ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި ގެއެއް ބަލައި ފާސްކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ސެޕްޓެމްބަރ 2019 - 21:06
ރިޔާސީ ކޮމިޝަންގެ ތަހުގީގަށް 17 ތަނަކާއި 11 މީހެއް ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން މިރޭ ނިންމާލައިފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރެއިން ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލައާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު މިދިޔަ އާދިއްތަ ދުވަހު ވަނީ ކޮމިޝަނުން ދީފަ އެވެ.
ފުލުހުން ބުނީ ކޮމިޝަންގެ ބޭނުމަށް ހޯދި އަމުރުތަކުގެ ދަށުން ރެއިން ފެށިގެން މާލެ އާއި އައްޑޫގެ ތަންތަން ފާސްކޮށްފައިވާ ކަމަށެވެ. އެއީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނަކަށް ވާތީ އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
"އެ ކޮމިޝަނުން މި ސާވިސްއާ ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ފުލުހުން އިއްޔެ އިން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލެ އާއި އައްޑޫގެ އިތުރުން ކަނޑުމަތީގައި ވެސް ފުލުހުންގެ އޮޕަރޭޝަން ހިންގި އެވެ.
ރިލްވާން ވަގަށް ނެގުމަށް ފަހު އެރުވިކަމަށް ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ބުނާ ދޯނި ހަމަޖެއްސި އަހުމަދު އަގްލީލް (ކިޑް) ވެސް، އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ބަޔާން ނެގުމަށް ފަހު ރޭ އޭނާ ދޫކޮށްލީ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު ކަދުރު
12 September 2019
ވީކަމެއް ނުވާކަމެއް ކޮންކަމެއް " ނުކުޅޭ ފަރާތްތަކަށް އރންސްޕާއިން ދޭ ހިލޭ އެހީ މިސަރުކާރަށް ދޭންފެނޭ!.
އަހުމަދުބެ
12 September 2019
ރަނގަޅު ހައެއްކަ މިލިއަން ރުފިޔާ ދުއްވާލާފަ ވާނެ ތި އޮޕަރޭޝަނަށް.
ބަބުރުލް ސަލީމް
12 September 2019
ކުރާނެކަމެއް ނެތިއްޔާ މީވެސް ކުރަން ހަމަ ރަނގަޅު ކަންތައް. ގައިމު ވައިވެގެން އުޅޭކަށް ނުޖެހޭނެތާ.
ޅަބޭ
12 September 2019
17 ތަނަކާއި 11 މީހެއް ފާސްކޮށް ފުލުހުންގެ ޓެލެޑުރާމާ ނިންމާލައިފި. ތިކަހަލަ ޓެލެޑުރާމާ ޔާމީނުވެސް މާލެތެރެއައް ސިފައިން ނެރިގެން ކުޅުނު.
ފައިވާނު
11 September 2019
ކުރީދުވަހު މީހެއްގެއަތުން ޑުރަގުހޯދީމަ ބުނީ އެތައްލައްކަ ރުފިޔާއެއްގެ އޮޕަރޭޝަނެއް ހިންގައިގެން އެވަރު ޑުރަގުކޮޮޅެއް ހޯދީމަ ކޮންތާކުހޭ ޖެހެނީ. ދެން މިއޮޕަރޭޝަނެއް ހިންގައިގެން ފެނުނީ ކޯނޗެއްތޯ ބަލަންޖެހެނީ. އެތައް މިލިއަނެއް ހަރަދުވެފަ ހުންނާނީ.
އާރީ
11 September 2019
ތި ހިންގި އޮފަރޭސަނުގެ ސާފްސީދާ ތަފްސީލެއް ދެންވަފާނަށްތޯ?
ދެބޯގެރިރު
11 September 2019
ސުއޫދު ބުނެގެން ކުޅުނު ޑުރާމާ ނިންމާލީ. މިއީ މަޖިލީހަށް ރިޕޯޓު ދިނުމުން އަމާޒުވި ފާޑުކިޔުންތަކުން ރެކެންޖެހި މަޅިއަކާއެއްހެން ހީވަނީ. ވައްތަ
ފާރަލާމީހާ
11 September 2019
ތިޔަށްކިޔަނީ ޖަމަލުފޮޑި
ތުނިޔަ
11 September 2019
ޑްރާމާ ނިންމާލީއޭތޯ؟
ޗޮކޮލެޓީނިއޯ
11 September 2019
ތިޔެކޭ ޔާމީނު ދައުރުގެބޮމުގެކުޅިވަރެކޭނެއްތަފާތެއް