ޚަބަރު / ގެއްލިގެން ހޯދާ މީހުން

ގިނަ ބައެއްގެ ބައިވެރިވުމާ އެކު ޖަނާޒާ ބާއްވައިފި

29 އޯގަސްޓް 2019 - 14:01

161 comments
30 އޯގަސްޓް 02:58

މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ -- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:45

ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި ފަސް މީހުންގެ ޖަނާޒާ -- ވީޑިއޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:22

ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި ފަސް މީހުންގެ ސަންދޯއް ވަޅަށް ތިރިކޮށްފައި-- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:19

މަރުވި މީހުން ވަޅުލަނީ -- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:16

މަރުވި މީހުންގެ ސަންދޯއްތައް ވަޅުލަން ތައްޔާރު ވަނީ -- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:16

މަރުވި ފަސް މީހުން ވަޅުލަނީ އެކުއެކީގައި އެއް ވަޅެއްގައި. ހަނިމާދޫ މިސްކިތުގައި އޮތް ކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައި. މި ޖަނާޒާ އަށް އެ ރަށާއި އަދި މަރުވި މީހުން ނިސްބަތްވާ ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައި. ހަނިމާދޫގެ އެންމެންހެން މި ޖަނާޒާގައި ބައިވެރިވާ ކަމަށްވޭ.

30 އޯގަސްޓް 02:12

ޑިންގީ ބަމްޑުން ޖަހާލައިގެން މަރުވި ދެމަފިރިން (ކ) އާއި އެ މީހުންގެ ދަރިފުޅު ގުރައިޝާ އަދި ގުރައިޝާގެ ދަރިފުޅު

30 އޯގަސްޓް 02:08

މަރުވި އެކަކުގެ ސަންދޯއް މިސްކިތުން ނެރެގެން ގެންދަނީ -- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:08

މަރުވި ފަސް މީހުންގެ ތެރެއިން އެކަކުގެ ސަންދޯއް މިސްކިތުން ނެރެގެން ގެންދަނީ -- ފޮޓޯ: މުހަންމަދު ޔާމީން/ މިހާރު

30 އޯގަސްޓް 02:01

ފަސް މީހުންގެ މައްޗަށް ކުރާ ކަށު ނަމާދު ދާދި ދެންމެއަކު ފަށައިފި. ކަށުނަމާދުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވޭ

30 އޯގަސްޓް 01:38

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި މަރުވި ފަސް މީހުންގެ ސަންދޯއް ސަހަރާ އަށް ގެންގޮސްފައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 01:38

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި މަރުވި ފަސް މީހުންގެ މޫނު ދެކިލުމަށް ހަނިމާދޫ ސަހަރާ އަށް މީހުން ޖަމާވެފައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 01:37

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި މަރުވި ފަސް މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ދިޔަ ބައެއް މީހުން ސިއްހީ މަރުކަޒުގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 01:36

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި މަރުވި ފަސް މީހުން ވަޅުލާން ވަޅުކޮންނަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 01:36

ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި މަރުވި ފަސް މީހުންގެ މޫނު ދެކިލުމަށް ހަނިމާދޫ ސަހަރާ އަށް މީހުން ޖަމާވެފައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 01:19

ލޯންޗު ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ މޫނު ދެއްކުން މިހާރު ހަނިމާދޫ ސަހަރާގައި ކުރިއަށް އެބަދޭ. ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަމްފަރުން ހަނިމާދު އަށް ވަނީ ގޮސްފައި. އަދި މަރުވި މީހުންގެ އާއިލާގެ ވަރަށް ގިނަ ބަޔަކު މާލެ އިން ވެސް ވަނީ ހަނިމާދު އަށް މިރޭ ގޮސްފައި.

29 އޯގަސްޓް 22:14

ހަނިމާދޫ ކައުންސިލުން ބުނީ އެ ރަށު މަސްޖިދުލް މޫސާ އަލީގައި މިރޭ 1:30 ގައި ކަށު ނަމާދު އޮންނާނެ ކަމަށް. ވީހާ ވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައި.

