އައިދޫގައި ދަނޑުވެރިކަން ކުރާ ފާމް މިނިސްޓަރު ޒަހާ އާއި މިނިސްޓަރު އަސްލަމް ބައްލަވާލަނީ: އެރަށުގައި ދަނޑުވެރިކަން މިއަދު ވަނީ ރަސްމީކޮށް ފަށާފައި -- ފޮޓޯ/ފިޝަރީޒް މިނިސްޓްރީ
05 ނޮވެމްބަރ 2019 - 22:37
ބ. އަތޮޅުގައި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބ. އައިދޫގައި ދަނޑުވެރިކަން ކުރުން ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ހައިޑްރޮފޯނިކްސް ދަނޑުވެރިކަން ކުރާ އެ ފާމްގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ދަނޑުވެރިކަން ކުރުމަށް އެރަށް ދިގު މުއްދަތަކަށް ދޫކޮށްފައިވަނީ މުހައްމަދު ސައީދު ކިޔާ މީހަކަށެވެ.
Minister @ZahaWaheed and Minister @AslamAslamtey inaugurated the Hydroponics Agriculture Farm of B. Aidhoo, long term leased island to Mr. Mohamed Saeed Minister stressed the importance of strengthened connectivity between commercial producers and local farming communities. pic.twitter.com/3yk7DHT3iW
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) November 5, 2019
ފިޝަރީޒް މިނިސްޓްރީގެ ޓްވީޓް
މިއީ ބ. އަތޮޅުގައި ދަނޑުވެރިކަމަށް ޚާއްސަކޮށް ހުޅުވި ދެވަނަ ރަށެވެ. އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަނީ އަންހެންފުށީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލު ހިތުގެ
06 November 2019
މިނިސްޓްރީތައް ހަދާފަ ހުންނަނީ ނިކަމެތި ރއްޔިތު މިހާއަށް މައުލޫމާތު ހޯދަން ވަރަށް ދަތި.
ބޮޑުމީހާ
06 November 2019
ތިކަހަލަ ގިނަ ޕްރޮޖެކްޓްތައް ހިންގަންވީ. މަސްވެރިކަމުގެ ދާއިރާގަވެސް އަހަރުމެން ރާއްޖޭގެ މިކުރެވެނީ ހަމައެކަނި ދޮށީގެ މަސްވެރިކަން. އޭގެ ބަދަލުގަ އެކުއާ ކަލްޗަރ، މެރި ކަލްޗަރ، ލޭނު މަސްވެރިކަން، ފާނަ، ޑިގާ، މިކަހަލަ ޕްރޮޖެކްޓްތައް ވެސް އާންމުންނަށް ހިންގޭނެ މަގު ސަރުކާރުން ފަހިކޮށްދޭންޖެހޭ
ހަމަނަހަމަ
06 November 2019
ދަނޑުވެރި ކަމަށް އިންވެސްޓް ކުރަން މަގު ފަހިވެފައެއް ނުވެއެވެ. އެއްވެސް ދިރާސާއެއް ނުކޮށް ރައްތަށް ދެނީ ދެވެން އޮތް އެއްމެ ބޮޑު އަގެއް ގައެވެ.ސަރުކާރުން މަގުފައި ކޮށްދޭން އެއްވެސް ކަމެއް ނުކޮށްދެއެވެ.ކުރަންޏާ ކުރާނީ އުދަގުލެކެވެ.
ނަގިލި
06 November 2019
އަޅުގަޑު ވެސް 13 ހެކްޓަރ ގެ ފަޅުރަށެއް 21 އަހަރަށް ނެގީ މެވެ. ބިޑް ސިކިއުރިޓީ 1ލައްކާ ރުފިޔާ އެވެ. އީޕީއޭ އަށް ވެސް 1 ލައްކަ ރުފިޔާއެވެ. އެކްއީޒިޝަން ކޯސްޓް /680000 ރުފިޔާ ވަރެވެ. އަހަރީ ފީ /146000 ރުފިޔާއެވެ. އިންވެސްޓްމަންޓް ގަރަންޓީއޭ ކިޔާ އެެއްޗެއް ވެސް ބަހައްޓައެވެ.5 އަހަރު ދުވަހު ތެރޭ 10 މިލިޔަން އިންވެސްޓް ކުރަން ޖެހެއެވެ. ރުކެރެއް ހައްދާން ވެސް 5 އަހަރު ބޭނުން ވެއެވެ.އަދި ކޮބާ ރަނިންގ ކޯސްޓް.. ވީމާ ދަނޑުވެރިކަން ކުރާނީ ކިހިނެއް ތޯއެވެ؟
ތެދުތެދު
06 November 2019
ކިތަށް ހެކްޓަރގެ ރަށެެއްތަ؟
ހަމަ ބުއްދި
06 November 2019
ދަނޑު ހެއްދުމަކީ ވަރަށް ރިސްކީ މަސައްކަތެކެވެ. ވިއްސާރަ އެވެ. ގަހަށް ޖެހޭ ބަލި ތަކެވެ.ގަސްކާނާ ބޭރު ްައުމު ތަކަށް ބަރޯސާ ވާން ޖެހުމެވެ.އަގު ބޮޑު ކަމެވެ. އިންޑިއާގެ ކުނިބުނި ސާމާނު ތަކުން މާރުކޭޓް ކޮންޓްރޯލް ކޮށްފައި ވާކަމެވެ. ލޭބަރުން ގެ މައްސަލަ އެވެ. ދަތުރު ފަތުރުގެ ދަތި ކަމެވެ.ނާލު އަގު ބޮޑު ކަމެވެ.މާކޭޓް ކުރަން އުދަގޫ ކަމެވެ.ސަރުކާރުން ރަށަށް ނަގާ ކުލި ތަކާ ފީތަކުގެ ބޮޑު ކަމެވެ. ޤަވާއިދު ތަކުގެ ހަރުކަށި ކަމެވެ.
ހަސީނާ
05 November 2019
މިފެންނަނީ އަސްލު ތަރައްގީ. އަމިއްލަ އަށް ހައްދާ އެތިކޮޅު އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވެ ލިބުން. ޝުކުރިއްޔާ އިބޫ
އިބޫ.
06 November 2019
ބުރޯ މިކަން ފެށި މީހާ ޖަލަށް ލެވޭތޯ މިއުޅެނީ