ބީއެމްއެލްގެ އޭޓީއެމްތަކުން ބަޔަކު ހިދުމަތް ހޯދަނީ: އެ ބޭންކުގެ އޭޓީއެމް އަދި ފައިސާ ދައްކާ މެޝިނުގެ ހިދުމަތް ވަނީ މެދުކެނޑިފައި.
25 ސެޕްޓެމްބަރ 2016 - 13:31
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 12:00 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ޓެކްނީޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ. އަޅުގަނޑުމެން އެދެނީ މުހިންމު ޕޭމަންޓެއް ހަދަން ޖެހޭ ނަމަ އިންޓަނެޓް ބޭންކިން ބޭނުންކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް އަށް ދިމާވި މައްސަލަ ހައްލުކުރެވޭނެ އިރެއް އެ ބޭންކުން ހާމައެއްނުކުރެ އެވެ.
އޭޓީއެމް އަދި ފައިސާ ދައްކާ މެޝިނަށް ދާދި ފަހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހިދުމަތް މެދުކެނޑުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
25 September 2016
ގައުމާއިގެން ކުރިއަށް. ހިދުމަތަކަށް ފަހު ހިދުމަތެއް ފަހަތައް.