29 އޯގަސްޓް 21:18

ހަނިމާދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައި. އެއީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެއް. ފަރުވާ ދެމުން އަންނަނީ ނޮޅިވަރަންފަރު ވީނަސްގޭ އަބްދުއްޝުކޫރު، 57، އާއި އެ ރަށު ރެޑް ރޯސް އައިމިނަތު އާސިމާ، 29، އަދި ދ. ކުޑަހުވަދޫ ފޮގެޓްމީ ނޮޓް އައިޝަތު ޝެހެނާޒް، 29، އަށެވެ. މި މީހުންގެ ތެރެއިން އަބްދުއްޝުކޫރުގެ އަންހެނުން ވަނީ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި މަރުވެފަ.

29 އޯގަސްޓް 19:58

ޓްރާންސްޕޯޓްގެ އިއުލާނު

29 އޯގަސްޓް 19:54

ކަނޑު ގަދައިރު ދަތުރުކުރާ ނަމަ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ އެ އުޅަނދު ދުއްވާ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި. އެތަނުން ނެރުނު އިއުލާނެއްގައި ބުނީ އާދަޔާ ހިލާފަށް ވައި ގަދަވެ ވިއްސާރަކުރާއިރު ދަތުރުކުރުމަކީ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަކަށް ވާތީ އެފަދަ ހާލަތުގައި ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް. އަދި ދަތުރުކުރާއިރު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށާއި އެގޮތުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް. މީގެ އިތުރުން، ދަތުރު ކުރުމުގެ ކުރިން ސަމާލުވެ ބަލަންޖެހޭ ކަންކަން އިއުލާނުގައި ފާހަގަކޮށްފައިވޭ

29 އޯގަސްޓް 19:12

މަރުވި ނޮޅިވަރަންފަރު މީހުންގެ ޖަނާޒާ ހަނިމާދޫގައި ބާއްވަން އަންނަނީ ތައްޔާރީތައް ވަމުން. ހަނިމާދޫ އާއި އެ ރަށް ހިމެނޭ ސަރަހައްދުގެ މޫސުން ގޯސް. އެހެންވެ ޖަނާޒާގައި ބައިވެރިވާން ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރުން ވަނީ ދަތިވެފައި.

29 އޯގަސްޓް 19:09

ލޯންޗު ބަންޑުންޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ޖަނާޒާ ބޭއްވުމަށް ހަނިމާދޫ ގަބުރުސްތާނުގައި ތައްޔާރުވަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ

29 އޯގަސްޓް 18:47

ލޯންޗް ބަންޑުންޖަހާލި ހާދިސާގައި ސަލާމަތްވި ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން

29 އޯގަސްޓް 18:46

ބަންޑުން ޖަހާލި ލޯންޗް އެއްގަމަށް އަރުވަނީ

29 އޯގަސްޓް 17:34

މިއަދުގެ ހާދިސާއާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދުއަށް މެދުކަނޑާލުމަށް ފަހު މިހާރު ވަނީ އަލުން ފަށާފައި

29 އޯގަސްޓް 17:01

އާއިލާގެ މީހަކު ބުނި ގޮތުގައި، މަރުވި އައިޝަތު އަލީ އާއި އޭނާގެ ފިރިމީހާ ޝުކޫރު ހަނިމާދުއަށް ދިޔައީ ސްކޫލް ބަންދާ ދިމާކޮށް، އައިޝަތު ޑޮކްޓަރަށް ދެއްކުމަށް އިންޑިއާ އަށް ދާން ހަމަޖައްސާފައި އޮތުމުން މާލެ އަށް ދާންވެގެން.

29 އޯގަސްޓް 16:40

ލޯންޗު ބަންޑުން ޖަހާލި އިރު ނޮޅިވަރަންފަރުގެ ބައެއް މީހުން ތިބީ ހަނިމާދޫގައި، މާލެއަށް ފުރާށާއި، ބަޔަކު ފުރުވަން ގޮސް. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދޫ އެއާޕޯޓަށް މިއަދު މޯލްޑިވިއަންގެ އެއްވެސް ފްލައިޓެއް ދަތުރެއް ނުކުރޭ. އެހެންކަމުން ހަނިމާދޫގައި މަޑުކޮށްގެން ތިބި އެންމެން ވަނީ ހަނިމާދޫ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެފައި.

