާމިޔާބްކުރި.އޭގެ ފަހުން އެއްވެސް މުބާރާތެއްގަ އެދެވޭ ކާމިޔާބީއެއް އެމީހުންނަށް ލިބުނުތަ؟؟؟ އެހެންވީމަ ކޮސްނުގޮވާ ކަލޭ.
ޢަފީފުއްދީން އާޝާ
25 August 2019
މިހާރު ރަގަޅު. ފުޓުބޯޅަ ވާހަކަ ދަ އްކަވާ.
ރަދީފް
25 August 2019
@ޢަފީފުއްދީން އާޝާ.އަހަރެން ކަލެއަށް މިކިޔާދިނީ ދުނިޔެއިން ފާހަގަކޮށްލެވޭނެފަދަ ކާމިޔާބީއެއް.އެންމެން މިދައްކަނި (ރާއްޖޭ ކުލީވަރު - ހަބަރުގަ އޮތް ވޮލީ) ކާމިޔާބީއާއި ނާކާމިޔާބީގެ ވާހަކަ.ކޮންމެ ކުޅިވަރަކުންވެސް ކާމިޔާބީގެ މިސާލު ދެއްކޭނެ.ކަލޭ އަދި ވަަރަށް އާވާނެ މިކަހަލަ ކަނޑެއްގަ (ކޮމެންޓްބޮކްސް) މަށާއެކު ދަތުރުކުރަން.ވ.ވެދުން
ޢަފީފުއްދީން އާޝާ
26 August 2019
އޯކޭ، ދިވެހިރާއްޖެ އަށް ފުޓުބޯޅައިން ރަންމެޑަލް ލިބުނީ ރިހިމެޑަލް ލިބުނުތާ ކިތައް އަހަރު ފަހުންތޯ؟ ޥޮލީބޯޅަޢިން ރިހިމެޑަލް ލިބުނީ 2013 ގަ؛ ދެން 2015 ގަ ވެސް ރިހި