ރަށެއްގެ ބަނދަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ ޝާހު އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 އޮކްޓޯބަރ 2019 - 15:28
ވެރިކަމުގެ ފުރަތަމަ އަހަރު އެންމެ ގިނަ ޕްރޮޖެކްޓުތައް ފެށުމުގެ ރެކޯޑު މި ސަރުކާރަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު ރޭ ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 129 މަޝްރޫއެއް މި ސަރުކާރުން މުޅިން އަލަށް ފަށާފައި ވެ އެވެ. އެއީ ކުރީ ދެ ސަރުކާރާ އަޅާބަލާއިރު ވަރަށް މަތީ އަދަދެއް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ އަހަރު ޓެންޑާ ބޯޑުން 54 ޕްރޮޖެކްޓެއް ދީފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ޓެންޑާ ބޯޑު މެދުވެރިކޮށް ދީފައިވަނީ 70 ޕްރޮޖެކްޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ފެށި ޕްރޮޖެކްޓުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ 77 ޕްރޮޖެކްޓެއް ހިމެނޭ ކަމަށެވެ. އެކަމަށް އެއް ބިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އަށް ބަލާއިރު ވެސް، 25 ރަށެއްގައި 26 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު އެ މަޝްރޫއުތަކަށް 210 މިލިއަން ރުފިޔާ ހަރަދުކުރާކަން ފާހަގަކުރެއްވި އެވެ. ބޯހިޔާވަހިކަމުގެ ތިން މަޝްރޫއަކަށް 151 މިލިއަން ރުފިޔާ، ހަތަރު ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އެއް ބިލިއަން ރުފިޔާ، ހަތް ރަށެއްގައި މަގު ހެދުމުގެ އަށް ޕްރޮޖެކްޓަކަށް 561 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް، މުޅި ޖުމްލަ 129 ޕްރޮޖެކްޓް. 3.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް މިހާރު ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އެވޯޑު ކުރެވިފައިވަނީ،" އަމީރު ވިދާޅުވި އެވެ.
ޓެންޑާ ބޯޑުން ހަވާލުކުރާނީ، މަޝްރޫއުގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނަމަ އެވެ. އެއަށްވުރެ ކުޑަކޮށް ހަރަދު ހިނގާނަމަ ހުޅުވާލާނީ ބިޑް ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
8888
02 October 2019
ރެކޯޑަ ހަދާ ބައެއް މިއީ. ވާދަ މިކުރަނީ ކާކާތަ؟
ތތތހހ
02 October 2019
މިތިބަ އުޅޭ މޮޔަ ކުދިން ކޮޅަކާހެދި އަހުން ކައިރިއަށް އަންނަނީ ހިނި.... ހަހަހަހަހަހަހަހަ
ފެންފޯއް ޕްރޮޖެކްޓް
02 October 2019
އެންމެ ބޮޑު ޕްރޮޖެކްޓަކީ ފެންފޯއް ރުއް ދިރުވަން ކުރާ ކަންތައް. ފެންފޯއް އިންޕޯޓް ކޮއްގެން ލޮނު ގެ އަސަރު ކުރާ ހިސާބުގަ އެ ދިރުވަން އެ ހިންގަނީކީ ކުޑަ ޕްރޮޖެއްޓެއް ނޫން
އަބްދުއްالله
02 October 2019
މަދަރުސާ ގައި ދޭ ހެނދުނުގެ ސައި ދޯ.
ސަމީމް
02 October 2019
ހާ..ހަ.ހަހަހަ..ހާ.ހާ..ހަހަހަހ.. ޖޯކް އޮފްދަ ސެންޗަރީ..
ޒޯރޯ
02 October 2019
32ބިލިޔަން ރުފިޔާގެ ބަޖެޓުން 3.6ބިލިޔަން ރުފިޔާ ޕުރޮޖެކް މިއަހަރު ހަވާލުކުރިކަމަށް ބުނާއިރު ގިނަ ޕޮރޮޖެކްތަކަށް ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ ބަޖެޓުން ހެންހީވަނީ. ބަޖެޓްގެބާކީ ހަރަދުވީ ކޮންތަނަކަށްތޯ؟ މާލެއަށް ނިސްބަތްވާ ޕްރެޖެޓްތަކާއި މާލެ ޕުރޮޖެކްޓްތަކުގެ ލޯނާއި، މާލޭގެ ވަޒީފާގެ މުސާރައިގެ ގޮތުގައާއި ދެންހުރިފައިސާ ހަރަދުކޮށް ހުސްވުމަކީ ހެޔޮގޮތުގައި ކަންކުރުމެއް ނޫން. އެއިން ދައްކައިދެނީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތު ކުރިޔަށް ނެރޭކަން
ޅަނބޫ
02 October 2019
އޭދަފުށި ނަގުތައް ހަދަން އަލުން އެހެން ބަޔަކަށް މީގެ 8 މަސް ކުރިން ހަވާލު ކުރުން؟ އަދިވެސް މަށައްކަތް ނުފަށާ. މިއީ މިސަރުކާރުން އެންމެ ގިނަ މަޝްރޫއު ފެށި ގޮތަކީ. މުޅި ރާއްޖޭގެ އެކި ދިމާލަށް ބެލިޔަސް ކަމެއް ކުރާތަނެއް ނުފެނޭ. މަސްރޫއުތައް ހަވާލު ކުރިޔަސް ނުވާނެ، އަމަލީ ގޮތުން މަސައްކަތް ވެސް ފަށަން ވާނެ. އޭރުން ރިކޯޑަކަށް ވާނީ.
އަލިފުތު ބެއްޔާ
02 October 2019
ބަލަ އަހަރުންވެސް އުޅެނީ މި ގައުމުގަ. ދޮގު ހެދިޔަސް ތީ ބޮޑުވަރު. ސެލްފީ ނެގުން އެއީވެސް މަޝްރޫޢެއް މިސަރުކާރުގަ.
އާންމު
02 October 2019
ތީގަ ގިނައީ ޔާމީން ގެ ޕްރޮޖެކްޓުތައް. ނަމަވެސް ކުރީގެ ސަރުކާރުން ރައްޔިތުންގެ ލާބައަށް ކުރާ ޕްރޮޖެކްޓްތައް މި ސަރުކާރުން ނުހުއްޓުވާ ކުރިޔަށް ގެންދާތީ އުފާކުރަން.
ރައްޔިތުމީހުން
02 October 2019
ބޭކާރު ޕޮލިޓިކަލް ޕޯސްޓް ތައް ދިނުން އެއީ މަޝްރޫއެއް ކަމަށް ބަލާނަމަ ތެދެއް އެންމެ ކުރީގަ އުޅެނީ.. މަތިބަރުކަމުން ވެސް ގާތް ނުކުރެވޭވަރަށް ކުރީގަ، ލޯނު ނެގުމުން ވެސް އެންމެ އުސްމިނުގަ..