29 އޯގަސްޓް 16:37

ނޮޅިވަރަންފަރުގެ ވަރަށް ގިނަ ބަޔަކު ތިބީ ހަނިމާދުއަށް ގޮސް، މަރުވި މީހުންގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވާން ތައްޔާރުވެގެން. އެކަމަކު މޫސުމް ގޯސްވުމާއި ކަނޑު ގަދަކަމުން، އެ ފުރުސަތު ހަނި.

29 އޯގަސްޓް 16:35

ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި މަރުވި ހަތަރު މީހުންނާއި ކުޑަ އަންހެން ކުއްޖާގެ ޖަނާޒާ އޮންނާނީ ހަނިމާދޫގައި ކަމަށް، "މިހާރު"އަށް ވަނީ އެނގިފައި.

29 އޯގަސްޓް 16:10

އެޑިއުކޭޝަން މިނިސްޓަރުގެ ޓްވީޓް

29 އޯގަސްޓް 16:07

ރައީސްގެ ޓްވީޓް

29 އޯގަސްޓް 16:02

ޑިންގީ ބަންޑުން ޖަހާލައިގެން މަރުވި ކުޑަ ކުއްޖާ އީރާ ހަސަން ޝިފާޒް

29 އޯގަސްޓް 15:54
29 އޯގަސްޓް 15:26

ޑިންގީ ބަންޑުން ޖަހާލި ވަގުތު ކަމަށް މިހާރު ބެލެވޭ ގަޑީގައި، މެޓުން އޮތީ ޔެލޯ އެލާޓް ވެސް ނެރެފައި. އޭރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 20 މޭލާއި 35 މޭލާ ދެމެދުގައި. އެކަމަކު ކޮޅިގަނޑުގައި އެއަށް ވުރެ ވައި ގަދަވާނެކަމަށް ލަފާކުރި. އެމްއެންޑީއެފުން ދާދި ދެންމެއަކު މީޑިއާއަށް ދިން މައުލޫމާތުތަކަށް ބަލާއިރު، ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި. މެޓުން ބުނި ގޮތުގައި އެ ހިސާބުގެ ކަނޑުތައް ވަރަށް ގަދަ.

29 އޯގަސްޓް 15:26

ހަނިމާދޫ ސިއްހީ މަރުކަޒު ކައިރީގައި ބަޔަކު އެއްވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

29 އޯގަސްޓް 15:24

އެމްއެންޑީއެފް: ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން.

29 އޯގަސްޓް 15:21

ހަނިމާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޑިންގީ ބަންޑުން ޖަހާލީ ނޮޅިވަރަމުން ފުރައިގެން، ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގައި. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނަށް ވަދެ ނޫޅޭ ކަމަށްވޭ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ޑިންގީގެ ކައްޕި އެ ކަނޑިންމަ އަށް ވަނުމާ އެކު ނެގި ރާޅަކާ އެކު ލޯންޗު ބަންޑުން ޖަހާލީ.

29 އޯގަސްޓް 15:19

ހަނިމާދޫ ހޮސްޕިޓަލް: ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅު.

29 އޯގަސްޓް 15:17

އެމްއެންޑީއެފް: އެކަށީގެންވާ އުޅަނދެއްގައި އެކަށީގެންވާ ވަގުތެއްގައި ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން.

29 އޯގަސްޓް 15:16

އެމްއެންޑީއެފް: އެކަން އެނގުމާ އެކު ހަނިމާދޫގައި ތިބި ސިފައިން އެކަމުގައި ވަގުތުން ހަރަކާތްތެރިވި. އަދި ފަސްޓް އެއިޑް ވެސް ދެވުނު.

29 އޯގަސްޓް 15:15

އެމްއެންޑީއެފް: ސަލާމަތްވި ބައެއް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަ ގެންދޭ.

