ސްޓާބަކް އަކުން ކޮފީ ވިއްކަނީ: ސްޕޭނުގެ ކެފޭ އަކުން ރީތިކޮށް ވާހަކަ ދައްކާ މީހުންނަށް އަގުހެޔޮކޮށް ކޮފީ ވިއްކާ
28 ސެޕްޓެމްބަރ 2016 - 06:23
މިއީ ރާއްޖެއަށް ވެސް ރަނގަޅު ކަމަކަށް ވެދާނެ އެވެ. ބައެއް ކޮފީޝޮޕްތަކަށް ޖަމާވާ މީހުންގެ ފަރާތުން ހުތުރު ބަސްތައް އިވުމަކީ އާންމު ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ސްޕެއިންގެ ކެފޭ އަކުން ގަވައިދެއް ހަދައިފި އެވެ. ކަކޮފީ އާއި ޕޭސްޓްރީޒް އަށް އޯޑަރު ދޭއިރު ހުތުރުކޮށް ވާހަކަ ދައްކާ ނަމަ އިތުރު ޗާޖެއް ނަގަނީ އެވެ. އަގު ހެޔޮކޮށް ބޭނުން ނަމަ ރީއްޗަށް މުއާމަލާތްކުރަންވީ އެވެ.
ބްލާއު ގްރިފޫ ކެފޭއިން، ހުތުރުކޮށް މުޚާތަބުކުރާ ކަސްޓަމަރުންނަށް ކޮފީއެއް ވިއްކަނީ ފަސް ޕައުންޑަށެވެ. ނަމަވެސް ރީތިކޮށް އިހްތިރާމާ އެކު ވާހަކަ ދައްކާ ކަސްޓަމަރުންނަށް ހަ ޑޮލަރަށެވެ.
އެއްޗެހި ވިއްކަން ހުންނަ މީހާ އަށް ސަލާން ގޮވާލައި "ޕްލީޒް"އޭ ބުނެ އިހްތިރާމާ އެކު ވާހަކަ ދައްކައިފި ނަމަ އެއް ޑޮލަރަކަށް ވެސް ކޮފީއެއް ލިބިދާނެ އެވެ.
މި ރެސްޓޯރަންޓްގެ ވެރިމީހާ މާރިސެލް ވެލެންސިއާ މެޑްރިޑް ބުނެފައިވާ ގޮތުގައި މި ސްކީމްގެ އެދެވޭ ނަތީޖާތައް އަންނަނީ ފެންނަމުންނެވެ.
ފްރާންސާއި ސްޕެއިންގެ ކެފޭތަކުން މިހާރު ކޮފީ އަގުހެޔޮކޮށް ލިބެނީ ރީތިކޮށް ވާހަކަ ދައްކާ ކަސްޓަމަރުންނަށް
"މިޒަމާނުގައި އެންމެން ވެސް އުޅެނީ ވަރަށް އަވަސް އަރުވާލައިގެން. އެހެންވެ އެއްޗަކަށް އޯޑަރު ދޭ ވަގުތު "ޕްލީޒް" ކަހަލަ ބަހެއް ބޭނުންކުރާކަށް ގިނަ ފަހަރަށް ހަނދާނެއް ނުހުރޭ،" ރެސްޓޯރަންޓްގެ ވެރިމީހާ ޓައިމްސް އާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.
ކޮލަމްބިއާ އަށް އުފަން 41 އަހަރުގެ މި މީހާ ބުނީ އޭނާގެ އަމިއްލަ ގައުމުގެ މީހުންނަށް ވުރެ ސްޕެއިންގެ މީހުންގެ "ޕްލީޒް" އަދި "ތޭންކް ޔޫ" ފަދަ ބަސްތައް ބުނުމުގެ އާދަ ނުހުންނަ ކަމަށާއި އެ މަންޒަރު ފެނުނީމާ އޭނާއަށް ވަރަށް އަޖައިބު ކަމަށެވެ. އެ މީހާ ބުނާ ގޮތުގައި އޭނާގެ ގައުމުގެ މީހުންނަކީ އުޅުމާއި ބަސްމަގު ތަންކޮޅެއް ރަނގަޅު ބައެކެވެ.
މި ޚިޔާލަކީ ފްރާންސްގެ ޕެރިސްގެ ރެސްޓޯރަންޓަކުން ފުރަތަމަ އުފަންކުރި ޚިޔާލެކެވެ. އެތަނަށް ދާ ކަސްޓަމަރުންގެ އަދަބު އިހްތިރާމަށް ބަލާފައި ޑިސްކައުންޓް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޝިމު
28 September 2016
އެކި މެމްބަރުންނަށް ތިޔަކަން ދަސްކޮށްދޭންފެނޭ.
ކާކު
28 September 2016
ދެން މިޖެހުނީ ކޮފީއެއް ހޯދަން ވެސް ދެފައިގަ ހިފާފަ އާދޭސް ކުރަން
އަ
28 September 2016
ދެން ރާއްޖޭގައި ބުނާނީ ކީކޭބާ.......އަޅުގަނޑަށް ލާޓޭ ކޮފީ ތައްޓެއް ލިބިދާނެތޯ ޕްލީޒް؟ ޕްލީޒްގެ ދިވެހި ބަހަކީ ކޮބައިތޯ؟
ޒެޑް
28 September 2016
އައްސަލާމް އަލައިކުމް. ލާޓޭ ކޮފީއެއް ލިބިދާނެތޯ..؟ ޝުކުރިއްޔާ.. މިގޮތް ކިހިނެއް.
ބަ
28 September 2016
ލިބިދާނެތަ ލަވާޒާ ކަޅު ކޮފީއެއް؟ މިހެން ހަމައެކަނި ބުނެލުމުން ފުދޭނެ، އޯކޭ