މުރްސީގެ ދަރިކަލުން އަބްދުﷲ މުރްސީ. --ފޮޓޯ:އަނަދޮލޫ އެޖެންސީ
05 ސެޕްޓެމްބަރ 2019 - 13:23
ގާހިރާ (ސެޕްޓެމްބަރު 5) - އަވަހާރަވެފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ އަށް ހާޓް އެޓޭކެއް ޖެހި ބުދަ ދުވަހުގެ ރޭ އަވަހާރަވެއްޖެ ކަމަށް އާއިލާގެ ވަކީލް ބުނެފި އެވެ.
ވަކީލް އަބްދުލް މުނީމް އަބްދުލް މަގްސޫދު ބުނީ އުމުރުން 25 އަހަރުގެ އަބްދުﷲ އަށް ހާޓް ޖެހުނު އިރު އޭނާ ދިޔައީ ކާރު ދުއްވަމުން ކަމަށެވެ. އޭނާ ބުނީ ކާރު ހުއްޓުވައި އަބްދުﷲ ހޮސްޕިޓަލަށް ގެންދިޔައީ ކާރުގައި އިން ރަހުމަތްތެރިއެއް ކަމަށެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތަކުގެ ޝަރީއަތް ހިންގުމަށް ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވީ މިދިޔަ ޖޫން 17 ވަނަ ދުވަހު އެވެ. މުރްސީ، 67، އަވަހާރަވީ އޭނާގެ ވެރިކަން ސިފައިންގެ ބަޣާވާތަކުން ވައްޓާލުމަށް ފަހު ޖަލު ބަންދުގައި ހުންނަވާތާ ހަ އަހަރު ފަހުންނެވެ.
މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހު ސީސީ އަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ އިސް ވެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޭވީޖޯނސް
05 September 2019
ބޮޑަށް ވައްތަރީ ހަމަ ބަޔެއްގެ ހަމަލާއެއްކަމަށް ....މުރުސީ ދަރިޔަކަށްވީތީ
ހެޔޮ ހިތުން
05 September 2019
ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި އެވެ.އާއިލާއަށް ކެއްތެރިކަން ދެއްވާށި އެވެ. މި މަރު ވެސް ރަގަޅަށް ތަހްޤީޤު ކުރުމަށް ގޮވާލަމެވެ
ސަލާމާ
05 September 2019
އަވަހާރަ ވީބާ ؟ ނުވަތަ ސަރުކާރުގެ ރޭވުމަކުން އަވަހާރަ ކޮށްލީބާ ؟މީ ބައެއް ފަރާތްތަކުން ކުރާސުވާލެއް، މިގޮތައް ސުވާލު ކުރަނީ މިސްރުގެ ސަރުކާރު ގެ ޢަމަލުތައް ހުންނަ ގޮތުން ކަމަށް ބެލެވެއެވެ.