29 އޯގަސްޓް 15:15

އެމްއެންޑީއެފް: ހަނިމާދު އާއި ނޮޅިވަރަމްފަރުގެ ދުރުމިން އެއީ ލޯންޗެއްގައި އެންމެ ދިހަވަރަކަށް މިނެޓް. އަޅުގަނޑުމެން ފާހަގަކުރަން ލައިފް ޖެކެޓް ނާޅާ ދަތުރުކުރިކަން. އަދި ނުބައި ވަގުތެއްގައި ދަތުރުކޮށްފައިވާކަން.

29 އޯގަސްޓް 15:12

ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ 30، އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅުގެ އިތުރުން އެހެން ޓީޗަރެއްގެ އަންހެނުން.

29 އޯގަސްޓް 15:11

ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރި އެއް ރަށް. ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް. ބަންޑުން ޖަހާލި ލޯންޗަކީ، ނޮޅިވަރަންފަރުން އާންމުކޮށް ހަނިމާދުއަށް ދަތުރުކުރާ ލޯންޗެއް. އެކަމަކު މި ކުރު ދަތުރުގައި ލޯންޗުގެ ހަބަރު ނުވެގެން ހޯދަން ފެށީ، ހަނިމާދުއަށް ބަނދަރުކުރަން ޖެހޭ ވަގުތަށް ވުރެ އެތައް އިރެއް ހޭދަވި ފަހުން ކަމަށްވޭ. އެހެންކަމުން ލޯންޗު ބަންޑުން ޖަހާލުމުގެ ހިތާމަވެރި ހާދިސާ ހިނގިކަން، ލޯންޗުގެ އެއްވެސް މީހަކަށް ފޯނުން ވެސް އަންގާލާނެ ވަގުތު ނުލިބުނީ ކަމަށް ބެލެވޭ.

29 އޯގަސްޓް 15:04

ހަނިމާދު އަށް ކުރަން ހަމަޖެހިފައިވާ މިއަދުގެ ހުރިހާ ދަތުރެއް މޯލްޑިވިއަނުން ކެންސަލްކޮށްފި. ސަބަބަކީ މޫސުން ގޯސްވުން.

29 އޯގަސްޓް 15:03

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަންގެ އާއިލާގެ މެމްބަރުން ހިމެނޭ.

29 އޯގަސްޓް 14:59

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ހުސެން އަބްދުﷲ (ވ)، ނޮޅިވަރަމް ސްކޫލަށް ރަން ޔޫބީލް ފާހަގަކުރަން މި މަހު 1 ގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަތްޕުޅުން އެވޯޑް ހޯދަނީ

29 އޯގަސްޓް 14:44

މަރުވި ފަސް މީހުންގެ ތެރޭގައި ދެމަފިރިއަކާއި އެ މީހުންގެ އަންހެން ދަރިފުޅާއި މާމަ/ކާފަ ދަރިއަކު ވެސް ހިމެނޭ

29 އޯގަސްޓް 14:43

މަރުވި 5 މީހުންގެ ހަށިގަނޑު ވެސް މިހާރު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގައި. މި ފަސް މީހުން ވެސް އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ މަރުވެފައި

29 އޯގަސްޓް 14:39

ލޯންޗު ބަންޑުން ޖަހާލައިގެން މަރުވި މީހުންގެ އަދަދު 5 އަށް އަރައިފި. ދެންމެ މައުލޫމާތުތައް ލިބުނު ގޮތުގައި މަރުވީ ދެމަފިރިއަކާއި އެ މީހުންގެ މާމަ/މާފަ ދަރިފުޅުގެ އިތުރުން ދެ އަންހެނުން.

29 އޯގަސްޓް 14:33

އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތައް ބުނާ ގޮތުން، ލޯންޗު ބަންްޑުން ޖަހާލައިގެން މަރުވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުން. އެއީ ދެމަފިރިންނާއި އެ އާއިލާގެ އެހެން އަންހެނަކާއި ކުޑަކުއްޖާ.

29 އޯގަސްޓް 14:21

މަރުވި ފިރިހެން މީހާ، ހުސެއިން އަބްދުﷲ އަކީ ނޮޅިވަރަމްފަރު ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު.

