ކޮންޓްރެކްޓާ ބެހޭ ގާނޫނާ ބެހޭގޮތުން ނެރުނު ފޮތް: އެ ފޮތް ގަންނަން ލިބެން ހުންނާނެ --ފޮޓޯ/ލޯ އިންސްޓިޓިއުޓް
25 ސެޕްޓެމްބަރ 2016 - 13:40
ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ފޮތެއް ނެރެފި އެވެ.
"ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނު ދެނެގަތުން" ގެ ނަމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ 400 ސޮފްހާގެ ފޮތުގައި، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޯޓުތަކުން ކޮންޓްރެކްޓާ ބެހޭ ގާނޫނު ތަތުބީގު (އެޕްލައި) ކޮށްފައިވާ އެތައް ނިންމުންތަކެއްގެ ދިރާސާ ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދާއިރާގައި ބޭރު ގައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ މަބްދައު (ޕްރިންސިޕަލް) ތަކުގެ ތެރެއިން ރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ މަބްދައުތައް ހިމެނޭ މައްސަލަތަކުގެ ނިންމުންތައް ވެސް ފޮތުގައި ހިމަނާފައިވެ އެވެ.
މިއީ ގާނޫނީ އެކި ދާއިރާތަކުން ސުއޫދު ލިޔުއްވި ނުވަ ވަނަ ފޮތެވެ.
ކޮންޓްރެކްޓާ ބެހޭ ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ގަންނަން ލިބެން ހުންނާނެ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ޝާހީން
10 August 2020
މިފޮތް ޑައުންލޯޑް ކުރެވޭނެ ގޮތެއް ހައްދަވާ ދެއްވުން އެއީ އަަަަަަަަަަަަަަަަަަަަަަަަަަަަަޅުގަނޑުމެންގެ އެދުމެކެވެ.
އައްލެ
25 September 2016
ވަރަށް ރަންގަޅު މަސައްކަތެއް. ސޫދުވެސް މި ކަހަލަ މަސައްކަތް ތަކުގަ ގިނައިން ކުރިއަށްތޮއްތާގަ ފެނުން އެދެން.