އިމިގްރޭޝަންގެ ގަޑި އާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފުންނާ އެކު އިމިގްރޭޝަން ކޮންޓްރޯލާ ރަސްމިއްޔާތެއްގައި: އިމިގްރޭޝަންގައި ގަޑި އާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަނީ ވަޒަން ކޮށްފައި -- ފޮޓޯ/އިމިގްރޭޝަން
07 އޮކްޓޯބަރ 2019 - 18:30
ގަޑިއަށް ފަރުވާތެރިވާ މުވައްޒަފުންގެ އަގު ދައުލަތުގެ އެކި މުއައްސަސާތަކުން ކޮންމެވެސް ގޮތަކަށް ވަޒަން ކުރެ އެވެ. އެކަމަކު އިމިގްރޭޝަނުން އެކަމުގައި ދެއްކީ ތަފާތު ނަމޫނާ އެކެވެ.
ގިނަ އޮފީސްތަކުން ގަޑި އާއި ހާޒިރީއަށް ފަރުވާތެރިވާ މުވައްޒަފުންގެ އަގު ވަޒަން ކުރަނީ އެ މުއައްސަސާއެއްގެ އަހަރީ ހަފުލާއެއްގައި ނުވަތަ ޚާއްސަ މުނާސަބަތާ ގުޅިގެން ބާއްވާ ހަފުލާއެއްގައި ކަމަށް ވިޔަސް، އެހެން އޮފީސްތަކާ ތަފާތުކޮށް އިމިގްރޭޝަނުން އިއްޔެ އެކަމަށް ބޭއްވީ ޚާއްސަ ރަސްމިއްޔާތެކެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި ވަނީ ގަޑިއަށް ހާޒިރުވުމާއި ހާޒިރީގައި 100 ޕަސެންޓް ހާސިލްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ މުވައްޒަަފުންނަށް ޚާއްސަ ހަނދާނީ ލިޔުމެއް ދީފަ އެވެ.
The awarding ceremony for officers with 100% attendance record from June-August 2019 was held yesterday. They include 11 Officers from Male’ Immigration Offices and 04 Officers from regional Immigration Offices. pic.twitter.com/U5DuNRo1wy
— Maldives Immigration (@ImmigrationMV) October 7, 2019
އިމިގްރޭޝަންގެ ޓްވީޓް
އިމިގްރޭޝަނުން ބުނިގޮތުގައި އެ މުވައްޒަފުންނަކީ މިދިޔަ ޖޫން މަހުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ގަޑި އާއި ހާޒިރީގައި އެންމެ ރަނގަޅު މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ އިމިގްރޭޝަންގެ އޮފީހުގައި މަސައްކަތްކުރާ 11 އޮފިސަރަކާއި އަތޮޅު ތެރޭގައި ހުންނަ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުގައި މަސައްކަަތްކުރާ ހަތަރު އޮފިސަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޑި
08 October 2019
ގަޑިއަށް ދާނެތާ ކޯޓާ ކޯޅުން ލިބޭ މަންފާ ހާދަ ބޮޑޭ. ބަންގާޅުން އެބައުޅޭ ބޭބެ މަޑުކޮއްލާ އަހަރެން ދިޔަމަ ކޯޓާ ލިބެނީ ބުނާމީހުން ވަރެއްވެގެންތާ ބަނގާޅަކު ޑީޕޯޓް ކޮއްގެން މަޖިލިސް މޮޔަވާނީ
ޢަހާން
08 October 2019
މައްސަލައަކީ ހާޒިރީ 100. ފެންވަތު 0 ގިނަ ތަންތަނުގެ ހާލަތު
ކޮވެލި
08 October 2019
ގަލޮޅު ދަނޑުން އެބަފެނޭ ޙާޒިރީ އިން ނިކުށް ނަތީޖާ. މުޅި ގައުމު ބަންގާޅީންނަށް ވިއްކާލި މީހުން ތިތަނުގައި މިހާރުވެސް އެބަތިބި.
ލުތުފީ
08 October 2019
ގަޑިނުޖެހި ބަރާބަރަށް ވަޒީފާއަށް ނުކުމެފަ، ގިނަވަގުތު ބޭރުގަ އުޅޭމުވައްޒަފުންވެސް މަދެއްނޫން. މިވެސް ބަލަންޖެހޭކަމެއް.
ވޯލް
08 October 2019
ތިޔޮށްހާ މުވައްޒަފުން ތިބޭ ތަނުގައި ހާޒިރީއަށް ފަރުވާ ބަހައްޓަނީ އެންމެ 15 މީހުން. މިފެންނަނީ ދައުލަތުގެ ވުޒާރާތަކުން ރައްޔިތުންނަށް ދވޭ ޚިދުމަތުގެ ފެންވަރު. ޚާއްސަކޮށް ސިވިލް ސާރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން. މަގުބޫލު އުޒުރެއްނެތިވެސް ހަމަ ސަލާމުގައި ވަރަށް ގިނައިން ތިބޭ. މިމީހުންގެ ތެރޭގައި ޤަބޫލުކުރެވިފައި އޮންނަ ހަމައަކީ 30 ސަލާމަކީ ހަމަ ކޮންމެ އަހަރަކު ކޮންމެހެންވެސް ހަމަ ކޮށް ހުސްކުރަންޖެހޭ އެއްޗެކޭ.
