ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ސްޕޯޓްސް ކޯޕަރޭޝަނުގެ ބައިވެރިވުން މުހިއްމު: މަހުލޫފް

03 ސެޕްޓެމްބަރ 2019 - 15:55

1 comments

ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިފައި އޮތުން މުހިންމު ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަނާ އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މަހުލޫފެވެ.

ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރެވުނީ 61 ރަށަކަށް ޖިމް ސާމާނު ގެނައުމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރާ މަސައްކަތުގައި ޖިމްގެ ސާމާނު ގެންނަން 8.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި މި ސާމާނު ރަށްރަށަށް ގެންގޮސް އިންސްޓޯލްކުރުމަށް އިތުރު ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ވަނީ ޖިމް ގާއިމުކުރާ ރަށްރަށުން ބިން ހަމަޖައްސައިދިނުމަށް އެ ރަށްތަކަށް އަންގައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ޖިމް ސާމާނު ގެނައުމުގެ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުން ސޮއިކުރުމަކީ މުސްތަގުބަލުގައި މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަނުން ކުރަން ހުރި ގިނަ މަސައްކަތްތަކެއްގެ ފެށުމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކޮށް އަޅުގަނޑުމެންގެ އިސް ބައިވެރިއެއްގެ ގޮތުގައި އޮތުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ހުރިހާ ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ސަރުކާރުގެ ފަރާތުން ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮޖެކްޓްގެ ތެރެއިން ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި ރަށްރަށުގައި ތިބޭ ސްޕޯޓްސް ކައުންސިލަރުންގެ އެހީގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

މާއްޓޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުގެ ޒިންމާ ވީ އެންމެ ފުރިހަމަ އަށް އަދާކުރުމަށް، އަލަށް އައި ބޯޑުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކުރުމުގެ ޕްލޭންތަކެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރެވޭ މަސައްކަތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް މާއްޓޭ ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް އިސްކަމެއް ދީގެން 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ގިނަ މަސައްކަތްތަކެއް ކުރެވޭއިރު. ސްޕޯޓްސް ކޯޕަރޭޝަނުން ވެސް ވަރަށް ރަނގަޅަށް އޭގެ މަސައްކަތްތަކުގައި ބައިވެރިވާނަން،" މާއްޓޭ ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ސަރުކާރުގެ އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ބަޔަކަށްވާއިރު އެކަން ކުރެވޭނެ ގޮތްތަކެއް ހޯދައި އެ މާހައުލު ގާއިމްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން ކަމަށް މާއްޓޭ ވިދާޅުވި އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު ބަންޑާރަ

03 September 2019

ކޯަޕަރޭޝަނެކޭ. ކިހާވަރަކުން ދާނެބާ. ޢެއްބައި ކޯޕަރޭޝަން ދަރަނިން ސަލާމަތް ނުވެގެން. ޢަނެއްބައި ކޯޕަރޭޝަންތައް ފައިސާގަނޑު ކައިހުސްކޮށްގެން. ޢަނެއްބައިކޯޕަރޭޝަން މަސައްކަތްކޮށްކޮށް މަސައްތަ ނުމިމިގެން. މިހެންގޮސް ކިޔާނެކަމެއްނެތް. މިތަންތަނަކީ ލިބޭމެ. ލިބޭއެއްޗެއް ނުހުމްނަ.ފޫނެއްބާލިދީ ތަކެއްނު. ކޯޕަރޭޝަންގެ ނަމުގެ ބަދަލުގައި "ފޫނެތް ނާށި" ކިޔަމާހިނގާދެން. މިސާލަކަށް "މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ފޫނެތްނާށި:

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454