ޓީއެމްއޭގެ ސީ ޕްލޭނެއް: އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ގަމުގައި ސީ ޕްލޭން އޮޕަރޭޓް ކުރަން ފަށާނެ.
23 ސެޕްޓެމްބަރ 2016 - 15:48
ކަނޑަށް ޖައްސާ އެއް މަތިންދާބޯޓާ އެކު ސ. ގަމުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން އޮޕަރޭޝަން އަންނަ ނޮވެމްބަރު މަހު ފަށަން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ހިދުމަތްދޭ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އެ އޮޕަރޭޝަން ފެށުމަށް ގަމުގައި ބޭސްއެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި ފުރަތަމަ އޮޕަރޭޝަން ފަށާނީ 15 މީހުންގެ ޖާގައިގެ އެއް ބޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީމެއް އެތަނަށް ގޮސް ޕްލެޓްފޯމް ހެދުމާއި ޗެކިން ކައުންޓަރުތައް ހަދައި ސެޓަޕް ގާއިމުކުރުމުގެ މަސައްކަތްކުރަމުން ދަނީ. އަޅުގަނޑުމެން ނިންމާފައި ވަނީ ޑިމާންޑް އިތުރުވާ ވަރަކަށް ބޯޓުތައް އައްޑު އަށް ގެންދާ ގޮތަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޓީއެމްއޭ އިން ނިންމާފައި ވަނީ ޔޫރަޕުން ގަމަށް އަންނަ ޓޫރިސްޓުން ގއ. އަދި ގދ. އަތޮޅުގެ ރިސޯޓްތަކަށް އުފުލައިދިނުމަށެވެ.
"ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމުގެ އިތުރުން ފޮޓޯ ފްލައިޓްތައް ވެސް ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން ދަނީ އެ ސަރަހައްދުގެ ރިސޯޓްތަކާ ވާހަކަދައްކަމުން ޓޫރިސްޓުން އުފުލައިދިނުމާ ބެހޭ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޕަރޭޝަން ކުރިޔަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަގެންދާ ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި ކްރޫންނާއި އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިން ތައްކާނު
24 September 2016
މަރުޙަބާ ޓީއެމްއޭ އާއި މެނޭޖްމެންޓް އަދި މުވައްޒަފުންނަށް. 2018 އަށް ޖައްސާ ސްޓަންޓަކަށް ނުވާނެކަމަށް އުއްމީދުކުރަން. އައްޑޫދަރިންގެ އެހީތެރިކަން މިއޮޕެރޭޝަނަށް މިންވަރު ކުރައްވާށި. އާމީން.
މާލޭ ފަގީރުކޮއެ
24 September 2016
އައްޑޫ ފުވައްމުލަކު މީހުން މާލޭ މީހުނަށް މާލެ ދޫކޮށްލާފަ ރަށަށް އަންނަންވީ. އޭރުން އިނގޭނެ ޚަރަދު ދެކޮޅުޖައްސާނެގޮތް.
