ކިޑް ފޭދޫގައި ހިންގާ ފިހާރަ ކުރިމަތީގައި.
11 ސެޕްޓެމްބަރ 2019 - 10:30
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރާ ގުޅޭ ގޮތުން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ރޭ އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލައިފި އެވެ.
އިއްޔެ ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރޭގައި އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑް) އެވެ. އޭނާ ދިރިއުޅޭ ގެ އާއި ފޭދޫގައި ކިޑް ހިންގާ ފޮތި ފިހާރަ "ފޮތި ގަރާޖް" ރޭ އިރާކޮޅު ފުލުހުން ފާސްކުރި އެވެ.
ރޭ އަށެއް ޖަހަން އުޅެނިކޮށް ގަން ޕޮލިިސް ސްޓޭޝަނަށް އޭނާ ގެންދިއުމަށް ފަހު އޭގެ ތިން ގަޑިއެއްހާ އިރު ފަހުން ބަޔާނެއް ނެގުމަށް ފަހު ދޫކޮށްލީ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.
މީގެ ފަސް އަހަރު ކުރިން ގެއްލުވައިލި ރިލްވާނާ ގުޅޭ ގޮތުން މަރުގެ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓްގައިވާ ގޮތުން ރިލްވާން ކިޑްނެޕްކޮށްގެން އެރުވި ދޯނި ހަމަޖައްސައި ދިނީ ކިޑެވެ. ރިޕޯޓްގައިވާގޮތުން އއ. އުކުޅަހު އެ ދޯނީގެ ވެރިޔާ އަކީ އެ ރަށު މާވަޑިއާގޭ މުހައްމަދު ރާޝިދު ނަމަކަށް ކިޔާ މީހެކެވެ.
މަރު ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން ކިޑް ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ފޭސްބުކްގައި ދޮގުކޮށްފަ އެވެ.
ކިޑް މި މަހުގެ ހަތަރު ވަނަ ދުވަހު ލިޔުނު ސްޓޭޓަސްއެއްގައި ބުނީ ރިލްވާނުގެ މަރާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަމަކީ އޭނާގެ އަގު ވައްޓާލައި އަބުރު ކަތިލަން ބަޔަކު ދައްކާފައިވާ ވާހަކައެއް ކަމަށެވެ. އަދި ތަހުގީގާ ގުޅޭ ގޮތުން ކުރިމަތިކުރާ ކޮންމެ ކަމަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުލްޤު
11 September 2019
މީ ހާދަމަޖާ ކަމެކޭ. މަރާލި މީހާގެ ފޮޓޮއެއްހާ ހިސާބުވެސް ނުފެނޭ. ހަމައެކަނި ދޯނި ހަމަޖެއްސިއޭކިޔާފަ އަދި އެވެސް މީހަކު ބުނި ބަހަކަށް އެއްވެސް ހެއްކެއް ނެތި މީނަގެ ފޮޓޯ މުޅި މީސްމީޑިއާގަ. އަބުރާ އިއްޒަތް ކަތިލަން ޖައްސާ ޕްރޮޕެގެންޑާއެއްތަ؟
ކޮްންސެޕްޓް
11 September 2019
ވަކި ބަޔަކަށް ނިޞްބަތް ވާކަމުގެ ސިފަ ލިބިގެންވޭ
ކޮންފްލިކްޓް
12 September 2019
ކޮންސެޕްޓަށް ބޮޑަށް އެނގޭނީ ދޯ ކިކިކި
ޑދދދ
11 September 2019
އަހަރެންގެ ދޮންބެ ދުވަހަކުވެސް ތިވަރު ކަމެއް ނުކުރާނެ
ޑަޑަ
12 September 2019
އަސްލުވެސް
ހައްޔަރު ކުރޭ
11 September 2019
މީނާގެ ފޭސްބުކްގައި މިހާރުވެސް ޓެރަރިޒަމްއަށް ދައުވާ ކުރޭވަރުގެ އެއްޗެހި ލިިޔެފައި އެބަހުރި. ކަޑައެޅިގެން މީހުން މަރަން އިންޒާރުދީ ތިމަންނާގެ ބައިވެރިން ފޮނުވައިގެން ދުވަސް ދުއްވާލަފާނަމޭ ކިޔާފައިވެސް ލިޔެފައި އެބަހުރި.