29 އޯގަސްޓް 14:19

މި ހާދިސާގައި މަރުވި ކުޑަ އަންހެން ކުއްޖާ އަކީ އުމުރުން ގާތްގަނޑަކަށް އެއް އަހަރުގެ އަންހެން ކުއްޖެއް.

29 އޯގަސްޓް 14:15

މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާ އަކީ ނޮޅިވަރަމްފަރު ސްކޫލުގެ ޓީޗަރެއް. އޭނާ އާއި އަނބިމީހާ އަދި ކުޑަ ކުއްޖާ ހަނިމާދު އަށް ދަތުރުކުރީ ބަޔަކު ފުރުވަންވެގެން.

29 އޯގަސްޓް 14:14

ގެެއްލިގެން ހޯދަމުން ދިޔައީ ދެމަފިރިއަކާއި އެ މީހުންގެ ކާފަ/މާމަ ދަރިފުޅު. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި.

29 އޯގަސްޓް 14:08

ލޯންޗުން ގެއްލިގެން ހޯދަމުން ދިޔަ ދެމަފިރިންނާއި އެ މީހުންގެ ކާފަ ދަރިފުޅު މަރުވެފައި އޮއްވާ ފެނިއްޖެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ދެ އަންހެނަކާއި ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ހަނިމާދޫ ކައިިރިއަށް ބަންޑުން ޖަހާލި ޑިންގީން ދަތުރުކުރި އަނެއް ހަތް މީހުން، ހަނިމާދު އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ މިއަދު ހަނިމާދު އަށް ދާން ހެނދުނު ފުރި ޑިންގީގައި ތިބި މީހުންނާ އެންމެ ފަހުން ގުޅިފައި ވަނީ 11:47 ހާއިރު ކަމަށެވެ. ޑިންގީ ގެއްލިގެން ހޯދަން ފެށީ ހަނިމާދު އަށް ދަތުރުކުރަން އާއްމުކޮށް ހޭދަވާ ވަގުތުގެ ތެރޭގައި އެ ރަށަށް ގޮސްފައި ނުވުމުންނެވެ.

މި ޑިންގީ ނޮޅިވަރަމުން ފުރިއިރު ވެސް މޫސުން ވަރަށް ގޯސް ކަމަށް ވެ އެވެ.

161 ކޮމެންޓް, 1671 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަފްރާދު

30 August 2019

އެ ޢާއިލާއަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވާށި ! އާމީން

The name is already taken The name is available. Register?

ދެރަކަމެއް

30 August 2019

މިއީވަރަށް ހިތްދަތިހާދިސާއެއް މިދެދުވަހަކު ދޭތެރެ ދޭތެރެއިން ސިކުނޑިއަށް ވިސްނޭ ހިތާމަވެރި ކަމެއް. ދުރުރަށެގައި ހުރިދިވެއްސަކަށްވީނަމަވެސް ވަރަށްވިސްނޭކަމެއް. މިބާވަތު ހާދިސާތައް މަދުކުރެވޭތޯ އެންމެން އެކީ މަސައްކަތްކުރުން ބުއްދިވެރި

The name is already taken The name is available. Register?

ޢަބުދުﷲއިމާދުބިންސައީދު

30 August 2019

ގިނަފަހަރަށް ކެޕްޓަނުން ތިކަން ނުކުރާތީ ހިތާމަ ވެރި ހާދިސާހިގަނީ ކެޕްޓަނުންގެމައްޗަމަރުގެއިހުމާލު ވުމުގެ ދައުވާއުފުލަންވާނެ

The name is already taken The name is available. Register?

ދިވެހިދަރި

30 August 2019

إنا لله وإنا إليه راجعون... މިހިތާމަ ވެރި ޙާދިސާގައި ނިޔާވި 5 ބޭފުޅުންނަށް ﷲ ސުވަރުގެ ދެއްވާށި އެވެ. އާމީން ??? އެކަމު ބުނެލަން އޮތީ ވަޅު ކޮނެފައި ހުރިލެއް ހާދަ ތިލައެވެ. ސަންދޯކުގެ މަތި މަހަ ބިމާ އެއްވަރަށެވެ. އެވަރު ތިލައެއް ނޫންބާވައެވެ.

