ފައިނަލް މެޗުގެ ތެރެއިން އަޖުފާން އުފާފާޅުކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޮކްޓޯބަރ 2019 - 15:00
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން މޮޅުވި މެޗަށް ފަހު ގައުމީ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް ހޯދި މުހައްމަދު އަޖުފާނަށް ރޭ އުފާފާޅުކުރެވުނު ގޮތާ މެދު އޭނާ މާފަށް އެދިއްޖެ އެވެ.
ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ސިންގަލްސް ފައިނަލުގައި ޒުވާން ތަރި ނިބާލް އަހުމަދު އަތުން އަޖުފާން މޮޅުވީ 2-1 ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-16، 19-21، 21-17 އިންނެވެ. މި މެޗުގައި ޒުވާން ތަރި ނިބާލް ވަނީ އަޖުފާނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި ފައިނަލް މެޗުން މޮޅުވި ޕޮއިންޓް ލިބުމުން އަޖުފާން ވަނީ އުފާފާޅުކުރުމުގެ ގޮތުން ޖޯޒީ ބާލައި އޭނާ އަށް ގައުމީ ތަށި ލިބުނު އަަދަދު އަތުގެ އިނގިލީގެ އިޝާރާތުން ކުޅި ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އަޖުފާން އުފާފާޅުކުރި ގޮތުން އޭނާ އަށް މެޗުގެ އަމްޕަޔަރު ޝިހާމް (ޕުޗު) ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗަށް ފަހު އަޖުފާން ރައީސްގެ ކުރިފުޅު މަތީގައި އެ ގޮތަށް އަމަލުކުރުމުން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޭނާ އަށް އަމާޒުވި އެވެ.
އަޖުފާން މިއަދު ބުނީ ގައުމީ ފައިނަލަށް ފަހު އޭނާގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު އަހުލާގެއް ނޫން ކަމަށާއި އެކަމަށްޓަކައި އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އެކަން ކުރެވުނީ މޮޅުވި ވަގުތު މާ ބޮޑަށް ޖަޒުބާތުގައި ޖެހުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
I acted out of emotions and the immense pressure that was built on, and later realized that it was inappropriate and unprofessional.
— Mohamed Ajfan (@ajufun) October 30, 2019
I deeply regret my actions and the image that I depicted to His Excellency President and the rest.
"ޕްރެޝަރު މެޗެއްގައި އެ ގޮތަށް މޮޅުވީމަ ޖަޒުބާތުގައި ޖެހި ކުރެވުނު ކަންތައްތަކާ މެދު ހިތާމަކުރަން. އަދި އެކަމަށް އެންމެންގެ ކިބައިން މާފަށް އެދެން. ހާއްސަކޮށް ރައީސް ކުރިމަތީގައި އެ ގޮތަށް އަމަލުކުރެވުމުން މާފަށް އެދެން. އަހަރެން ޔަގީންކަން ދެން ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް. އުއްމީދަކީ އެންމެންގެ މާފު ލިބުން،" ޓްވިޓާގައި އަޖުފާން ބުނެފައިވެ އެވެ.
އުމުރުން 29 އަހަރުގެ އަޖުފާން ބުނީ އޭނާ އުމުރުން އެންމެ ނުވަ އަހަރުގައި ބެޑްމިންޓަން ކުޅެން ފަށައި ނުވަ ވަނަ ފަހަރަށް ގައުމުގެ ޗެމްޕިއަންކަން ހޯދުނު ވަގުތަކީ ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށް ވުމުން ގޯހެއް ހެދުނީ ކަމަށެވެ. އަދި ކުރެވުނު ކުށަށް މާފަށް އެދުމުގެ ގޮތުން މި ކަމުގައި ހިމެނޭ ފަރާތްތަކަށް ސިޓީ އަކުން އެކަން ދަންނަވާފައިވާނެ ކަމަށް އަޖުފާން ބުންޏެވެ.
ފައިނަލް މެޗަށް ފަހު ސަޕޯޓަރުން ކުރިމަތީގައި ޖޯޒީ ބާލައިގެން އަޖުފާން އުފާފާޅުކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ ޗެމްޕިއަންކަން އަޖުފާން އެންމެ ފުރަތަމަ ހޯދީ 2006 ވަނަ ފަހަރެވެ. ޖެހިޖެހިގެން ހަ ފަހަރު ހޯދުމަށް ފަހު ދެން އަޖުފާނަށް ގައުމީ ޗެމްޕިއަންކަން ލިބުނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ތަށި އުފުލާލި އެވެ. އަދި މިދިޔަ އަހަރު "މިހާރު އެވޯޑްސް" އިން ހޮވި ފިރިހެން އިންޑިވިޖުއަލް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޖުފާން ވަނީ މި އަހަރު ތަށި ދިފާއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލް
04 November 2019
ޅައުމުރުއްސުރެ މިހާތަނަށްވެސް ތިހޯދާ ކާމިޔާބީ ތަކަކީ އެހާފަސޭހަ ކަމެއްނޫން ކުޅޭކުދިންނަށް އެނގޭނީ ކުޅުމަކީ ފަސޭހަކަމެއް ނޫންކަން ވަރަސްއުފާވެއްޖެ ތިހޯދާކާމީޔާބީ ތަކަށް އިންޝާﷲ އިތުރު ކާމިޔާބީ ތަކަކަށް އެދެން. ތިގޮތުގައި އަބަދުވެސް ހުންނާތި .....
