ވަޓްފޯޑްގެ ކިކޯ (ކ) ކައިރިން ބޯޅަ ހޯދަން އާސެނަލްގެ އޮބާމަޔަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
16 ސެޕްޓެމްބަރ 2019 - 10:07
ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދެކެވި އެކަން ހައްލުކުރާނެ ގޮތް ބުނެދީގެން ވެސް އަދި އެކަން ކާމިޔާބުނުވާ ކަމަށާއި އެހެންވެ އެކަމާ ބެހޭގޮތުން ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ލީގުގައި ރޭ އާސެނަލުން ފުރަތަމަ ހާފުގައި ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ދެ ގޯލުން ރަނގަޅު ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ވެޓްފޯޑުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ވެޓްފޯޑުގެ ލަނޑުތައް ޖެހީ ޓޮމް ކްލެވަލީ އާއި ރޮބާޓޯ ޕެރޭރާ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އާސެނަލް އޮތީ ހަތް ވަަނައިގަ އެވެ. މިހާތަނަށް އެ ޓީމަށް ލީގުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު، ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ އިތުރުން ފަހަތުން އަންނަނީ ގިނަ ގޯސްތަކެއް ފެންނަމުންނެވެ.
ރޭގެ މެޗަށް ފަހު އެމެރީ ބުނީ ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ވިސްނުމެއްގައި މެޗު ފެށިގެން ނިމެންދެން ކުޅުން ކަމަށެވެ.
"ތަކުރާރުކޮށް އެއް ވާހަކައެއް އަހަރެން ވިސްނައިދެމުން މި އަންނަނީ. އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅު ހާލަތްތައް ވެސް އެބައާދޭ. އެކަމަކު އެ ދަނޑިވަޅުތަކުގެ ބޭނުމެއް ނުހިފޭ. ދެން އަހަރެމެންގެ ކުޅުން ގޯސްވާ ވަގުތުތަކުގައި ކުޑަ ހިތްވަރެއް ލައިގެން ވެސް އިދިކޮޅު ޓީމު ހުއްޓުވޭނެ ގޮތެއް އަދި ނުފެނޭ. އަހަރެން މި ދަނީ ކިޔައިދެމުން. އެހެންވެ މީގައި ހައްލު އޮތީ ކުޅުންތެރިންގެ އަތުގައި. އަހަރެން ދައްކާނެ ވާހަކަތަކެއް ނެތް،" ހިތްހަމަނުޖެހިފައިހުރެ އެމެރީ ބުންޏެވެ.
އާސެނަލްގެ ކެޕްޓަން ގްރޭނިޓް ޝާކާ ބުނީ ރޭގެ މެޗުގައި އެ ޓީމު އަތުން ޕޮއިންޓް ގެއްލުނީ ދެ ވަނަ ހާފްގައި ވެޓްފޯޑް ދެކެ ޖެހިލުންވެ ތިބެ ކުޅުމުން ކަމަށެވެ. އެކަމަކު އެމެރީ ވަނީ ޝާކާގެ ވާހަކަތަކަށް އެއްބަސްނުވާ ކަމަށް ބުނެފަ އެވެ.
"އެއީ ހަމައެކަނި އެންމެ ކުޅުންތެރިއަކު ދެކޭ ގޮތް ކަމަށް ވެދާނެ. މި މެޗުން މޮޅުނުވެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން،" ކުރިން ވެލެންސިއާ އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
ލީގުގައި ރޭ ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-1 އިން އެވަޓަން ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫހީ
16 September 2019