ފަހުމިއްޔާ
08 October 2019
ތިޔަ ފޮޓޯ އިން ފެންނަ މޫނުތަކަށް ވިސްނާލިޔަސް ފެންނަނީ ދުވަސްވީ މީހުން. އެކަމުންވެސް އެނގެނީ މިހާރު ޒުވާނުންގެ ފަރުވާކުޑަކަން. ކޮންމެ އޮފީހަކަށްވިސްނާލިޔަސް އެންމެ ހާޞިރީ އަށް ރަނގަޅުވެފަ އެންމެ މަސައްކަތަށްވެސް ރަނގަޅުވާނީ ދުވަސްވީމީހުން. ތިޔަ ޅަޒުވާނުން ދެދުވަހުންއެއްދުވަހު އޮފީހަކަށް ނާންނާނެ އަޔަސް ތިނބޭނީ ޝޯޝަން މީޑިޔާގެ ހަތަރުދަމު. އެކަމުވެސް ވާކަމެއްނޯންނާނެ އެކުދިން ޒުވާްންވީމަ ވެރިންވެސް ބިރުހީވާނެ. މީ މިގައުމުގެ ހާލަކީ.......
ވިސްނާލާފާ
08 October 2019
އެންމެ ތިންމަހު ބަރާބަރަށް އޮފީހަށް ނުކުތީމާ ހާދަވަރެކޭ ތިޔަ އަރުވާލީ. ބަލަ އަހަރެމެންވެސް އޮފީހަށް ނުކުންނަތާ 29 އަހަރުވީ. އަދި ގަޑިޖެހިފާވަނީ ހައެއްކަ ދުވަހު އެކަނި. މިމީހުން މިއުޅެނީ އެންމެ ތިންމަހު ގަޑިނުޖެހި ނުކުމެވިގެން. ތެދެއް ކުކުޅަކަށް އެންމެ ބިހެއް އަޅާލެވުނަސް އެހީވާނީ ތަނެއްގާ ރޯވީމާ އުޅޭހެން. ފަރުވާތެރި މުވައްޒަފުންނަށް ތިފަދަ ކަންކަން ކޮށްދިނުމަކީ ބޭނުންތެރި ކަމެއް. އެކަމަކު ތިހާވަރުވީމަ ކަޑައީ!
ދަންޑެހެލު 2
08 October 2019
ކޮންމެ ކަމެއްގައިވެސް ރަނގަޅަށް ކަމެއް ކުރެވުމުން އަގު ވަޒަން ކުރަން ޖެހޭ. ޒައްރެއްގެ މިންވަރު ހެޔޮކަމެއްގެ ސަވާބުވެސް މީހުންނަށް ލިބޭނުންތޯ، އަނެއްކޮޅުން އަގު ވަޒަން ކުރުމަކީ އެކަމެއް ދެމެހެއްޓުމަށް ދެވޭ ހިތްވަރެއް. ކަންކަން ރަނގަޅުވުމަށް ްޮތެ ފުރުސަތެއް. ތިހާ ނެގެޓިވް ވެގެން އުޅެން ހަދާގެން މުވައްޒަފުންގެ ނުރުހުން ލިބި ކަންކަން ބޮއްސުންލައިގެން ދާނީ. ކިތަންމެ ކުޑަ ކަމެއް ވިޔަސް އެޕްރިޝިއޭޓް ކުރުމަށް އާދަކުރައްވާ!
20000
08 October 2019
އިމިގްރޭޝަން ގަޑިއަށް ފަރުވާ ބެހެއްޓީމަ ނިމުނީތަ. މިއޮތް އުޅޭހާ ބިދޭސީން ރާއްޖެ އެތެރެވީ ތިޔަ އިމިްގރޭސަން ތެރެއިން..... މިއަދު ޖުއްލާބުލް މުއްލާ ޑީޕޯޓް ކޮށްލާ މީހާ ، އަނެއްދުވަހު ޒިއާލުމުސްލިމް ނަމުގައި ރާއްޖެ އެތެރެ ވާއިރު އިމިގްރޭޝަންގައި ތިބޭ މީހުންނަކަށް ނޭގެ. ނޫނީ ލިބޭ ކަޓްގެ ސަބަބުން ނޭގޭ ކަމަށް ހަދަނީތަ............
ޓިނު
08 October 2019
ބަންގާޅީންގެ މައްސަލަތަކުގައި އަނދުން އަޅަނީ!
ހޮޓްކިންގ
08 October 2019
ތީ ދެއްކުންތެރިކަމެއް. ތިޔަކަން ފާހަގަކޮށްފައި ލިޔުމެއް ދިނަސް އެއީ ބޭކާރު ކަރުދާސް. ތީ މުވައްޒަފުގެ ކުރިއެރުމަށް އެއްވެސް އެހީތެރިކަމެއް ވެދޭ ލިޔުމެއްނޫން. ތިޔަހެން ދީފަ ހުންނަ ސެޓްފިކެޓް ތަކާއި ޝީލްޑްތައް އުކާލާފައި ހުއްޓާ ކުނިގޮޑުން ފެނޭ.