ދިވެހިންގެ ހަމާ ގުޅޭ ހާއްސަ އެކްނޭ ކްރީމް--
30 އޯގަސްޓް 2019 - 19:13
ދިވެހިންގެ ހަމާ ގުޅޭ ހާއްސަ އެންޓި އެކްނޭ ކްރީމެއް މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުން ވިއްކަން ފަށައިފި އެވެ.
މި ކްރީމަކީ ޔޫރަޕުގެ ގައުމުތަކުގެ އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ކްލެރީނާ ބްރޭންޑުގެ ކްރީމެކެވެ. މި ކްރީމުން މޫނުގައި ނަގާ އޮށާޅަ އާއި ބިހި ކޮންޓްރޯލްކޮށް އޮށާޅައިން ހެދޭ ލަކުނު ފިލުވައިދެ އެވެ. މި ކްރީމް އެންޓި ބެކްޓީރިއާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެވެ.
މެޑިކަލް ސްވިސް ބިއުޓީން ބުނީ މި ކްރީމަކީ އެ ސެންޓަރުން ހަމުގެ ޓްރީޓްމަންތައް ހޯދާ ފަރާތްތަކުން ކުރިން ވެސް ބޭނުން ކުރަމުން އަންނަ ކްރީމެއް ކަމަށެވެ. މި ކްރީމް އާންމުންނަށް ލިބޭނެހެން ވިއްކަން ފެށީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
ކްލެރީނާ ބްރޭންޑުގެ އިތުރު ޕްރޮޑަކްޓްތައް ވެސް މެޑިކަލް ސްވިސް އިން ލިބޭނެ--
"ރާއްޖެއިން ލިބެން ހުންނަ ހަމުގެ އުފެއްދުންތަކަކީ އާންމުކޮށް ދިވެހިންގެ ހަމާ ނުގުޅޭ އުފެއްދުންތަކެއް ކަން ގިނަ ކަސްޓަމަރުން ހާމަކުރޭ. ނަމަވެސް މި ކްރީމް ހާއްސަ ވަނީ ދިވެހިންގެ ހަމާ ގުޅޭތީ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ކްރީމް ވަރަށް ކަމުދޭ،" މެޑިކަލް ސްވިސް ބިއުޓީގެ އޮފިޝަލަކު ބުންޏެވެ.
މި ކްރީމް ލިބެން ހުންނާނީ މަޖީދިއްޔާ ސްކޫލް ކުރިމަތިން، އަބަދަށް ފެހި މަގުގައި ހުންނަ މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުންނެވެ. މި ކްރީމުގެ އިތުރުން ކްލެރީނާ ބްރޭންޑުގެ ތަފާތު އުފެއްދުންތައް އެ ސެންޓަރުން ލިބެން ހުންނާނެ އެވެ.
ކްލެރީނާ ބްރޭންޑުގެ އިތުރު ޕްރޮޑަކްޓްތައް ވެސް މެޑިކަލް ސްވިސް އިން ލިބޭނެ--
މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުން ލިބެން ހުންނަ ކްރީމް ބޭނުން ކުރުމުގެ ކުރިން އެ ސެންޓަރުގެ ތެރަޕިސްޓަކަށް ހިލޭ ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކް
03 September 2019
ހު ވިޔަފާރި އުކުޅު. ދިވެހިންނެއްކަމަކު އެކިމީހުންގެ ހަންގަނޑު ތަފާތުވާނެ. އެމީހެއްގެ ހަމުގެ ބާވަތާ ގުޅޭ އެއްޗިހި ބޭނުންކޮށް ސާފުތާހިރުކޮށް ހުރެ ރަނގަޅުކާނާ އާއި ފެން ބޭނުންކުރުމުން ހަންގަނޑު ރަނގަޅު ވާނެ. މުސާރަ ހުސްވާވަރު އަގުބޮޑެތި އެއްޗިހި އިސްތިހާރު ޖަހާއިރަށް ގަނެ އަޖުމަ ބެލުމައްވުރެ އެގޮތް ރަނގަޅުވާނެ. ބައްޔަކާހެދި ހަމުގެ މައްސަލައެއް އުޅޭނަމަ ބައްޔަށް ފަރުވާކުރީމަ ލުއި ލިބޭނެ
ބޮޑު ކަކުނި
31 August 2019
ރާއްޖެއިން ލިބެން ހުންނަ ހަމުގެ އުފެއްދުންތަކަކީ އާންމުކޮށް ދިވެހިންގެ ހަމާ ނުގުޅޭ އުފެއްދުންތަކެއް ކަން ގިނަ ކަސްޓަމަރުން ހާމަކުރޭ. ނަމަވެސް މި ކްރީމް ހާއްސަ ވަނީ ދިވެހިންގެ ހަމާ ގުޅޭތީ. *** ދިވެހިންނަށް ގުޅެނީ ކޮންކަމެއް. ޙަންގަނޑު ކަޅުކޮށް ހުރުމަކީ ދިވެހިންނާ އެންމެ ބޮޑަށް ގުޅޭނެއެއްކަންތައް. ދެން ދިވެހިންނަކީ ހަންގަނޑު ވަރަށް އޮމާން ސާފުކޮށްތިބޭބައެއް. މިކަންހުރީވިއްޔާ ގުޅޭނެ ދިވެހިންނާ.
ޙަމް
31 August 2019
މި ބޭނުންކުރަނީ ހަންގަނޑު ރީތި ނޫންވީމަ. މީ ބިހި ކޮންޓްރޯލްކުރާ އެެއްޗެެކޯ
ޑޮކް
03 September 2019
ކަނބުލޯ ބިހި ނަގަނީ ކޮންމެވެސް ސަބަބަކާ ހުރެ. އެކަމެއް ރަނގަޅުކުރީމަ ޖީބަށް ނުކަތާ އަގުބޮޑެތި އެއްޗިހި ހަމުގަ ވެށުމަށްވުރެ ރަނގަޅުވާނެ
ޭއެމޭޒަން
31 August 2019
ކޮބާތަ މީގެނަމަކީ
ޭއެނި
31 August 2019
ޢެންްޓި އެކްނޭ ކްރީމް ކިޔަނީ
ކަނބުލޯ
30 August 2019
މަށަށް ވެސް ތި ކްރީމް ވަރަށް ގުޅޭ، ވަރަށް ގިނަ ކްރީމް ޓްރައިކުރި އިރުވެސް މި ކްރީމްހާ ރަނގަޅަށް ރިއެކްޓްކުރާ ކްރީމެއް ނުދެކެން، އައި ރެކޮމެންޑް ދިސް