ހިތްވަރޭ
12 September 2019
ކަލޭ ބަލަނީ އެއްލޮލުން ދޯ ހަހަހަ ކޮބާ ޓެރަރިޒަމަކީ
ސުއޫދު
11 September 2019
ސުއޫދު އަކީ ކާކުކަން އެނގޭނެ އޭނަކާރިއަށް މައްސަލަތަކުގަ ގޮސްފަ ތިބި މީހުންނަށް. ކުރާ ކޮންމެ ކަމެއްކުރާނީ އަމިއްލަ އެދުން އިސްކޮށްގެން
ީފޮނިޓައްޕު ހަސަނު
11 September 2019
އަދި ތަންކޮޅެއް އަަވަސް މި މީހާ ހައްޔަރު ކުރަން. ހެއްކާ ގަރީނާ ނައްތާލާ ފަހުން ހައްޔަރު ކުރެވުނީމަ މަރާލެވުނު މީހާއަށް އިންސާފު ރަނގަޅަށް ހޯދައިދެވޭނީ. އެހެންތާ ވާނީ ޑޮޓް ޖަމާއަތުގެ މީހުން ދެކެ ދައުލަތުގެ މުއައްސަސާތައް ބިރުގަންނަނީވެސް ވަކިވަރަކަށް ނޫނިއްޔާ.
ދީނާ ގައުމު
11 September 2019
ކޮބާތަ ފާޅުގަ ދީނަށް ފުރައްސާރަ ކުރަމުން، އެއްޖިންސުން ގުޅުން ހިންގަމުން، ރާބޮއެ ފަތްބޮމުން ވާނުވާ ނޭގޭ މީހުން ހިފާ ހައްޔަރު ކުރާކަށް ނުވޭތަ؟ މިގައުމުގެ ގާނޫނު އަސާސީ އާއި ދެކޮޅުވެ، ދީނާ ދެކޮޅުވެ، ފާޅުގަ އެކަކު ކިބައިން އަނެކަކު ބާރު ލިބިގެން މިހިންގާ ޕުރޮޕެގެންޑާ ހުއްޓުވާކަށް ނުވޭތަ؟ އަހަރެމެން ނަކީ މުސްލިމުންކަން ހަނދާން ނަތްތާނުލާތި، މި މުޖުތަމައު ހަލާކު ކުރަން މިއުޅެމީހުން ތައް ހިފާ ހައްޔަރު ކުރޭ!
މުޖީ
12 September 2019
އަސްލަށްވެސް
އިޙްސާސް
11 September 2019
މިޤައުމުގެ ބޮޑު ޖޯކު. ރިލްވާން މައްސަލައިގައި "ކިޑް" ގެ އަތެއްވާކަން ރިޕޯޓު ކިޔަމުން ނަމާއެކު ބުނެފަ އޭގެ މާފަހުން އޭނާގެ ގެއާ އަންނައުނާ ފޯނާ ލެޕްޓޮޕް ބަލަން ފުލުހުން ދިޔަޔޭކިޔާފަ އެއްޗެއް ފެންނާނެބާ. އޭނަ ހެކި ނައްތާލާކަށް އެއީ މާބޮޑުކަމަކަށް ނުވާނެ. ނިކަން ރެޑްކޮށް ހިފާބަލަ.
ޖިސްމު
12 September 2019
މިހާދުވަސްވާއިރު ކޮން ހެއްކެއް. ދޯނި ހަމަޖެއްސި ސްލިޕް؟ ފޯން ކޯލް؟ ހާދަ ހީވެޔޭ މީ ބޮލުގަ،އަޅުވަނީ ޔޭ
ހުއްބުލް ގަލަން
11 September 2019
މިކަމެއް މިރާއްޖޭގައި ހިގާތާ އެތަކެއް ޒަމާނެއްވެއްޖެ. ހަރުކަށި ފިކުރު ފެތުރުމާއި ދިވެހި ޒުވާނުން މަގުފުރައްދައިގެން އަފްގާނިސްތާނަށާއި ސީރިއާއަށް ފޮނުވުންފަދަ އެތައް ޖަރީމާތަކެއް މިރާއްޖޭގައި ހިންގައިފި. މިކަންކަން ފުލުހުންނަށް ބަލަން މިފެށުނީ މިއަދު. ދެރަކަމެއް.
ޙިނި
11 September 2019
ޢަދި މަޑުކުރޭ ، އެބުނާ އއ. އުކުޅަހު މީހާޔާ ސުވާލުކުރާނީ ސޯޝާލް މީޑިޔާ ގަ އެވާހަކަ ވައިރަލްވީމަ