ބާ ކައުންސިލްގެ ރައީސް މައުމޫނާއި އެ ކައުންސިލްގެ ބައެއް މެމްބަރުން: އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި -- ފޮޓޯ/މިހާރު
26 ސެޕްޓެމްބަރ 2019 - 12:10
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މަގާމެއް ހުސްވީ އެ ކޮމެޓީގެ މެމްބަރަކަށް ހުންނެވި އައިޝާ ޝުޖޫން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ބާ ކައުންސިލުން ބުނިގޮތުގައި، ހުސްވި މަގާމަށް ކުރިމަތިލެއްވީ އަބްދުއްސަލާމް އާރިފް އާއި ނޫރުބާން ފަހުމީ އެވެ. އެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އިތުރު ހަ މެމްބަރަކާއި ބަންޑާރަ ނައިބެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރީނާ777
26 September 2019
ޔާމީންގެ ވަކީލް ކޯޓުގެ ހުރުމަތްކާޑާ އަދި ހުތުބާ ކީތީ ފިޔަވަޅެއްވެސް ނާޅަންތައް.
ބަބުރުލް ސަލީމް
26 September 2019
ބާކައުންސިލަށް ބާޓެންޑަރެއް ހޯދަނީ ކޮންއިރަކުންތަ؟ މަބޭނުން އެވަޒީފާ.
ދީބާޖާ ފަހުމީ
26 September 2019
އަސްލު ދީބާޖާ
އޮޅުން ބޮޅުން
26 September 2019
ކީއްވެތަ ފަހުމީ އޭ ކިޔަނީ؟