ދ. އަތޮޅު ހޮސްޕިޓަލްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ރައީސް ވާހަކަ ދައްކަވަނީ: ކުޑަހުވަދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ރައީސް އޮފީސް
16 އޮކްޓޯބަރ 2019 - 23:49
ސަރުކާރުގެ އެކްޝަން ޕްލޭންގެ ތެރެއިން ދ. ކުޑަހުވަދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފުލާ ޝަރަފްވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫ އަކީ ތަރައްގީގެ މަޝްރޫއުތަކަށް ފައްކާވެފައި އޮތް ރަށެއް ކަމަށާއި އެކަށީގެންވާ ވަސީލަތްތަކާއި އެކަށީގެންވާ އާބާދީއެއް ވެސް އެ ރަށުގައި އެބައޮތް ކަމަށެވެ. އެހެންވެ، ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ތެރެއިން އެ ސަރަހައްދުގައި ގާއިމްކުރާ އާބަން ސެންޓަރުގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީ ކުރައްވާނެ ކަމަށާއި އެފަދަ ތަނަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެރަށުގައި ވެސް ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހޮސްޕިޓަލް ތަރައްގީ ކުރެވިގެން ދިއުމުގެ އިތުރަށް ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މަގު ހެދުމާއި ފެރީ ޓާމިނަލް ހެދުމާއި މި ރަށަށް ބޭނުންވާ ޒާމާނީ ފެންވަރުގެ މަސް މާރުކޭޓާއި އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ ގޮތްތައް އިންތިޒާމް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ފެށިގެންދާނެ މަޝްރޫއުތަކެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ކުރިއެރުންތަކެއް އައިސްފައި ވިޔަސް، އަތޮޅު ތެރޭގައި ވަސީލަތްތައް ހުރިގޮތުން ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުން ނެތުމާއި ޖާގައިގެ ދަތިކަން ބޮޑު ކަމަށާއި އެކަމަކު ދ. އަތޮޅު ހޮސްޕިޓަލްގައި އާ އިމާރާތުގެ މަސައްކަތް ނިމުމާ އެކު އެކަމަށް ހައްލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެރަށުން އިމަޖެންސީގައި މާލެއަށް ބަލި މީހުން ފޮނުވުމުގައި ދިމާވަމުންދާ ދަތިތައް ވެސް ވަރަށް އަވަހަށް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު މަރުވާ މީހުންގެ ބޮޑު އިންސައްތައެއް މަރުވަނީ ގައިން ގައިން ނާރާ ބަލިތަކުގައި ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ގިނަ ބަލިތައް ގުޅިފައި ހުރީ ދުންފަތާ ކަމަށާއި އަދި ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ހޭދައެއް ދުންފަތަށް ކުރާ އެއް ގައުމު ކަމަށެވެ. އަދި ބޮޑެތި ބަލިތަކުން ސަލާމަތްވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެފަދަ ބަލިތަކުގެ ހަމައެކަނި ފަރުވާއަކީ ބޭސްކަމުގައި ދެމިގެން އެ މައްސަލައަށް ހައްލެއް ލިބޭކަށް ނެތް. އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އާންމު ސިއްހީ ނިޒާމް ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި ކެއިން ބުއިމުގައި ސިއްހީ މިންގަނޑުތަކަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަން ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކުރިން ފެތުރެމުން ދިޔަ ގައިން ގަޔަށް އަރާ ބަލިތަކުން އޭރު ސަލާމަތް ވެވުނީ އޭރު ތިބި ހެލްތު ވޯކަރުންނާއި ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. ސިއްހީ ޚިދުމަތުގެ ހަގީގީ ކާމިޔާބީއަކީ އެއީ ކަމަށާއި އާންމު ސިއްހަތާ މެދު ހޭލުންތެރި ކުރުވަން އަނެއްކާވެސް އެފަދަ މަސައްކަތްތައް މިހާރު ފަށަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯދާ
17 October 2019
ނުހެދޭނެ އެވަރުގެ ހިތްވަރެއްނެތް މަނިކުފާނުގެ
ޙިނި
17 October 2019
ޜައީސް ކަން ލިބޭ ކޮންމެމީހަކު، ވައުދު، ތައްވެ، ބަޖެޓު ހުސްކުރުމަކީ، އަހަރުން، ބޭނުންވާ، ގޮތެއްނޫން، އެކަކު ހޮވިއްހޮވިއްޖެޔާ، އައިޕެޑު ދޭނަމޭ، ބިން، ހިއްކާނަމޭ، ސުކޫލު، ކުދިންނައް ދޮންކެޔޮދޭނަމޭ،، މީތަ އިކޮނަމީ، މެނޭޖމެނޭޖު ކުރާ، ގޮތަކީ، ޕޯޑިޔަމްޕޯޑިޔަމq އަކައް އަރައިފިއއަރައިފިއްޔާ، މމިފައިބަނީ ޓެކުސް، ދައްކާމީހުން ނައް އެތައް، ބުރަޔެއް އިސްރާފެއް ދީފަ
ކަމަނަކަލޯ
17 October 2019
ކުޑަހުވަދޫ ތަރައްގީކުރީ ޔާމިނުގެ ސަރުކަރުން ނެވެ. ދެނޯ؟
ގަރޫޑާ
17 October 2019
މަޖްލިސްގެ ރައީސް ވިދާލުވީތޯ ތިޔަހެން ވިދާޅުވާށޭ؟.
