މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް-- ހުސައިން ވަހީދު/މިހާރު
11 އޮކްޓޯބަރ 2019 - 15:02
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން ހުށަހެޅި އަދަދު ގިނަވުމުން ބައެއް މީހުންނަށް ރިފަންޑް ދޭން އެ ބޭންކުން ނިންމައިފި އެވެ.
އެމްއައިބީން ބުނީ ހިއްސާ ވިއްކަން ހުޅުވާލުމުން 17،713 ފޯމް ހުށަހެޅި ކަމަށެވެ. އެއީ ފައިސާގެ އަދަދުން ބަލާ ނަމަ 356 މިލިއަން ރުފިޔާ އެވެ. މިއީ ހިއްސާ ވިއްކަން ހުޅުވާލި އަދަދަށް ވުރެން 46 ޕަސެންޓް އިތުރު އަދަދެއް ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.
ހިއްސާ ގަންނަން އެދި ހުށަހެޅި މީހުންގެ އަދަދު ގިނަވުމުން، އެމްއައިބީން ވަނީ އެ ބޭންކުގެ ޕްރޮސްޕެކްޓަސްގައި ބަޔާންކޮށްފައިވާހެން ވަކިވަކި ފަރުދުންނަށް އިސްކަން ދީގެން ހިއްސާ ބަހައިފަ އެވެ. އެގޮތުން ވަކި ފަރުދުންނާއި މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 16،146 ފަރާތަކަށް ބޭންކުގެ ހިއްސާ ބެހި އެވެ.
އެ ބޭންކުން ބުނީ ބާކި ތިބި މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހެދި ހިއްސާ ނުލިބޭ ފަރާތްތަކާއި މާ ގިނައިން ހިއްސާ ގަންނަން ހުށަހެޅި ފަރާތްތަކަށް މި މަހުގެ 28 އިން ފެށިގެން ރިފަންޑު ކުރަން ފަށާނެ ކަމަށެވެ. އެ ފައިސާ ޖަމާ ކުރާނީ ހިއްސާ ގަތުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ އެކައުންޓަށް ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނިގޮތުގައި ލިސްޓުކުރުމުގެ ގަވާއިދާ އެއްގޮތަށް ހިއްސާދާރުންގެ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 6 ގެ ފަހުން ހިއްސާދާރުންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު007
12 October 2019
މީތި ކަޑަޔޭ
މުރީދު
12 October 2019
ކޮމެންޓްތައް ބަލާލީމާ ވަރަށް އެއްޗެއް ނޭނގޭ ރޯނުއެދުރުން ގިނަހެން ހީވޭ. އިންވެސްޓަރުން އެޑިޔުކޭޓކުރުން މުހިންމު.
ލޮލްޒް
12 October 2019
ކޮމެންޓްތައް ކިޔާލީމަ އިނގެނީ ގިނަ މީހުން އެމް.އައި.ބީ ގެ ޕްރޮސްޕެކްޓަސް ނުކިޔާ ކަން. ހިއްސާ ވިއްކާ މުއްދަތުގައި ކިތައްމެހާ ގިނައިންވެސް ގަނެވިދާނެ. ބޭނުމަކީ ވީހާވެސް ގިނަ އާނމު ފަރުދުން ބައިވެރި ކުރަން. އަހަރެންވެސް ހިއްސާ ގަތިން. ހުރިހާ ހިއްސާއެއް އެލޮކޭޓް ކޮއްފަ ހުރީ. މީގެން އިންގެނީ އާނމު ފަރުދުންނައް އިސްކަން އެމް.އައި.ބީ އިން ދޭކަން. ސާބަސް!