އަހައްމަދު އަހައްމަދޭ
23 September 2016
ކުރީ ދުވަހެއްގަވެސް ލިއުނިން ސަރުކާރުގެ ސިޔާސަތު ހުރިގޮތުން ޓީއެމްއޭ އޮޕަރޭޝަންސް ވެސް ގެންދެވޭނީ ތި މިންގަޑުގައޭ ނަމްބަރުވަން އަލިގަދަ ހެކި ،ހުވަދޫ އަތޮޅުގެ ކޮންމެ ރިސޯރޓަކަށް ކަހަލަ ގޮތަކަށް އެއޮތީ އެއަރޕޯރޓް އެޅުމުގެ ރޯގާއެއް އައިލެންޑްއޭވިއޭޝަނުން ހުވަދުއަތޮޅު ޓޫރިސްޓުން އުފުލުން ހުއްޓާ ލަންޖެހޭފަދަ ގޮތަކަށް ތިޔާ ކަންތަކެއްސަރުކާރަކަށް ފަހި ނުކުރެވޭނެ، އަށްޑޫ ފުއައްމުލައް ބެޑު ކެޕޭސިޓީ އިތުރުނުކުރައްވަނީ އިންޓަރނޭޝަނަލް އޮޕަރޭޝަން ވައިޑު ރޭންޖެއްގަ ކުރިއަށް ގެންދިއުމަށް ބޭނުން ނުވާތީ ،ހަންކެޑެ އިސްމާއިލްހުރާ ގަމު 5ތަރީގެ ހޮޓާ ފުވައްމުލަކު 5 ތަރީގެ ހޮޓާ ،މިތަންތަންހެދިއޮޕަރޭޝަނަށް ހުޅުވާލީމަ ސަރުކާރަށްވެސް ،އިންޓަރނޭޝަނަލް ފުލައިޓްތައް ޖައްސާވަރަށް ޓޫރިސްޓުން މި ސަރަހައްދުތަކަށް ދަތުރުކުރާނެ ،އެއީ އޮޅުމެއްނެތް ކަމެއް، އެހެންނަމަވެސް ،ނޮވެންބަރުންފެށީގެން ތި އޮޕަރޭތް ކުރަނީ ސައިބޯނި ބޮއްކެއްކަން އެނގޭ ހެއްކަކީ މޯލްޑިވިއަނުން ތި ވިޔަފާރި އަށް ޝައުގުވެރި ނުވެ ދުރުވިކަން ،އަށްޑޫ ޓެކުސީ ހަބަށް އިންޓުރަސްޓުނެއްކަން،
ދޮންދީދީ
23 September 2016
ގަން އެއަރޕޯޓު ފީޒިބަލްވާނީ ގަން އެއަރޕޯޓަށް އަންނަ މަތިންދާބޯޓު އިތުރުކޮށްގެން. މަތިންދާބޯޓު އިތުރުވާނީ އައްޑު ފޯއްމުލައް އަދި ހުވަދޫގައި ޓުވަރިސްޓު އެނދުތައް ގިނަވެގެން. ދެކުނުގައި ޓުވަރިސްޓު އެނދުތައް އިތުރުކުރުމަށް ޚާއްސަ އިނާޔަތެއް ދިނުން މުހިއްމު. އިސްމެހެލާ ހެރަ އަދި ހަންކެނޑެ ތަރައްގީ ކުރުމަށް ބޮޑެތި ޚަރަދުތައް ހިގާނެ، އައްޑު އަތޮޅު ފޯއްމުލަކުގެ ލޭންޑު ޔޫސް ޕުލެން އަވަހަށް ސަރުކާރުން ފާސްކޮށް ގެސްޓު ހައުސްތައް ހެދުމަށް ހުޅުވާލަންވީ. އައްޑޫ އަދި ފޯއްމުލައް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ އިގުތިސާދީ ތަރައްގީ ގެނެސްގެން. އައްޑު އަތޮޅު ގަން އެއަރޕޯޓު މެދުވެރިކޮށް އައްޑޫ ފޯއްމުލައް ހުވަދުއަތޮޅަށް އިގުތިސާދީ ތަރައްގީ ގެނެވިދާނެ އެކަމުގެ ސަބަބުން ވަޒީފާތައް އުފެދި އިޖުތިމާއީ ބަލިތަކަށް ލުއިލިބި އެ 3 އަތޮޅަށް ތަރައްގިއަންނާނެ،. މިކަމުގެ މުޅިގައުމަށް ފައިދާކުރާނެ. ސަރުކާރުން ވަރަށް ސީރިޔަސްކޮށް އަތޮޅަތަކަށް އިގުތިސާދީ ތަރައްގީ ގެންނަން ޖެހިއްޖެ. ރާއްޖެ ސަރަހައްދުތަކަށް ބަހައިގެން ތަރައްގީ ކުރަން ފައްޓަވާ.
ހާދާލު
23 September 2016
ކުރާ ބޭކާރު ހަރަދެއް......ދެކޮޅު ޖައްސާނެ ގޮތެއް ބުނެބަލަ......ފަޅެއް ރަށެއް ނެތް ތާކު.....