އެމެރީ ކަލޭ މައްސަލައަކީ. ފެންވަރެއް ނެތް ޒަކާއަށް ކެޕްޓަން ބޭންޑް ދީގެން ކަލޭގެ ޕީއެސްޖީ ބޯއީ ލުއިޒް ލައިގެން ޓީމް ހަލާކު ކުރަނީ. ޓޮރެއިރާއާ އޮޒިލް ފުރަތަމަ އެގާރައަށް ނާރާވަރުގެ ސްކޮޑެއް ނޫން އާސެންލްގަ އޮތީ. ސަޕޯޓަރުނެގެ ޕްރެޝަރ ބޮޑުވެގެން ރޭގަ އޮޒިލް އަރުވާފަވެސް ޓީމް އެއްމެ ޕްރެޝަރއަށް ދިޔަ ގަޑީގަ އެއްޗެއް ކްރިއޭޓް ކުރަން ހުރި އޭނަޔާ ސެބަޔޯސް ބޭލީ. ޕީއެސްޖީ ގޮވައިގެން ފާމާސް ލީގް ނެގުނަސް ޕްރެމިއަރ ލީގްގަ ނުވާނެ ދޮންކަލޯ
ރަދީފް
16 September 2019
މައްސަލަ ހައްލުނުވާނަމަ އިސްތިއުފާ ދީފަ ދޭބަލަ.މިހާރު އޮތް ސްކޮޑާއިއެކު ވެންގާހުރިނަމަ މިހާތަނަށް މިސީޒަނުގަ ނެރުނު ރިޒަލްޓަށްވުރެ ރަނގަޅު ރިޒަލްޓްސް އާސެނަލުން ނެރޭނެ.މަރުހަބާ ވޮޓްފޯޑް.1984 ވަނަ އަހަރުގެފަހުން އާސެނަލްއާއިއެކު ކުޅެ ޑްރޯކުރެވުނު ފުރަތަމަ މެޗްގަ ރަނގަޅު ކުޅުމެއް ވޮޓްފޯޑްގެފަރާތުން ފެނުނު.02 ވަނަ ހާފްގަ 22 ޝޮޓް ވޮޓްފޯޑުން ހެދި އިރު އާސެނަލްގެ ކުޅުން އޮތީ ރޫޅިފަ.އަދި ރަނގަޅުވާނެ.އިންޝާﷲ.ވ.ވެދުން
ރިގްރެޓްސް
16 September 2019
ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. އެކަން އެނގިތިބެ ނޫންތަ އެތައް އަހަރެއް ވަންދެން، އާރސެނަލަކީ ބަޔަކު ދަންނަ ޓީމަކަށް ހަދައިދިން ކޯޗު ބޭރުކުރަން "ވެންގާ އައުޓް" ކިޔަމުން ދިޔައީ؟ ރަދީފް ތިޔައީވެސް މިޝުއޫރު އެންމެ ބޮޑަށް ފާޅުކުރި އެކަކު. މިހާރު އެލިބެނީ އާރސެނަލަށް ލިބެންވާ މަގާމު. ނަމަނަމައޭ ނުކިޔާ.
އެމެރީ
16 September 2019
އޯކޭ، ކަލޭ ނުބުނެގެން ހަމަ މިހުންނަނީ އިސްތިއުފާ ދޭން. ވަރަށް ގިނަ ނޫސްތަކުގެ ކޮމެންޓް ސެކްޝަން ކިޔާލެވިއްޖެ ރަދީފްގެ ކޮމެންޓެއް ފެނޭތޯ. ދެން މިދަނީ އިސްތިއުފާގެ ކަންކަން ފުރިހަމަކުރަން. "ވެންގާ އިން".
ވެންގާ
16 September 2019
ޖެހި ފޮޑި ފުލަށް؟
އެޖެންޑާ19
16 September 2019
މިހާރު ޓޭބަލްތަކުގައި އެއީ ރަދީފްގެ ޓީމްތަކުގެ ހައްގު މިންވަރޭ ބުނަން ނެތީމުދޯ؟ ބާރސާ 5ވަނަ އަދި އާރސެނަލް 7ވަނަ އެއީ މިދެޓީމާ މާ ބޮޑަށްވެސް ގުޅޭ، ޖަޒީރާވަންތަ ވަނައެއް ކަމުގައި އަޅުގަނޑުމެން ދެކެން. މަރުހަބާ ރަދީފް
ރަދީފް
16 September 2019
ކަލޭމެންތިޔައީ 02 އަނގައިން ވާހަކަދައްކާ ބައެއްތަ؟؟؟!!! އެއްފަހަރު ބުނާނެ ދެ އަހުގެ ރޭހެއް ނޫނޭ އީޕީއެލްއެއީ.ބޮޓޮމްގަ އޮންނަ ކްލަބުން ޓޮޕް 5 ގެ ކްލަބްތައް ބަލިކުުރާނެއޭ.އެކަން އެގޮތަށް ހިނގީމަ ތިކިޔަނީ އެހެން ޅެމެއް.އަދި ބާކީ އެބައޮތް 33 މެޗް.އެހެންވީމަ 7 ވަނަ އަދި 5 ވަނައިގަ އޮތަސް މަމެން ޖެހިލުމެއް ނުވޭ.ވީވިލް ބައުންސް ބެކް.އިންޝާﷲ.ވ.ވެދުން
ރިގްރެޓްސް
16 September 2019
އަލަށް ޕްރޮމޯޓްވި ނޯރވިޗް އިން ޗެމްޕިއަން ސިޓީ ބަލިކޮށްފި. ދެނޯ؟ އެކަމަކުވެސް އާރސެނަލަށް ގަދަ 4 ލިބިދާނެ ކަމާމެދު ޝައްކު.
އަސްލު ހަގީގަތް
16 September 2019
ކޮބާ ރަދީފް. މިކަމުގެ ހައްލަކީ ރަދީފް ކުޅުންތެރިންނާ ވާހަކަދެެއްކުން ކަމުގައި ދެކެން. ރަދީފްގެ ސައިކޮލޮޖީ ކުޅުންތެރިންނަށް ނަގައިގަންނަން ފަސޭހަވާނެ. މަރުހަބާ. 7ވަނަ އެއީވެސް ކުރިއެރުމެއް.