ބާރަތު ސްކަލްޕްޝުއާއާ ގުޅޭ މައުލޫމާތު ދެނީ-- ފޮޓޯ:މިހާރު
19 އޮކްޓޯބަރ 2019 - 20:56
ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީ، މެޝިނެއް ބޭނުންކޮށްގެން ނައްތާލާ ޓްރީޓްމެންޓެއް ކަމަށްވާ "ސްކަލްޕްޝުއާ" ނަދާ ސެލޫނުން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި މިކަން ތައާރަފް ކޮށްދެއްވީ ނަދާ ސެލޫންގެ ސީއީއޯ ފާތުމަތު ނަދާ އެވެ. ސަރުބީ ވިރުވާ މެޝިން ބޭނުންކުރާ ގޮތް ވެސް އެ ހަފުގައި ވަނީ ދައްކާލައިފަ އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ލިބިގެން ފަށާ މި ޓްރީޓްމެންޓުގައި ބޭނުންކުރާ މި މެޝިނަކީ ހުރިހާ ވައްތަރެއްގެ ހަމެއް މީހުންނާ ވެސް ގުޅޭ މެޝިނެއް ކަމަށް ނަދާ ސެލޫން އިން ބުންޏެވެ.
ސްކަލްޕްޝުއާ ޓްރީޓްމެންޓް ދެނީ ގުދުރަތީ ގޮތްތައް ބޭނުންކޮށްގެންނެވެ. ސަރުބި ނައްތާލަނީ ވަކި މިންގަޑަކަށް ހޫނުމިން ހަމުގެ ތެރެއަށް ފޮނުވައިގެންނެވެ. މީގެ ސަބަބުން ގައިގައި ހުންނަ ބޭކާރު ސަރުބީ ނައްތާލަ އެވެ. އެއާއެކު އެ ސަރުބި އަލުން އުފެދުމަށް ވެސް ހުރަސް އަޅަ އެވެ.
ގާތްގަނޑަކަށް 25 މިނެޓުގެ މި ޓްރީޓްމެންޓުގެ ނަތީޖާ ފެންނަން ފަށާނީ ފުރަތަމަ ފަށާތާ ތިން ހަފުތާގެ ތެރޭގަ އެވެ. މިއީ، ސަރުބީ ނައްތާލުމުގައި 100 ޕަސެންޓު ކާމިޔާބު ނަތީޖާ ދައްކުވައިދޭނެ ގޮތެއް ކަމަށް، ލީޑާ ހެލްތު ކެއާ އިން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަ މެނޭޖިން ޑިރެކްޓަރު ބާރަތު ސަޗްދޭވް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޓްރީޓްމެންޓުން ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެ އެވެ.
ސްކަލްޕްޝުއާ ޓްރީޓްމެންޓު ހެއްދުމުގެ ކުރިން އެކަމަށް ހާއްސަ ނަރުހުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ އެެވެ. އަދި އެ މީހަކު ބޭނުންވާ ގޮތަކަށް ޓްރީޓްމަންޓް ތައްޔާރުކޮށްލެވޭނެ އެވެ. އެގޮތުން، ގައިގެ ވަކި ތަނެއްގައި ހުންނަ ސަރުބި ނައްތާލަން ބޭނުންވާ ނަމަ ޓްރީޓްމަންޓް ދޭނީ އެ ތަނަކަށް އެކަންޏެވެ.