ހޭބަލިމިތުރު
17 October 2019
ކަލޯގެޔާ!!!.އަނެއްކާ އަނެއްވައުދު.. ކުރިންވީ ވައުދުފުނިވަރު ހަމައެއްކަމެއްނުވެ ބަޖެޓް 30 ބިލިއަން ހުސްވެއްޖެ. ފުރަތަމަ 100 ދުވަހުގެ ވައުދުތައް އިންޓަރނެޓް ކަރަންޓް ފެން އަގުހެޔޮވީގޮތެއް ރައީސްމީހާއައްވެސްނޭގޭ. ތިޔަބޭކާރު ވާހަކަތައް ދޫކުރައްވާ ކޮސްގޮވުން ހުއްޓާލާކައްނުވޭތޯ؟.
ާއުނިމާ
17 October 2019
ތިކަންވާނީ އިތުރު މިނިސްޓްރީއެއް ހަދައިގެން! ކަޅުވަކަރު މިސްކިތް ބަހައްޓަން މިނިސްޓްރީއެއް! ސްކޮލަރޝިޕް ދޭން މިނިސްޓްރީއެއް! ޕާކިން ޒޯން ހަދަން މިނިސްޓްރީއެއް! ހަމަ ސުލޯއީ! ހަޔާތުގަވެސް ނުދެކެން މިހައި ސުލޯ ސަރުކާރެއް! މިސަރުކާރު އައުމުން ހީކުރީ ލައްކައޭ، ނަަމަވެސް، މަޤާމުތައް ދޭން ފެށި މިންގަނޑުން މިހާރު ޔަޤީންވީ ރައްޔިތުންގެ އުއްމީދުތައް ފުއްދައިދެވޭނެ ފަންވަރާއި ޤާބިލްކަމެއްނެތްކަން! ޖަޒީރާދިރިއުޅުމަށް ވަރަށް ސަލާމް
ވާލުސޮރު
17 October 2019
މާލެއޭ މާލެއޭ ކިޔާ ބައެއް ރަށްރަށު މީހުންނަށް ނަމޫނާއަކަށް ބަލަން ޖެހޭ ރަށެއް ކުޑަހުުވަދޫއަކީ. އެރަށުގައި ވިޔަފާރިހެސްކިޔާފަވޭ، މީހުން ރަށުގަ ދިރިއުޅެގެން އާބާދީވަނީ ހިފަހައްޓާފަ، ބޭސްކުރަންށޭ ކިޔާފަދާ ތަނެއްގަ ހަރުލައިގެން ޝަކުވާކުރާކަށް ނުތިބޭ. މަހަށްދާ މީހުން އެހާ ގިނަ. ރަށްރަށް ތަރައްގީވަނީ އެރަށެއްގެ މީހުންގެ ވިސްނުންވެސް ތަރައްގީ ވީމާ
މަންޑޭލާ
17 October 2019
ޤައުމު ދަނީ އަޅުވެތިވަމުން. ރައްއިތުން މާޔޫސް ކަމެއްގަ.
ޝޮކްތެރަޕީ
17 October 2019
މިސަރުކާރު ކަޑަނަނީ ފޮނި. ފޮނިނުކަޑާ ޔާމިން މާބޮޑައްވެސް ރަގަޅު ރާއްޖޭގަ ހުރިހާރަށެ ތަފާތު ނުކޮއް ތަރައްގީ ކޮއްދިން.
އަލްފާ
17 October 2019
ކުރެވޭހާވެސްކަމަކީ ސައީދުމެން މޮޅަށް ލިޔެފަހުންނަ ލިޔުންތައްހިފައިގެން ރަށްރަށަށްގޮސް ގަނޑުބަލައިގެން ކިޔާލަނީ. އެއްކަމެއްވެސްކުރެވޭނެމީހެއްނޫންތީ.