ބީއެމްއެލްގެ އޭޓީމްތަކެއް ކައިރީގައި ބަޔަކު ފައިސާ ނަގަން މަޑުކޮށްލައިގެން: އެ ބޭންކުގެ އޭޓީއެމްތަކަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވޭ.
25 ސެޕްޓެމްބަރ 2016 - 15:52
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް ގާތްގަނޑަކަށް ތިންގަޑިއިރަށް މެދުކެނޑުމަށް ފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ އޭޓީއެމް އާއި ފައިސާ ދައްކާ މެޝިންތަކަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ހިދުމަތްތަކެވެ. އެ ހިދުމަތް މިއަދު މެންދުރު 12:00 ހާއިރު މެދުކަނޑުމަށްފަހު އަލުން ދޭން ފެށީ މެންދުރު ފަހު 3:00 ހާއިރު އެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އޭޓީއެމް އާއި ޕީއޯއެސް މެޝިންގެ ހިދުމަތް މެދުކެނޑިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް އެ ބޭންކުން ހާމައެއް ނުކުރެ އެވެ. އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބެމުންދިޔަ އެވެ.
ބީއެމްއެލްގެ އޭޓީއެމް އަދި ފައިސާ ދައްކާ މެޝިނަށް ދާދި ފަހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހިދުމަތް މެދުކެނޑުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy