އަނޫޝް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު: އެ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް އޭނާ ވަނީ ހަމަޖައްސާފައި -- ފޮޓޯ/ސޯޝަލް މީޑިއާ
12 ސެޕްޓެމްބަރ 2019 - 19:17
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަނަކަށް ކުރީގެ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް ހަމަޖައްސައިފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް މިއަދުން ފެށިގެން އަނޫޝް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދާދި ފަހުންނެވެ.
JP welcomes and congratulates Ahmed Anoosh @IamAhmedAnoosh as Spokesperson of the party. @qasimibrahim @bufalhi_Hussain @jpspokesperson @VTVvmedia @Mihaarunews @avasmv @addulive @Miadhu_News @raajjemv pic.twitter.com/d2ARHsjFmW
— JP Secretariat (@JPSecretariat) September 12, 2019
ޖުމްހޫރީ ޕާޓީން ކުރި ޓްވީޓް
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގަ އާއި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އަނޫޝް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފުރަތަމަ ގުޅިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓާ އެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަނަކަށް އަނޫޝް ހަމަޖެއްސި ނަމަވެސް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަނަކީ އަދިވެސް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ އިތުރުން އެ ޕާޓީ ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
13 September 2019
ޤާސިމަކަ ވޯޓް ނުދޭނަން ދެނެ.
ރަނގަޅު
12 September 2019
އެއްޗެކޭ ނުބުނިއްޔާ ރަނގަޅު ވާނީ