"ދޯސްތާނާ 2" ގެ ތިން ތަރިން.
16 އޮކްޓޯބަރ 2019 - 06:44
އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ޕްރޮމޯޝަންތައް ފަށައި، އޭގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ކާސްޓުންގެ ވަކިވަކި ޕޯސްޓަރުތަކެއް ވަނީ ދައްކާލައިފަ އެވެ. މީގެ ތަރިންނަކީ ކާތިކް އާރިޔާން އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން މިދިޔަ މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ އަނަންޔާ ޕާންޑޭ އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" އަކީ ހަމަ އެ ނަމުގައި 1978 ގައި ރިލީޒްކުރި ފިލްމެއްގެ ރިމެކެކެވެ. ބަލްދޭވް ރާޖް ޗޯޕްޅާ ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ސަންޖީވް ކުމާރާއި ރަންޖީތާ ކޯރްގެ އިތުރުން ދާދި ފަހުން މަރުވި ވިދިޔާ ސިންހާ އެވެ.
My favourite @ananyapandayy storms into @BRStudiosLLP ‘s #PatiPatniAurWoh
— Mudassar Aziz (@mudassar_as_is) October 15, 2019
Mardon ki sabse puraani problem “Woh”
@TheAaryanKartik @bhumipednekar @junochopra @itsBhushanKumar @TSeries #6thDec aa rahe hain HUM! pic.twitter.com/qoKuWsdKFf
މި ފިލްމަކީ ކައިވެނީގެ ބޭރުން ފިރިއަކު އޮފީސް ސެކްރެޓަރީއަކާ އެކު ހިންގާ ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" ގެ އާ ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 6 ގަ އެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޑްރައިވް" ދެ ލަވައެއްގެ ވީޑިއޯ ދައްކައިލުމަށް ފަހު، ފިލްމުގެ ލަވަތަކުގެ ޖޫކްބޮކްސް އާންމުންނަށް ދޫކޮށްލައިފި އެވެ.
Destination is set, playlist for the drive is here! #Drive full album out now - https://t.co/6EkR1ecmbu@apoorvamehta18 @itsSSR @Asli_Jacqueline @Tarunmansukhani @DharmaMovies @NetflixIndia @ZeeMusicCompany pic.twitter.com/OYgNlKXfdY
— Karan Johar (@karanjohar) October 14, 2019
ޖެކްލިން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލް ކުޅެފައިވާ ފިލްމުގައި ހިމެނެނީ ޖުމްލަ ފަސް ލަަވަ އެވެ. އެއީ "މަޚްނާ"، "ކަރުމާ"، ޕްރޭމް ޕުޖާރީ"، "ބްލެކް ކާ" އަދި "ތޫ ޖާންތާ ނެހީ" އެވެ.
"ޑްރައިވް" ޑައިރެކްޓްކޮށްފައި ވަނީ 2008 ގައި ރިލީޒްކުރި "ދޯސްތާނާ" ގެ ޑައިރެކްޓަރު ތަރުން މަންސުހާނީ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމު "ދޯސްތާނާ 2" ގެ ޝޫޓިން އަންނަ މަހު ފަށަން ނިންމައިފި އެވެ.
ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔާން އާއި ޖާންވީ ކަޕޫރްގެ އިތުރުން އަލަށް ތައާރަފުކުރާ ލަކްޝަޔާ އެވެ. މި ފިލްމަކީ ކަރަން 2008 ގައި ގެނެސްދިން "ދޯސްތާނާ" ގެ ދެވަނަ ބައެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ދޯސްތާނާ 2" ގެ މަންޒަރުތައް ނޯތު އިންޑިއާގެ ވަރަށް ގިނަ ލޮކޭޝަންތަކުގައި 22 ދުވަހުގެ ޝެޑިއުލްއަކާ އެކު ކުރިއަށް ގެންދިއުމަށް ފަހު، ފިލްމުގެ ކާސްޓާއި ކްރޫ ދެން މިސްރާބު ޖަހާނީ އިންޑިއާ އިން ބޭރަށެވެ.
މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. "ދޯސްތާނާ 2" ވެގެންދާނީ ޖާންވީ ވަރަށް ގްލެމަރަސް ރޯލަކުން ފެންނާނެ ފިލްމަކަށެވެ.
ސައިންސް ފިކްޝަން ފިލްމު "ކާގޯ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
Meet the actors of Cargo ! pic.twitter.com/nxJE0b7zuw
— Arati Kadav (@AratiKadav) October 15, 2019
ސްޕޭސް މިޝަންއެއްގައި އުޅޭ އެސްޓްރޮނޯޓުންތަކަކަށް ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ކާސްޓުންނަކީ ވިކްރާންތު މަސޭ އާއި ޝްވޭތާ ތުރިޕަތީ އެވެ. "ކާގޯ" ޑައިރެކްޓްކޮށްފައި ވަނީ އަރާތީ ކަދާވް އެވެ.
މީގެ ޕްރޮޑިއުސަރުންނަކީ އަނޫރާގް ކެޝަޕާއި ނަވިން ޝެޓީ އާއި ޝްލޮކް ޝަރުމާގެ އިތުރުން އަރާތީ އެވެ.
"ކާގޯ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމު ބާއްވާ މުމްބާއީ ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy