މަސްވެރިންގެ ޕާކްގައި ސައިކަލް ޕާކް ކުރެވޭ ގޮތަށް ބަދަލުކޮށްފައި. މިއީ ވަގުތީ ޕާކިން ޒޯނެއް ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި. - ފޮޓޯ: މުއިއްޒު
19 ސެޕްޓެމްބަރ 2016 - 12:24
ބޮޑުތަކުރުފާނު މަގު އެމްޓީސީސީ ޓަވަރު ކުރިމަތީގައި ހުންނަ މަސްވެރިންގެ ޕާކްގައި ސައިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަލަށް ހެދި ޒޯނަކީ ވަގުތީ ގޮތެއްގައި ބޭނުން ކުރަން ހެދި ތަނެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޕާކިން ޒޯނުތައް މާލޭގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މުޅިން އަލަށް ތައާރަފް ކުރަން ނިންމި މެކޭނިކަލް ޕާކިން ސިސްޓަމްތައް ވީހާ ވެސް އަވަހަކަށް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
New temporary parking area created; more to come IA. Mechanical parking systems to be installed soon as well IA. pic.twitter.com/gsqm3NdJik
— Dr.Mohamed Muizzu (@MMuizzu) September 19, 2016
މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.
މަސްވެރިންގެ ޕާކްގައި ހެދި ޕާކިން ޒޯނުގައި ހަމައެކަނި ޕާކް ކުރެވޭނީ ސައިކަލްތަކަށާއި ބައިސްކަލް ފަދަ ދެ ފުރޮޅުލީ އުޅަނދަށެވެ. އެތަނަކީ މީގެ ކުރިން އާންމުން ހިތްފަސޭކޮށްލުމަށް ހާއްސަކޮށް އޮންނަ ތަނެކެވެ. އެކަމަކު މިހާރު ވެސް އެ ތަނުގައި ބައެއް ހަޓުތައް އެބަހުއްޓެވެ. އެކަމަކު ސިމެންތިން ހަދާފައި ހުރި އަށިތައް މިހާރު އެ ތަނުން ފެންނާކަށް ނެތެވެ.
ހުޅުމާލެއަށާއި ހުޅުލެއަށް ދަތުރުކުރާ މީހުންނާއި ޕާކް ކައިރީގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުން ސައިކަލް ޕާކް ކުރާނެ ތަނެއް ނެތިގެން މީގެ ކުރިން ޝަކުވާ ކުރެ އެވެ. ނަމަވެސް އަލަށް ހެދި ޕާކިން ޒޯންގެ ސަބަބުން އެ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ބައެއް މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަިއިލްހާމް މޫސާ
19 September 2016
ރައްޔިތުން ރަގަޅޭ ބުނެފިއްޔާ ތިތަން ނުހުންނާނެ ތިތަން ސަރުކާރުން ނަގާނެ،މިސަރުކާރަކީ ރައްޔިތުން ނާހެދި އުޅޭ ސަރުކާރެއްނޫން
ހޭލާ
19 September 2016
ރަގަޅު ކަމެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ފުލުން އެތަނަށްގޮސް އިންތިޒާމްތައް ބަލަހައްޓަން ޖެހެއެވެ. އެހެން ނޫނީ ތަރުތީބު ގެއްލި ގެން ތަކުލީފަކަށް ވެދާނެއެވެ.
ރަދީފް
19 September 2016
ރަނގަޅު ކަމެއް. މޯލްޑިވިއަންގެ އޮފީސް ހުންނަ އިމާރާތަށް ދާމީހެއްނަމަ ސައިކަލް ބަހައްޓަންޖެހޭނީ ސޯސަންމަގުގަ.މިތަނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ. ތޭންކްސް ބްރޯ.