ސޭންޑްސް ސްޕާގެ މުވައްޒަފުންނާއެކު މެމްބަރު ރޮޒެއިނާ ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ސޭންޑްސް ސްޕާ
18 ސެޕްޓެމްބަރ 2019 - 16:25
"ސޭންޑްސް ވެލްނެސް އެންޑް އެސްތެޓިކް"ގެ ނަމުގައި އެކި ޓްރީޓްމަންޓުތަކަށް ހާއްސަ ސްޕާއެއް މާލޭގައި ހުޅުވައިފި އެވެ.
ދެ ޖިންސުގެ މީހުންނަށް ޚާއްސަ މި ސްޕާ ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. މި ސްޕާ އިން ހަށިގަނޑުގެ ތަފާތު ޓްރީޓްމަންޓުތަކުގެ އިތުރުން މަސާޖް ތެރަޕީ އާއި ސްޕެޝަލައިޒް ޓްރީޓްމަންޓުތަކާއި އެކްސްޕްރެސް ހިދުމަތް ލިބޭނެ އެވެ.
ހ. ކަނދުގޮސްދޮށުގެ ހަވަނަ ފްލޯގައި ހުޅުވި މި ސްޕާ އަކީ ބުރަކޮށް އުޅޭ މީހުންގެ ހާސްކަން ފިލުވުމަށް ހިތްގައިމު މާހައުލެއް އޮތް ސްޕާ އެކެވެ. މި ސްޕާގައި ދޭ ޓްރީޓްމަންޓުތަކުގެ ސަބަބުން ހާސްކަން ކުޑަކޮށް ދެ އެވެ.
މެމްބަރު ރޮޒެއިނާ ސޭންޑްސް ސްޕާ ހުޅުވައިދެއްވަނީ-- ފޮޓޯ: ސޭންޑްސް ސްޕާ
ސޭންޑްސް ސްޕާގެ މާކެޓިން އެންޑް އޮޕަރޭޝަންސް ޑިރެކްޓަރު މަރިޔަމް ޝިޒްލީން ވިދާޅުވީ، ސްޕާގައި ބޭނުންކުރާނީ ގުދުރަތީ، ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށެވެ. ސޭންޑްސް ބްރޭންޑަކީ ރާއްޖެ އަށް މަޝްހޫރު ބްރޭންޑަކަށް ހަދައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާ ކުރުމަކީ އެންމެ ބޮޑު މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލާނީ ކަސްޓަމަރުގެ ހިތްހަމަޖެހުމާއި ސިއްހަތަށް. އެހެންކަމުން މި ސްޕާގައި އަޅުގަނޑުމެން މުޅިން ވެސް މި ބޭނުންކުރަނީ އޯގަނިކް ޕްރޮޑަކްޓުތައް. އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ މި ބްރޭންޑަކީ އެންމެނަށް ވެސް އެނގޭ ބްރޭންޑަކަށް ވުން،" ޝިޒްލީިން ވިދާޅުވި އެވެ.
ކަޕަލް މަސާޖްތަކަށް ހާއްސަ ރޫމް-- ފޮޓޯ: ސޭންޑްސް ސްޕާ
ސޭންޑްސް ސްޕާއިން ދޭ މަސާޖުތަކުގެ ތެރޭގައި ރިލެކްސިން މަސާޖާއި އެރޯމާ ތެރަޕީ މަސާޖު ދެނީ ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ތެޔޮ ބޭނުންކޮށްގެންނެވެ. ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަކޮށްގެން ދޭ ސްޕޯޓްސް ރިކަވަރީ މަސާޖުގައި ބޭނުންކުރަނީ އެކަމަށް ހާއްސަ ހާބަލް ބޮޑީ ކޮމްޕްރެސް އެވެ.
މީގެ އިތުރުން ޕެޑިކިޔޯގެ އެކި ޓްރީޓްމަންޓުތާކައި ފުޓް ބާތްސް އާއި ބޮޑީ ސްކްރަބްގެ ހިދުމަތްތައް ވެސް މި ސްޕާއިން ލިބޭނެ އެވެ. މި ސްޕާގައި ހުރިހާ ޓްރީޓްމަންޓަކަށް ވެސް ފުރިހަމަ ޕްރައިވެސީ ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
18 September 2019
މަހީކުރީ މާލޭގައި ސްޕާ ހިންގުމަކީ މަނާކަމެއްކަމަށް. އެކަމަކު ހިންގީމާ ހިންގޭނެދޯ.
ވޯލް
18 September 2019
ދިވެހިންގެ ވިސްނުން މިހުންނަނީ އަބަދުވެސް އެންމެ ގޯސްކޮށް، މަސާޖް ތެރަޕީއަކީ މީހާގެ ވަރުބަލިކަން ފިލުވާލަދޭ ކަމެއް. ރާއްޖޭގެ ރިސޯޓުތަކުގައި އެތައް ސަތޭކަ ޑޮލަރެއް ދީފަ މި ހިދުމަތްތައް އެދެނީ. އެހެންވީމަ ދުނިޔޭގެ ސުވަރުގޭގެ ނަމުން މަސޫރު ރާއްޖޭގެ ކެޕިޓަލް ސިޓީގައި އުޅޭ ރައްޔިތުްނނަށް ހަތްފޯރާ ފަށެއްގައި ޕްރޮފެޝަނަލް ހިދުމަތް ލިބެންޖެހޭ.
އިޙްސާސް
19 September 2019
މަސާޖު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން. މައްސަލައަކަށް ވަނީ ހިލޭ އަންހެނަކު ހިލޭ ފިރިހެނެއްގެ ގައިގަ މަސާޖުކުރަން އަތްލާތީ ނޫނީ ހިލޭފިރިހެނަކު ހިލޭ އަންހެނަކު ގައިގަ މަސާޖުކުރަން އަތްލާތީ.
ދޮން އާދަނު
18 September 2019
ހޫހޫހޫހޫ ކުދިން ގެ މޫނަށް ބަލާލީމަ އެބަ އިގޭ އެކި މިންގަނޑުން އަގުތަށް ހުރިކަން އެންމެ އާދައިގެ މީހާ އަށް ވެސް އެފޯޑް ކުރެވޭ ވަރު އެބަހުރިހެން ހީވޭ
ރިޝްމާ
18 September 2019
ދޮން އާދަނުމެން ތިއުޅޭގޮތަކަށް ނޫން ހުރިހާ އެންމެން އުޅެނީކީ. މީހުންގެ ކުލައަކަށް ، ލޮލަކަށް ، ކަދުރާއަށް ބަލާފައެއް ނޭގޭނެ މިންގަޑެއް.. މީހުންގެ އަގުވައްޓަން ނޫޅޭ. އާންމު ތަންތާ މީހުން ލިޔެއުޅޭ ގޮތާ ވާހަކަ ދައްކާގޮތް ފުރަތަމަ ދަސްކުރޭ.. ދަރިއަކު ހުރިއާ ނޫނީ އާއިލާއެއް އޮތިޔާ އެބަޔަކަށް ވެސް ފެންނާނެތާ ތިޔަ ލިޔާ އެއްޗެހި.. ކޮންމި ނަމެއްގަ ލިއުނަސް