ދިވެހި ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަން ދަނީ: ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ދިވެހި ފިރިހެނަކު ވަނީ ރޭ ނިޔާވެފައި. -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު
20 ސެޕްޓެމްބަރ 2016 - 11:47
މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސްވެގެން ފަރުވާދެމުން އައި ފިރިހެން މީހާ ރޭ ނިޔާވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި ކޯމާއެއްގައި އޮވެ ނިޔާވީ އއ. އުކުޅަހު މީހެއް ކަމަށްވާ މުހައްމަދު ތައުފީގު 70، އެވެ.
ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އައި ތައުފީގު ހައްޖު ދުވަހުގެ ކުރިން އެޑްމިޓްކުރީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.
މި ފަހަރު ހަރަމައިން ޖަމާއަތުގެ ހަވާލުގައި ދިޔަ މީހަކާއި ސިސިލްފަރު ޖަމާއަތުގައި ދިޔަ މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ ރ. ހުޅުދުއްފާރު، ކަނޑު ފިނިގޭ، ޖަމީލާ މުހައްމަދާއި ފުވައްމުލައް ދޫޑިގަމް އަރާމަގުގެ އަބްދުﷲ ނާސިރެވެ.
ހައްޖުގެ އަޅުކަމަށް ފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އާއި އެކްރޯ އަދި ޒައީ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ ގިނަ ހައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއް ކަމަށްވާ ސިސިލްފަރު، ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފ
22 September 2016
ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއް ކަމަށްވާ ސިސިލްފަރު، ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ
އަހްމަދު
20 September 2016
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون މާތްﷲ މަރްހޫމަށް ހެޔޮރަހޮމަށް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި. އާމީން! އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި
އަމީން
20 September 2016
އިންނަ ލިﷲ ވައިންނަ އިލަާހި ރާޖިއުން