ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ދ. އަތޮޅު ހޮސްޕިޓަލުގެ ދަތުގެ ހިދުމަތް ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
17 އޮކްޓޯބަރ 2019 - 13:47
ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެ އަތޮޅު ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މި ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ، އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ތަން ވެސް އެމަނިކުފާނު ބައްލަވައިލެއްވި އެވެ.
އެ ހޮސްޕިޓަލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ރަށަކީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގޭނެ ރަށެއް ކަމަށެވެ. އެކަމަށް އެ ރަށުގައި އެކަށީގެންވާ އާބާދީއަކާއި ވަސީލަތްތައް ހުރި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް އެ މަނިކުފާނު ވަނީ މިއަދު ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ރަށު ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި އެ ރަށަށް ދިމާވެފައިވާ މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައިވެ އެވެ. މުއައްޒަފުން ހޯދުމުގަ އާއި އިމާރާތްތަކުން ޖާގައިގެ ދަތިކަން އެ މުއާސަސާތަކަށް ކުރިމަތިވާކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ދ. އަތޮޅަށް ވަޑައިގަތީ އިއްޔެ އެވެ. ކުޑަހުވަދޫގެ އިތުރުން އެ އަތޮޅު ހުޅުދެއްޔަށް ވެސް އެ މަނިކުފާނު އިއްޔެ ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޓު މީހާ
18 October 2019
މަރުހަބާ .. ހާދަ އުފާވޭ... ބޭނުންވަނީ މާލެ ނައިސް މާލޭ މީހުންނަށް އުނދަގޫނުކޮށް ބޭސްފަރުވާގެ ކަންކަން މި ރާއްޖެތެރެ މީހާއަށް ރާއްޖެތެރެއިން ރަށުން ކުރެވޭނެ ގޮތެއް..
ގާދިރު
17 October 2019
ނަތީޖާ ނެރެދެވޭނެ ނަތީޖާ ނެރެމުންދާ މިނިސްޓަރެއް އަމީންއަކީ! ސާބަސް ތި ހިތްވަރަށް! ދ ރައްޔިތުންނަށް މަރުހަބާ!
ޢަަައިއެމްއަލަޑަބިޔާ
17 October 2019
ދަތްހުއްޓާ ގައުމު ކާލެވޭނީ... ސާބަހޭ ތިކުރާ އެޑްވަޓައިސިންގް އައް
ދ މީހާ
17 October 2019
ހޮސްޕިޓަލް ހިންގަން އެތިބެފެންނަނީ ޕާޓީ ކުދިން ވައްދާފަ ހެލްތު ދާއިރާގައި ދުވަހަކުވެސް އުޅެފައިނުވާ އޭގެ އެއްވެސް އިލްމެއް ތަޖުރިބާއެއްނެތް މީހުން ތިތިބީ ފެންނަން.... މީ މިޤައުމުގެ ހާލަތު
ެއިބޫ
17 October 2019
އިބޫ ކޮބާތޯ ކެންޕެއިންތެރޭގައި ވައުދުވި ސީޕޯޓް، އޭގެވާހަކަ ހަނދުމަފުޅަށްނައީތޯ؟
ާޝިޔާމް ގާސިމް
17 October 2019
އަންނަނީ އަންނަނީ. ސިއްހީ ދާއިރާއަށް ކުރިއެރުން އަންނަނީ. އަންނަނީ އަންނަނީ ރައީސް އިބޫގެ ސިއްހީ ސިޔާސަތު ތަންފީޒުވެގެން އަންނަނީ. ޝުކުރިއްޔާ މިނިސްޓަރ އަމީން.
ަސފަ
17 October 2019
ދ ކުދިންނަށް މަރުހަބާ
އޮނަރަބްލް އަފީފު ދީދީ
17 October 2019
މާލޭގައިލަޤްޒަރީބުރިޖަށް 300މ ޑޮލަރު އަދި އެއަރޕޯޓަށް 3 ބިލިޔަންޑޮލަރު ކުޑަވަރެއްގެބިންކޮޅެއްގައި ކޮތަރުކޮށްޓެއްފަދައިމާރާތަކަށްއެކަނި 150މ ޑޮލަރު މާލޭސަރުކާރުންހޭދަކޮށްފި. މިއީ އަދި މަދުކަންތައްތަކެއް. # އެކަމަކު 50 އަހަރުވެގެންދާއިރު "މިފަދަ ހޮސްޕިޓަލްތަކުގައި ރިއްސާދަތެއްގައި ފުޓުނިއަޅާލެވޭވަރުނެތް" ކަމުން އެބައިގޭ މާލޭސަރުކާރުން ރާއްޖޭގެރައްޔިތުންގެ މެދުގައި ފަރަޤު ކުރާމިންވަރާއި އިޖުތިމާއީ އަދާލަތުގެ ކަންފުޅެއްވެސް މިދައުލަތުގައިނެތްކަން.
ތުއްތުނާ
17 October 2019
މާލެ ފިޔަވައި އެންމެ ރައްޔިތުން ގިނަ އައްޑޫ ސިޓީގައި ހޮސްޕިޓަލްގައި އަދި ވެސް ދަތުގެ ފަރުވާ ނުދެވޭ......
ސަލީމާފުޅު
17 October 2019
އައްޑުއަށް ކަމެއްކޮށްދޭނެ ކަމެއް ނެތް. ޢެއީ ހެޔޮކަންތައް ބަލައިގަންނަން އެގޭ ބައެއްނޫން. ޝަކުވާކުރުން ނޫންކަމެއް އެމީިހުންގެ ނޯންނާނެ. ސަރުކާރަށް މާރަގަޅުވާނި ދާލުކަހަލަ ހިތްހެޔޮ އާބާދީއަކަށް ކަމެއްކޮށްފިނިއްޔާ.
ބުރޯބ
17 October 2019
ބުރޯ އައްޑޫ އަށް ވެސް ކޮށްދޭންޖެހޭނެ! އެކަމަކު އުތުރުގައި މާ އާބާދީ ބޮޑު! ހަމައެކަނި ރާ އަތޮޅުގައިވެސް މުޅި އައްޑޫ އަށް ވުރެ އާބާދީ ބޮޑު! ހަމަ މަޢުލޫމާތަށްޓަކައި!
މަނިކާ ރޯއްޖާ
17 October 2019
ކޮން ތަނަކުން އާބާދީގެ މައުލޫމާތު ހޯދަނީ ؟ ރާ އަތޮޅު އެއީ ޗައިނާ ގެ އަވަށެއް ދޯ......؟
ކަލޯގެޔ
17 October 2019
ވ ރަނގަޅު ވާހަކައެއް.