އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި ނައިބު ރައީސް އަމްޖަދު މުސްތޮފާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އަމްޖަދުގެ ދައުރު ހަމަވާތީވެ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ސެޕްޓެމްބަރ 2019 - 13:59
އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އަންނަ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ އެވެ. އަދި އެ މަގާމަށް ހުށަހަޅަން ބޭނުންވާ ފޯމު ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
Applications open for Elections Commission Member https://t.co/xb836lJd3P
— Presidency Maldives (@presidencymv) September 11, 2019
ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް
ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަނުގައި ތިބެނީ ފަސް މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޕަ އަހަންމަދު
11 September 2019
ޝަރިއްޕެ އިސްތިއުފާދޭންއުޅެފާ އަދިވެސް އިސްތިއުފާނުދެނީތަ؟
ތުނިޔަ
11 September 2019
އޭރުން މުސާރަޔޯ؟