ސްކަލްޕްޝުއާ ގެ އިތުރުން ނަދާ ސެލޫނުން މިއަދު ވަނީ އިސްތަށި ނައްތާލުމަށާއި ހަންގަނޑު އޮމާންކޮށް ބަހައްޓާ ލޭޒާ ޓްރީޓްމަންޓުދޭ އެލީޓް ޕްލަސް ވެސް ތައާރަފް ކޮށްފަ އެވެ. އަލަށް ފެށި ޓްރީޓްމެންޓްތަކާ އެކު އެހެން އުފާވެރި ޚަބަރެއް ވެސް މި ހަފުލާގައި ނަދާ ދެއްވި އެވެ. އެއީ، މިހާރު ވަމުން އަންނަ ތައްޔާރީތަކުން އަންނަ އަހަރު ސްކިން ކްލިނެއް ހުޅުވާނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނިލް ސޭޓީ
21 October 2019
ސްކަލްޕްޝުއާ ޓްރީޓްމެންޓު އިން ސަރުބީ ނައްތާލެވުނަސް ލެވޭނީ ބޭރު ފުށުން، އެތެރެ ހަށީގާ އަދި ނާރުތަކުގައިވާ ސަރުބީ ނައްތާލެވިގެން ނޫނީ މީހާ ފުރިހަމަ ސިއްހަތެއްގާ ނުހުރެވޭނެ. ތިޔަ ފައިސާ އިން ރަގަޅު ކާނާ ކައިފާ، ހިލޭ ކަސްރަތު ކުރޭ. ދުވާލަކު ކުޑަ އިރުކޮޅަކު އަޅުކަމުގާ ހޭދަ ކުރަށްވާ.. ބޭނުން ނެތް ކަމެއް ތީ.
ރާއްޖެ
21 October 2019
ޙަށިގަނޑަށް ގެއްލުން ނުލިބޭ ޓްރީޓްމަންޓެއް އަދި ނެތް އުފެއްދިފައެއް. ތި ޓްރީޓްމަންޓް ނަގައިގެންވެސް ތިން އިރަށް ޕިއްޒާ ކައިގެން ގޭގަ އޮންނަ މީހަކަށް ނުވާނެ ފައިދާއެއް.
އަހުމަދުއަލޯ
21 October 2019
މާގިނައިން ނުކެވޭނެ މެޝިނެއް ހަދާބަ!
ނަދާ
21 October 2019
ރާއްޖެއިން ބޭރުގައި މިހިދުމަތް އާއްމު ކޮށް އުޅޭނީ 1000 ޑޮލަރާއި 15000 ދެމެދުގެ އަގެއްގައި އެކަމަކު ރާއްޖެ އަކީ ކޮންމެ މުދަލެއް އެރިއަސް ރަނާ ޖަވާ ހިރަށް ބަދަލުވާ ތަނެއް، އެހެންވީމާ ބަލަމާ ހިންގާ 30000 ހާހުން މަތީގައި ކަމަށް އަގުތައް އުޅޭނީ، އެހެންވެ އަގުނުޖަހާ އެއޮތީ...
ސީލާ
21 October 2019
ދެދަޅައަށް ފޯނު ގަނެވޭއިރު މިކަން ކުރެވެނޭ.
އަލީޑާކްރޭސް
21 October 2019
އަގު ލިޔެފަ ނެތީމަ އިނގިއްޖެ ތީގަ އަގު ހުންނާނެވަރު.. އާއްމުކޮށް މިކަހަލަ ޕެއިޑް-ބޭސްޑް މާކެޓިން އާޓިކަލް ތަކުގައި ހުންނާނެ އަގުތައް ލިޔެފަ.
ހަސަންކޮ
20 October 2019
އަގު ލިޔެލިނަމަ...!!!
ނާގޯށި
20 October 2019
ތިޔަ ކަހަލަ މެޝިން އަލީބާބާ އިން 1000، 2000 ޑޮލަރަށް ލިބެން އެބަހުރި.
ވޯލް
20 October 2019
މިފަދަ ކަންކަން ކުރުމުގެ ބަދަލުގައި ތިމާ ކާންބޭނުންކުރާ ރަކެއްޗާ ކަސްރަތުންވެސް ބޭނުންވާ ބަދަލު ގެނެވޭނެ.
ތިމަންނަ
20 October 2019
މިފަދަ އެއްވެސް ޓްރީޓްމަންޓްއަކުން 0 ރަގަޅެއް ނުކުރެވޭ...
ޢަކި
20 October 2019
ޢާސަންދަ ލިބޭތަ؟