ފުނަ
02 November 2019
ވަރަށް ރަނގަޅު މަޢާފްއަށް އެދުމަކީ ވަރަށް ރަނގަޅު ސިފައެއް ވަރަށް އުފާވެއްޖެ އަޖްފާން އަކީ ކުޅުންތެރިންނާ ވަރަށް ގުލޭކުއްޖެއް ވަކިކުއްޖަކަސް ވަކިގޮތެއް ނުހުރޭ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގައިގާ ހުންނަށްޖެހޭ ހުރިހާ ސިފަތައް އެބަހުރި އިންޝާﷲ ކުޅެމުންދާއިރު އެވާކަންތައްތަކަކީ ބޮޑާކަމެއްނޫން ކުރިއަށް އޮތްތަނުގައިވެސް އިތުރު ކާމީޔާބީއަށް އެދެން
ފޭން
01 November 2019
ފައިނަލެއް ކުޅެން އެރުމުގެ ކުރިން ގިނަމީހުން ވިސްނާފަ އޮންނާނީ މޮޅުވެއްޖެއްޔާ ކަންކުރާނެ ގޮތް. ޕްރޮފެޝަނަލް ކުޅުންތެރިންނަށް އިގޭނެ މިގޮތަށް ކަމެއްކޮށްފިއްޔާ ވާނެގޮތްވެސް. މާފަކަށް ނުއެދުނީސް ރަތްކާޑުނުދެއްކިނަމަ.މަރުހަބާ ކާމިޔާބީއަށް.
ކަނބޯ
01 November 2019
ކޮބައިތަ މީގަ މައްސަލަ އަކީ. ހާދަ ވަރެއްހުރެޔޭ ސަހާދެއް މިބުނީ. އެސޮރު މާފަށްވެސް އެދިފައެއްނު އެޔޮތީ. ނަސީބެއްނު ސޯޓު ނުބާލާ ހުރިކަން ?
ހަމަ ބުނެލީ އިނގޭ
31 October 2019
ހިސާބައްވުރެ ކިބުރުވެރި ވީމަވެސް ތިހެން ވެދާނެ
އެނޮނިމަސް
31 October 2019
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެއްނު. އެއީ މިނިވަންކަމަކީ. މަށަކަށް ނޭންގެ އިބޫ ކުރިމަތީ ވަކިގޮތެއް ހެދުނީތީ މާފަށް އެދެންޖެހޭ ސަބަބެއް. އެމީހުން ކުރިއަރުވާ ސަޕޯޓްކުރާ ފަލްސަފާތަކުގައި އޮންނަ ގޮތަކީ މީހަކަށް ގެއްލުން ނުވަންޏާ އެމީހަކަށް އުޅެވުނުގޮތަކަށް އުޅެން.
ކިތަ
31 October 2019
ކިތައްމެ މޮޅަށް ކުޅޭ ކުއްޖަކަށް ވިޔަސް އަދި ޕްރޮފެޝަނަލް ކުޅުން ތެރިޔަކަށް ވިޔަސް ކުށެއް ކުރެވިދާނެ ކުރިއަށް އޮތްތަނުގައި އެކަހަލަ ކަމެއް ނުކުރުމަށް އެދެން ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެންގެވެސް ދުޢާއަކީ އަޖްފާން ކަހަލަ ރަނގަޅު ކުއްޖަކަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރު ކުރަން އިންޝާﷲ (އިންސާނަކީވެސް ކުށެއްކުވިދާނެ އިންސާނެއް ލަސްނުވެ އެކަމަށް މައާފަށް އެދުނީމަ ވަރަށް އުފާވެއްޖެ) ކުރިމަގުގައި މިއަށްވުރެ ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން
ވޯލް
30 October 2019
ކޮންމެ ދާއޮރާއެއްގައިވެސް މިއަދުގެ ޒުވާނުންގެ ހާލަކީ ތީ، ރަގަޅު އާދަތަކާއި ސިފަތައް ދަސްކޮށްދެވިފައެއް ނުހެރޭ މިހާރުގެ ކުދިންނަށް.
ހޭހަން
30 October 2019
އަހަރެންގެ ހަށިގަނޑުވެސް އެހާ ޗާލުނަމަ، އަހަރެން އަދި އެއައްވުރެ ކަންތައް ބޮޑުކޮށްލީމުސް.
އަމްޕަޔަރ
30 October 2019
ވަރަށް ކައިރިން މި މުބާރާތުގަ މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަޖުފާންގެ އެ އަމަލަކީ އެފަދަ މެޗެއްގަ ފެނިދާނެ އަމަލެއް. އެކަމް ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ސިފައެއް ނޫން. މެޗް ނިމުމުގެ ކުރިންވެސް އެކަން ވާނެކަން އިނގޭ. ނަމަވެސް މާފައް އެދުނީތީ ވަރަށް އުފާވެއްޖެ..