The name is already taken The name is available. Register?

ބިދޭސީ މީހާ

30 August 2019

ރާއްޖޭގައި ހެދިފައި އަދި ހަދަމުންގެންދާ ގިނަ ގާނޫނުތަކަކީ އޭގެ ތަންފީޒީއިދާރާތަކުން އެކަންކަން ބެލެހެއްޓެނިވި ކަންތައްތަކެއްގެ ގޮތުގައި ވާންޖެހޭކަންކަމެވެ. ސައިކަލް ދުއްވުމުގައި އަޅަންޖެހޭ ހެލްމެޓްވެސް ހަމައެކަނި ބުރިކު ހުރަސްކުރާއިރު އެޅުމަށް ނިންމިނިންމުމަކީ ޖޯކެއް. ލައިފް ޖެކެޓް އަޅަންޖެހެނީ ކޮޅިގަނޑު ގަދަވެ އޮޑި ފުށުންޖަހާލަން ފެށުމުން ފަޅުވެރިންގެ އިޒުނަޔާއެކު. އޭރުމިއޮންނަނީ ލަސްވެފައި. އެތަކެތި ހަލާކުވެދާނެތީވެ ރައްކާކުރެވިފައި.

The name is already taken The name is available. Register?

ތުއްތުނާ

30 August 2019

ހަމަ މާދަމާ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ބަލައިގެން އެމީހެއްގެ ބެލުމުގެ ދަށުގައިވާ އަނބިދަރިން ، މައިންބަފައިން ގާތްތިމާގެ މީހުން ލައިފް ޖެކެޓް އަޅައިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށް ބާރުއަޅާ މަސައްކަތް ކުރަންވީ....... މި ކަރުނަތައް އޮހެމުން މިދާ ހުރިހާ ރައްޔިތުން ކަހަަލަ ގޮތަކަށް މާދަމާ ކަނޑު ދަތުރު ކުރާނެކަމަށް ބުންޏަކަސް ދޮގަކަށް ނުވާނެ.......

The name is already taken The name is available. Register?

ނަސިީބާ

29 August 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ވަރަށްވެސް ހިތާމަވެރި ބުނެލަން ބޭނުންވަނީ މި ހާދިސާ އިން ވެސް އިބްރަތެއްލިބި، މޫސުމް ގޯސް އިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނެރޭ އެލާރޓް މެސެޖް ތަކަށްވެސް ކަމޭހިތާ، އެފަދަ ހާލަތްތަކުގައި ކޮންމެހެން ދަތުރުނުކޮށް ފަރުޖެހޭނަމަ ދަތުރު ލަސްކޮށްލުން. އަދި ދަތުރު ކުރާނަަމަވެސް ހާއްސަ ސަމާލުކަމެއް ދީގެން ލައިފް ޖެކެޓް ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުއަޅަން. ދަތުުކުރާ އުޅަނދުގެ ކްރޫއިން ޒިންމާދާރުވުން

The name is already taken The name is available. Register?

ޖާބިރު

29 August 2019

މާދަމާ މަޖިލިސްބާއްވާނެ މައުލޫއަކަށްވާނެ ލައިފުޖެކެޓް. ތަނެއްރޯވާއިރަށް ތެޅިގަންނާނެ 15 ދުވަސްފަހުންހަނދާންނެތޭނެ. މާލޭގެމަގުތަށްފްބޮޑުވާ މައްސަލަ ހައްލުނުކުރެވުނު. ކެޕޭސިޓީނެތް.ލަދުން ބޯހަލާކު.

The name is already taken The name is available. Register?

މޮޔަސޭޓް

29 August 2019

إنا لله وإنا إليه راجعون

The name is already taken The name is available. Register?

HIHLA_D_LOST

29 August 2019

މިހިތާމަ ވެރި ޙާދިސާގައި ނިޔާވި 5 ބޭފުޅުންނަށް ﷲޝުވަރުގެ ދެއްވާށި އެވެ. އާމީން ???

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454