ހަނިމާދޫ ބަނދަރު ހެދުމުގެ އެއްބަސްވުން، ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކަޓަރީ ޒީނިޔާ (ކ) އާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު މިއަދު ބަދަލުކުރައްވަނީ.--- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
24 ސެޕްޓެމްބަރ 2019 - 16:12
ހދ. ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީން ސޮއި ކުރެއްވީ އެތަނުގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓެއް ލާނެ ކަމަށެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މުޅި އެކު، 57 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީން ވަނީ އެމްޓީސީސީ އަށް ދީފަ އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށާއި ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ މި މަހު ހަވާލުކޮށްފަ އެވެ. އެ ތިން މަޝްރޫ އަށް ކަނޑައަޅާފައި ވަނީ 47.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
24 September 2019
އެމްޓީސީސީ ނޫން ބަޔަކާ ތި މަސައްކަތްތަށް ހަވާލުކޮށްބަލަ.
ބާގިރު
24 September 2019
އެމްޓީސީސީ އަކީ މިސަރަހައްދުގަވެސް ބަނދަރު ހެދުމުގައި އެންމެ ގާބިލް ކުންފުނި! އެމްޓީސީސީ އާ ބަނދަރު ހަވާލުކޮށްގެން ވާނެ ގެއްލުމެއް ނޯންނާނެ!
ޒަކަރިއްޔާ
26 September 2019
އެމްޓީސީސީގެ ވޯކްފޯސްއަށް ވެސް ކެތްވާނީ ވަކި ވަރަކަށް. ހުރިހާ މަސައްކަތްތައް ރަނގަޅަށް ދާނީ ރަނގަޅަށް މަސައްކަތްތައް ބެހިގެން ވާދަވެރި މާހައުލެއް އުފެދިގެން