ޙެވާ
12 October 2019
އޯވާ ސަބްސްކްރައިބް ވީމަ ވަކި ވަކި ފަރުދުނައް އިސްކަން ދޭން ބޯޑުން ނިއްމިވާހަކަ އެބަ ބުނޭ. ދެން ކީއްވެތޯ ކުނފުނި ތަކާ މުއައްސަސާ ތަކަ ހިމެނޭ ގޮތަ އެލޮކޭޓު ތިކުރެއްވީ؟
ހިތިތަޖްރިބާ
12 October 2019
ވަކި ޢަދަދެއް ނުބަލާ ޙިއްސާ ވިއްކަމުން ދިޔައީ. އެމީހަކު ބޭނުން ޢަދަދަކުން ގަންނަންވީ. އެހެން ހެދުމުގެ ނަތީޖާ މިފެނުނީ. މަދުވެގެން 20 ޙިއްޞާ ގަންނަ އިރު ގިނަވެގެން ގަނެވޭނެ ވަރެއް ކަނޑއެޅިނަމަ ތިޔަވަރު ނުވީސް. އަހަރެމެން ގަތް ޙިއްސާކޮޅަށް ވާނީ ކިހިނެއްބާއޭ ހިތަށް އަރާލައަރާލަ މިހުންނަނީ. ގިނައިން ގަތް މީހުންގެ ފައިސާ ޓްރާންސްފާ ކުރީމަ ނިމުނީނުން
އަބްދުﷲ
11 October 2019
ތަނެއްދޮރެއް ނުބަލާތަ ވިއްކީ.. މީ ޖޯކު ވާހަކައެއް. ތިޔަބުނާ އަދަދެއް ހަމަވީމަ ހިއްސާވިއްކުން ހުއްޓާލާކަށް ނުޖެހޭބ؟. ފަހު ދުވަހާ ހަމައަށްވެސް ގަދަޔަށް އިޝްތިހާރުކުރީ. މިހާރު ދެންކީކޭ ތިކިޔަނީ.. މަކަރުހެދުމާއި އޮޅުވާލުމުގެ މައްސަލައެއްމީ...
ޙަސަން.
12 October 2019
ހިއްސާގެ ބާޒާރުގައި އޮންނާނެ އޯވަރ ސަބްސްކްރިޕްޝަން. އަދި އެހެން ވީމަ ހަދަންވާގޮތް ޕްރޮސްޕެކްޓަސްގަ އޮންނާނެ. އެޔަށް ކިޔަނީ ޝެއަރ އެލޮކޭޝަން. ކްލޯސް ކުރަން ބުނެފަ އޮންނަ ދުވަހުގެ ކުރިން ކްލޯސްއެއް ނުކުރެވޭނެ. އަދި ވިއްކާ ހިއްާގެ އަދަދު ގިނައެއް ވެސް ނުކުރެވޭނެ. އިތުރު ހިއްސާ ވިއްކަން ބޭނުންނަމަ ދާން ޖެހޭނީ އާ އިސޫއަކަށް.
އަހްމަދު
11 October 2019
މިއީ އޮޅުވާލައިގެން ބަޔަކު އަތުން ފައިސާ ނެގުން އެހެމވީމަ
ފްރީލޯން
11 October 2019
ހިއްސާ ވިއްކެން ނެތް މިންވަރަށް ފައިސާ ބަލައިގަތުމަކީ މައްސަލައެއް.
ޙިމްސާ
11 October 2019
ޙިއްސާއަކަށް ކިހާވަރެއް ލިބޭނެ ބާ؟ 10200ރފ އަށް 300 ގަނެފަވާނެ.
ރައްޔިތުކަލޯ
12 October 2019
300 ހިއްސާ ލިބޭނީ 10500 ރުފިއާ އަށް . ބޭންކުން ބުނެފައިވަނީ އެހެނިހެން ކުންފުނިތަކުންދޭ އެވެރެޖް ފައިދާއެއް ދޭނެކަމަށް .ވީމާ އަހަރެން ވަރަށް ޔަގީންކަމާއެކު ހިއްސާ ގަނެ ވިއްކުމުގެ ތަޖުރިބާގެ އަލީގައި މިބުނަނީ ހިއްސާއަކަށް އެންމެ ބޮޑުވެގެން ވެސް 02.80 ( ދެރުފިޔާ އައްޑިހަ ލާރި ) ވެސް ނުލިބޭނެ. ފަހަރުގައި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ލޯލާރިއެއްވެސް ނުދީ ފަހު 6 މަސްދުވަހަށް 2020ގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި ކޮންމެވެސް އެއްޗެއް ދީފާނެ .
ބަބުރުލް ސަލީމް
11 October 2019
މީތި ކަޑަ.
ގަވާއިދު
11 October 2019
ގަވާއިދު ވާނީ ގަވާއިދަށް،
މާލެމާ
12 October 2019
ގަވައިދު ކަޑަ