12 ނޮވެމްބަރ 2019 - 11:53
ލަންޑަން (ނޮވެމްބަރު 12) – އިންގްލެންޑުގެ ކޭމްޕް ތެރެއިން ލިވަޕޫލުގެ ޖޯ ގޯމޭޒާ ތަޅާފޮޅުމުން، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ޔޫރޯ ކޮލިފައިންގެ އިންގްލެންޑް ސްކޮޑުން ބާކީކޮށްފި އެވެ.
ޕްރިމިއާ ލީގުގައި މި ހަފުތާގައި ގޯމޭޒްގެ ލިވަޕޫލް އަތުން ސްޓާލިންގެ ސިޓީ 3-1 އިން ބަލިވި މެޗުގައި ދެ ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުޅުނެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޭމްޕުގެ ތެރެއިން ދެކުޅުންތެރިން ގަޔަށްއަތްލައި ޒުވާބުކުރި ކަމަށެވެ.
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ބުރާސްފަތި ދުވަހުގެރޭ މޮންޓެނީގްރޯއާ ދެކޮޅަށް ކުޅޭ މެޗަށް ސްޓާލިން ބޭނުންނުކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖަކީ ވެސް އަދި އެންމެ ރަނގަޅަށް ކުރެވޭ އެއް ކަމަކީ ވެސް ކްލަބް ވާދަވެރިކަން ގައުމީ ޓީމުގެ ތެރޭގައި ނުބޭއްވުން ކަމަށާއި އެކަމަކު ސިޓީ އާއި ލިވަޕޫލް މެޗުގެ ވާދަވެރިކަން ގައުމީ ޓީމުގެ ކޭމްޕުގެ ތެރެއިން ފެނުނު ކަމަށެވެ.
އެއްވަރުކޮށްލައިގެން ވެސް ޔޫރޯ އަށް ކޮލިފައިވެވެން އޮތް މެޗުގެ ސްކޮޑުން ބާކީކުރި ސްޓާލިން އަކީ ކޮލިފައިންގައި އިންގްލެންޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ހަ މެޗުން އަށް ގޯލް ޖަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބީލު
13 November 2019
ލިވަރޕޫލް އަށް ހުރިހާ ގޮތަކުން ވެސް އިނގެރޭސި އެފްއޭއިންނާ ރެފްރީން މިސީޒްންގަ ދަނީ ބޮޑެތި އެހީތެރިކަމަކާ ފަސޭހަ ތަކެއް ކޮށް ދެމުން. މީ ހަގީގަތަކީ.
އާރީ
13 November 2019
ރާކަނި މަސް ކެވިއްޖެންނު
އިޙްސާސް
12 November 2019
ދެމީހުން ގަޔަށް އަތްލީމަ ވިޔަވަޅު އެކަކަށް. ތިއީ ނަސްލީ ތަފާތުކުރުން.
އޮޒިލް
12 November 2019
ނަސްލީ ތަފާތު އެކަމަކު ކިހިނެއް.. ދެ މީހުންވެސް ކަޅު
އޭނަ
12 November 2019
ކީއްވެ ސްޓާލިންގްއަށް އެކަނި އަދަބުދިނީ. ޚަބަރުގައި އޮތީ ދެމީހުންވެސް ގަޔަށް އަތްލަން އުޅުނު ކަމަށް. އެހެންވެއްޖިއްޔާ ލިވަޕޫލްގެ ކުޅުންތެރިޔާޔަށްވެސް އަދަބުދޭން ޖެހޭ.
މަންހަޖު
12 November 2019
އިންގްލެންޑްގަ މިހާރުހުރި އެންމެ މޮޅުކުޅުންތެރިޔާ ސްޓާލިންއަކީ، ލިވަޕޫލްމެޗުގަވެސް އެމީހުންނައް ސްޓާލިން ހިފެހެއްޓުން ނުކުޅެދިފަވަނީ ސްޓާލިން ބާކީތިކުރީ ކުރިއައްއޮތް މެޗުން އެއްވަރުކޮށްލައިގެންވެސް ޗާންސް އޮތުމުން
ރައްދު
12 November 2019
އޮޒިލްއަށް. ސްޓާލިންއަކީ ނީގްރޯއެއް. ގޮމޭޒްއަކީ މެންގްލޯއެއް.